އަސާންޖް ދޫކޮށްލަަން ގޮވާލައި އިނގިރޭސި ޕާލަމެންޓު ވަށާލައިފި

ވިކިލީކްސްގެ ފައުންޑަރު ޖޫލިއަން އަސާންޖް ދޫކޮށްލަން ގޮވާލައި އިނގިރޭސި ޕާލަމެންޓު ކައިރިއަށް މީހުން އެއްވެފައި. -- ފޮޓޯ: ރޮއިޓާޒް

ވިކިލީކްސްގެ ފައުންޑަރު ޖޫލިއަން އަސާންޖް ދޫކޮށްލަން ގޮވާލައި އިނގިރޭސި ޕާލަމެންޓު ކައިރިއަށް މީހުން އެއްވެފައި. -- ފޮޓޯ: ރޮއިޓާޒް

ވިކިލީކްސްގެ ފައުންޑަރު ޖޫލިއަން އަސާންޖަށް ތާއީދު ކުރާ މީހުން އިނގިރޭސި ޕާލަމެންޓު ވަށާލައި "ޗޭނެއް" ހަދައި، އޭނާ މިނިވަން ކުރަން ގޮވާލައިފި އެވެ.

އެއްވި މީހުންގެ ތެރޭގައި އިނގިރޭސި އިދިކޮޅު ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބީން ވެސް ހިމެނެ އެވެ. އެ މީހުން ވަނީ ޕާލަމެންޓުން ފެށިގެން ގޮސް ތޭމްސް ކޯރާ ހަމައަށް "ޗޭނެއް" ހަދައިފަ އެވެ.

އޮސްޓްރޭލިއާގެ އެކްޓިވިސްޓް އަސާންޖްގެ އަންހެނުން ސްޓެލާ ބުނީ އިނގިރޭސި ސަރުކާރުން އިސްނަގައިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އަސާންޖް ބަންދުކޮށްފައި ހުރީ އިނގިރޭސިވިލާތުގަ އެވެ. އެމެރިކާއިން 2019 ވަނަ އަހަރު ވަނީ އޭނާ އެމެރިކާއަށް ގެންދަން "އެކްސްޓްރަޑިޝަން" ގެ މަސައްކަތް ފަށައިފަ އެވެ.

"މިހާރު ވެސް މިކަން ކުރިއަށްދާތާ ތިން އަހަރާއި ހަ މަސް ވެއްޖެ. މިއީ އިނގިރޭސިވިލާތާއި ބައިޑެން ސަރުކާރަށް އޮތް ބޮޑު ލައްގަނޑެއް،" ސްޓެލާ ބުންޏެވެ.

އަސާންޖްގެ ސަޕޯޓަރުން އެމެރިކާގެ ވޮޝިންޓަނުގައި ހުންނަ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ބޭރުގައި އެއްވެ އަޑު އުފުލުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އުމުރުން 51 އަހަރުގެ އަސާންޖްއާ ދެކޮޅަށް 18 ދައުވާއެއް އުފުލަން އެމެރިކާއިން ބޭނުންވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އަސްކަރީ އަދި ޑިޕްލޮމެޓިކް ކަންކަމާ ގުޅޭ ސިއްރު ލިޔުންތައް ވިކިލީކްސް މެދުވެރިކޮށް އާއްމު ކުރުމުން ޖާސޫސް ކުރުމުގެ ދައުވާ ހިމެނެ އެވެ.

އެމެރިކާއިން ބުނީ އަސާންޖްގެ ސަބަބުން ގިނަ ބަޔެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ. އެކަމަކު އޭނާގެ ސަޕޯޓަރުން ބުނަނީ އަފްގާނިސްތާނާއި އިރާގުގައި އެމެރިކާއިން ހިންގާފައިވާ ޖަރީމާތައް ހާމަކުރުމުން، އެމެރިކާއިން އޭނާއަށް ޓާގެޓުކޮށްފައިވާ ކަމަށެވެ.

އަސާންޖް އެމެރިކާއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެސް ނިންމާފައި ވާތީ، އޭނާގެ ގާނޫނީ ޓީމުން ވަނީ އިނގިރޭސިވިލާތުގެ ހައި ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox