މޯލްޑިވްސް ޗެލެންޖް: ދުނިޔޭގެ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ރާއްޖޭގެ ދެ ޕެއާ

Oct 8, 2022, 8:20 AM
ކޮމަންވެލްތު ގޭމްސްގެ ތެރެއިން ރާއްޖޭގެ ކުޑަކާއްޓެ (ކ) އާއި އެޑަމްގެ ޕެއާ.-- ފޮޓޯ: ގެޓީއިމޭޖަސް

ކޮމަންވެލްތު ގޭމްސްގެ ތެރެއިން ރާއްޖޭގެ ކުޑަކާއްޓެ (ކ) އާއި އެޑަމްގެ ޕެއާ.-- ފޮޓޯ: ގެޓީއިމޭޖަސް

މި މަހު 13-16 އަށް ސަން އައިލެންޑް ރިސޯޓްގައި ކުރިއަށްގެންދާ ދުނިޔޭގެ ވޮލީބޯޅަ ފެޑެެރޭޝަން، އެފްއައިވީބީގެ ބީޗްވޮލީ ޓުއާގެ މޯލްޑިވްސް ޗެލެންްޖްގައި ރާއްޖޭގެ ދެ ޕެއާ ވާދަކުރާގޮތަށް ނިންމާފައިވާއިރު، ދުނިޔޭގެ އެންމެ ވަރުގަދަ ޕެއާތައް މުބާރާތުން ފެންނާނެކަން ޔަގީންވެއްޖެ އެވެ.

މި މުބާރާތް އެންމެ ފުރަތަމަ ބާއްވަން ވާހަކަ ދެކެވުނީ ކްރޮސް ރޯޑްސްގަ އެވެ. އެކަމަކު، މިހާރު މުބާރާތް ބާއްވަން ނިންމާފައި އޮތީ ސަން އައިލެންޑްގަ އެވެ.

އެފްއައިވީބީން ދާދި ފަހުން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން ރާއްޖޭގައި ހޯސްޓްކުރާ މި މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގައި ޖުމްލަ އެއްކޮށް 28 ގައުމެއްގެ ޓީމުތައް/ޕެއާތައް ވާދަކުރާނެ އެވެ. އެ ގޮތުން، 150،000 ޑޮލަރުގެ އަގުހުރި މި މުބާރާތުގައި ވާދަކުރާ ޕެއާތަކުގެ އަދަދަކީ 86 އެވެ.

މެއިންޑްރޯގައި މި ވަގުތު ހިމެނޭ 16 ޓީމުގެ ތެރޭގައި ރާއްޖޭގެ އެއް ޕެއާ ހިމެނެ އެވެ. އެއީ ރާއްޖޭން އެންމެ ގިނަ ރޭންކިން ޕޮއިންޓް ލިބިފައިވާ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އެވެ.

މެއިން ޑްރޯގައި ޖުމްލަ އެއްކޮށް 24 ޕެއާ ހިމެނޭއިރު، ކޮލިފައިން އިން މެއިންޑްރޯ އަށް ޕެއާ އަކަށް ފުރުސަތު ލިބޭނެ އެވެ. ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޕެއާ އަކީ އެންމެ ފަހުގެ ގައުމީ ބީޗްވޮލީ ޗެމްޕިއަން، އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އެވެ.

ރާއްޖޭގެ ބީޗްވޮލީ ޓީމުން މި ކުރިމަތިލަނީ މި އަހަރުގެ ތިން ވަނަ ބައިނަލްއަގުވާމީ ބީޗްވޮލީ މުބާރާތަށެވެ.

އެ ގޮތުން، ފެބްރުއަރީ މަހު ލަންކާގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އާއި ޑެންޒޯ އާއި ކޯކޭގެ ޕެއާ ވާދަކުރި އެވެ. އޭގެ ފަހުން، މާޗް މަހު ލަންކާގައި ބޭއްވި ކޮމަންވެލްތު ގޭމްސް ކޮލިފައިންގައި ވާދަކުރީ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އެވެ. ކޮމަންވެލްތު ކޮލިފައިންގެ ކުރިން ގަތަރުގައި ކޭމްޕް ވެސް ކުރި އެވެ.

ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތުގެ ތެރެއިން ކޯކޭ (ވ) އާއި ޑެންޒޯ.-- ފޮޓޯ: އަދަދު

ކޮލިފައިންގެ ޖާގަތަކުގެ ތެރެއިން ކޮމަންވެލްތު ގޭމްސް އިން ރާއްޖެ އަށް ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް، ހާއްސަ ސްލޮޓެއްގެ ތެރެއިން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ވަނީ ޖުލައި މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފަ އެވެ.

ގައުމީ ބީޗްވޮލީ ޓީމުން މިހާރު މޯލްޑިވްސް ޗެލެންޖް ޓުއާ މުބާރާތަށް ފަރިތަކުރަމުން އަންނަނީ އެފްއައިވީބީގެ ދެ އަހަރުގެ ޕްރޮގްރާމެއްގެ ދަށުން ހަމަޖައްސައިދީފައިވާ ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިން ޖިއޯނީގެ އިރުޝާދުގެ ދަށުންނެވެ. މި އަހަރުގެ ތިން މުބާރާތުގައި ވިނީޝިއުސް ޓީމާ އެކު ކޮށްފައިވާ މަސައްކަތް އެފްއައިވީބީން ފާހަގަކުރެ އެވެ.

ރާއްޖޭގައި އަންނަ ހަފްތާގައި ފަށާ ދުނިޔޭގެ ބީޗްވޮލީބޯޅަ ޓުއާގެ ޗެެެލެންޖާސް މުބާރާތުގައި ވާދަކުރާ ފާހަގަކޮށްލެވޭ ޕެއާތަކަށް ބަލާއިރު، ގަތަރުގެ ޗެރީފް ޔޫނުސީ އާއި އަހުމަދު ތިޖާން ވަނީ އެއް ވަނަ އަށް ސީޑްކޮށްފަ އެވެ. މިއީ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި ނުވަ މަސް ދުވަހު ހިފަހައްޓާލި ވަރުގަދަ ޕެއާ އެކެވެ. މި ޕެއާ އިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މި އަހަރުގެ މެއި މަހާ ހަމައަށް އެއް ވަނަ ދަމަހައްޓައިފަ އެވެ.

މި ފަހަރު މޯލްޑިވްސް ޗެލެންޖަށް އަންނައިރު، ޗެރީފް އާއި ތިޖާންގެ ޕެއާ ދުނިޔޭގެ ހަތް ވަނައިގައި އޮތް ނަމަވެސް މެޑަލް ހޯދާނެ ކަމަށް ބެލެވެނީ މި ޕެއާ އިންނެވެ.

ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ސްވިޑެންގެ ޕެއާ، ޑޭވިޑް އާހްމަން އާއި ޖޮނަތަން ހެޔްވިގްގެ ޕެއާ ވެސް ރާއްޖޭގެ މުބާރާތުން ފެންނާނެ އެވެ. އުމުރުން 20 އަހަރުގެ މި ޕެއާ އިން ވަނީ މިދިޔަ މެއި މަހު ތުރުކީގައި އޮތް އެފްއައިވީބީ ބީޗް ޓުއާ ޗެލެންޖް މުބާރާތުން ރަން މެޑަލް ހޯދައިފަ އެވެެ.

މި ފަހަރުގެ މުބާރާތަށް އާހްމަން އާއި ހެޔްވިގްގެ ޕެއާ ރާއްޖެ އަންނަނީ ޖެހިޖެހިގެން ދެ ޗެލެންޖް މުބާރާތުގައި ތަފާތު ދެއްކުމުގެ އަމާޒުގަ އެވެ.

ޖުލައި މަހު ކުރިއަށްދިޔަ ޗެލެންޖް މުބާރާތުން ލޯ މެޑަލް ހޯދި ސްވިޒަލެންޑްގެ ޕެއާ، މާކޯ ކްރަޓީގާ އާއި ފްލޯރިއަން ބްރީއާ އަށް ވެސް މެއިން ޑްރޯ އިން ފުރުސަތު ދީފައިވާއިރު، އެފްއައިވީބީ ބީޗް ޓުއާގެ ފިއުޗާ އިވެންޓްސްގައި މި ފަހަރު ކާމިޔާބު ހޯދި ސްވިޒަލެންޑްގެ އަނެއް ޕެއާ، ކުއެންޓީން މެޓްރަލް އާއި ޔްވެސް ހޯސެނިއާގެ ޕެއާ އަށް ވެސް މެއިން ޑްރޯ އިން ވަނީ ފުރުސަތު ލިބިފަ އެވެ.

އަންހެން ޑްރޯގައި އެންމެ ކުރީގައި އުޅެނީ ބްރެޒިލްގެ ޕެއާ އެއް ކަމަށްވާ 37 އަހަރުގެ އެލީޒް މައީއާ އާއި 22 އަހަރުގެ ތަމޭލާ ކޮރަޑޭއޯ އެވެ. މިދިޔަ މާޗް މަހު ބޭއްވި ޗެލެންޖް މުބާރާތުން ލޯ މެޑަލް ހޯދި މި ޕެއާ އަކީ މި ފަހަރު އަންހެން ޗެމްޕިއަންކަން ހޯދާނެ ކަމަށް ބެލެވޭ ޕެއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox