ސިޓީ އެއް ވަނަ އަށް ޖެހިލިއިރު، ޗެލްސީ އާއި ޓޮޓެންހަމަށް މުހިންމު މޮޅެއް

Oct 8, 2022, 6:49 PM
ހާލަންޑް އަތުން ބޯޅަ ހޯދަން ސައުތެމްޓަން ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ހާލަންޑް އަތުން ބޯޅަ ހޯދަން ސައުތެމްޓަން ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޫބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޓަން އަތުން 4-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އިން މުހިންމު މޮޅެއް ހޯދައިފި އެވެ.

މިރޭ ކުޅުނު މެޗުން ޗެލްސީން އަމިއްލަ ދަނޑުގައި ވުލްވްސް އަތުން މޮޅުވީ 3-0 އިންނެވެ. އަދި ބްރައިޓަންގެ ދަނޑުގައި ޓޮޓެންހަމް މޮޅުވީ ހެރީ ކޭން ޖެހި ހަަމައެކަނި ގޯލުން 1-0 އިންނެވެ.

ސިޓީ އެއް ވަނައިގައި އޮތީ ނުވަ މެޗުން 23 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް އަށް މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް މާދަމާރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން މޮޅުވެގެން ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. ނުވަ މެޗުން 20 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް ލީގުގެ ތިން ވަނައިގައި އޮތްއިރު، ޗެލްސީ ހަތަރެއްގައި އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ސިޓީން މިރޭ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލީޑުނެގީ 20 ވަނަ މިނިޓްގައި ޔާއޯ ކަންސޭލޯ ޖެހި ގޯލުންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ސިޓީ އަށް ލީޑުފުޅާކޮށްދިނީ ފިލް ފޯޑެން އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ރޮޑްރީ ތަނަަވަސްކޮށްދިން ފުރުސަތެއްގައި ރިޔާދު މާރޭޒް ވަނީ ސިޓީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

ކަންސޭލޯ ދިން ބޯޅައަކުން މެޗުގެ 65 ވަނަ މިނިޓްގައި ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ މި ވަގުތު ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އާލިން ބްރައުޓް ހާލަންޑް އެވެ. ހާލަންޑް މި ވަނީ 13 މެޗުން 20 ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން ލީގުގައި ޖަހާފައިވަނީ ނުވަ މެޗުން 15 ގޯލެވެ.

ޗެލްސީގެ ބްރޯޔާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޗެލްސީން ވަނީ މިރޭގެ މެޗުގައި ވުލްވްސްއާ ދެކޮޅަށް ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް ދައްކައިފަ އެެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީން ލީޑުނެގީ ކައި ހަވާޓްޒް ޖެހި ގޯލުންނެވެ. މިއީ މޭސަން މައުންޓް ނެގި ހުރަހަކުން ހަވާޓްޒް ބޮލުން ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ނުވަ ވަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީގެ ލީޑުފުޅާކޮށްދީފަ އެވެ.

މި މެޗުގައި ޗެލްސީގެ ތިން ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ފޯވާޑް އަރްމާންޑޯ ބްރޯޔާ އެވެ. މިއީ އޭނާ ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ލީގު ގޯލެވެ. މިއީ ޗެލްސީގެ ކޯޗުގެ ގޮތުގައި ގްރަހަމް ޕޮޓާ އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބޯންމައުތުން ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ފަހަތުން އަރައި ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ނިއުކާސަލް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 5-1 އިން ބްރެންޓްފޯޑްގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox