ޖޭއެސްސީ އިސްލާހު ކުރުމަށް އާންމުގެ ހިޔާލު ވެސް ހޯދަނީ

Oct 7, 2022, 6:49 AM
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު: ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް -- ފޮޓޯ: އަދަދު ފައިލް

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު: ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް -- ފޮޓޯ: އަދަދު ފައިލް

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހު ކުރަމުންދާއިރު އެކަމަށް އާންމުގެ ހިޔާލު ވެސް ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި މުރާޖައު ކުރުމުގެ މަސައްކަތްްތައް ބަންޑާރަ ނައިބުގެ އޮފީހުން ފެށީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ ފަހުން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖައު ކުރުމަށް ޖަމިއްޔާތަކަށް ވެސް އޮތީ ހުޅުވާލައިފަ އެވެ.

"އިސްވެ ދެންނެވި ބިލު އެކުލަވާލުމުގައި، ޝަރުއީ ދާއިރާ އާއި ކަމާބެހޭ އެނޫން ވެސް ފަރާތްތަކާ މަޝްވަރާކުރުމުގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ފެންނާތީ، ކަމާގުޅޭގޮތުން ޢާންމުންގެ ހިޔާލު ހޯދުމަށްޓަކައި، އެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަން،" ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެ އެވެ.

އާންމުންނަށް ދެގޮތަކަށް ހިޔާލު ހުށަހެޅިދާނެ އެވެ. އެއް ގޮތަކީ އޮންލައިން ފޯމެއް ފުރުމެވެ. އަނެއް ގޮތަކީ އެ އޮފީހަށް އީމެއިލް ކުރުމެވެ. އާންމުނަށް ހިޔާލު ހުށަހެޅުމުގެ ސުން ގަޑިއަކީ އޮކްޓޯބަރު 20، އެވެ.

ފެހި ގާނޫނު އަސާސީގެ ދަށުން ސެޕްޓެމްބަރު 4، 2008 ގައި އެކުލަވާލި ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.

ނަމަވެސް ޖޭއެސްސީގައި ސިޔާސީ މެމްބަރުން ގިނަވުމުން، އެންމެ އެކަށީގެންވާ ގޮތަށް އެ ކޮމިޝަން ނުހިންގޭ ކަމަށް ފުރަތަމަ ދުވަހުން ވެސް ބައެއް ފަރާތްތަކުން ދިޔައީ ކިޔަމުންނެވެ. ޖޭއެސްސީއަށް "ބޮޑު ބަދަލުތަކެއް" ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ޖޭއެސްސީ ސިޔާސީ ނުފޫޒުން ސަލާމަތްކޮށް، ފަނޑިޔާރުންނަށް ފުރުސަތު ދިނުމާއެކު މެމްބަރުންގެ ދައުރަކީ ތިން އަހަރު ކަމަށް ކަނޑައަޅުއްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox