އުރީދޫން އިސްރަށްވެހިންނަށް ހާއްސަ ޕޯސްޓުޕެއިޑް ޕްލޭނެއް ތައާރަފްކޮށްފި

އުރީދޫން އިސްރަށްވެހިންނަށް ހާއްސަ ޕޯސްޓުޕެއިޑް ޕްލޭނެއް ތައާރަފްކޮށްފި

ޕޯސްޓުޕެއިޑް ހިދުމަތްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ އިސްރަށްވެހިންގެ ޕޯސްޓުޕެއިޑް ޕްލޭން އުރީދޫއިން ތައާރަފުކޮށްފި އެވެ.

އުމުރުން 60 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަ އެ ޕުލޭނުގެ ދަށުން ހިޔާރުކުރައްވާ ޕޯސްޓުޕެއިޑު ޕެކޭޖުގެ މަހު ފީއިން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު، ދާއިމަށް ލިބޭނެ އެވެ. އޭގެ އިތުރުން އެ ޕްލޭނުގެ ދަށުން ޕެކޭޖުތައް އެކްޓިވޭޓު ކުރައްވާ ފަރާތްތަކަށް ވައިބާ ބޭނުން ކުރެއްވުމަށް ދެ ޖީބީ ހިލޭ ޑޭޓާ ވެސް ލިބޭނެ އެވެ.

އިސްރަށްވެހިންގެ ޕޯސްޓުޕއިޑު ޕުލޭނުގެ ދަށުން ލިބޭ ހާއްސަ އިނާޔަތްތައް -- ފޮޓޯ: އުރީދޫ
އިސްރަށްވެހިންގެ ޕޯސްޓުޕއިޑު ޕުލޭނުގެ ދަށުން ލިބޭ ހާއްސަ އިނާޔަތްތައް -- ފޮޓޯ: އުރީދޫ

އިސްރަށްވެހިންގެ ޕޯސްޓުޕެއިޑު ޕުލޭނުގެ ދަށުން ލިބޭ ހާއްސަ އިނާޔަތްތައް -- ފޮޓޯ: އުރީދޫ

މާމަކާފަމެންގެ ލޯބިވާ ދަރިންނާއި މާމަކާފަ ދަރިންނާއި އޮންނަ ގުޅުން އިތުރަށް ފަސޭހަކޮށްލުމަށްޓަކައި އުރީދޫއިން ތައާރަފު ކުރި އެ ޕުލޭނުގެ ދަށުން ހިދުމަތް ހޯދާ ކޮންމެ ބޭފުޅަަކަށް ވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ތަންތަނުން ތަފާތު އެކި ޑިސްކައުންޓުތަކާއި ހާއްސަ ހިދުމަތްތައް ލިބިގެންދާ އުރީދޫ ކުލަބް ޕުރިމިއާ ގޯލްޑު މެންބަރުކަން ވެސް ލިބޭނެ އެވެ.

އިސްރަށްވެހިންގެ ޕުލޭނު އެކްޓިވޭޓުކޮށްލުމަށް "60* ޖެއްސެވުމަށްފަހު އައިޑީ ކާޑް ނަންބަރު ޖައްސަވާފައި 929އަށް އެސްއެމްއެސް ކޮށްލުމުން އެބޭފުޅަކު ބޭނުން ކުރައްވަމުންގެންދަވާ ޕޯސްޓްޕެއިޑް ޕެކޭޖަކަށް އެ ޕުލޭނުގެ ދަށުން ލިބޭ އިނާޔަތްތައް ލިބިގެންދާނެ އެވެ.

އުރީ ދޫއަކީ އަބަދުވެސް ހިދުމަތް ހޯދާ ފަރާތްތަކަށް ތަފާތު ލުއިފަސޭހަތައް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރާ ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox