ތައިލޭންޑުގެ ޑޭކެއާ ސެންޓަރަކަށް ހަމަލާދީ 37 މީހުން މަރާލައިފި

މަރުވި މީހުންގެ އާއިލާތަކުން ޑޭކެއާއަށް ޖަމާވި އިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އީޕީއޭ

މަރުވި މީހުންގެ އާއިލާތަކުން ޑޭކެއާއަށް ޖަމާވި އިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އީޕީއޭ

ތައިލޭންޑުގެ އިރުއުތުރުގައި ހުންނަ ޑޭކެއާ ސެންޓަރެއްގައި ވަޅި އާއި ބަޑިން ދިން ހަމަލާއެއްގައި 37 މީހުން މަރުވެއްޖެ އެވެ.

އެ ހަމަލާ ދިނީ ކުރިން ފުލުސް ވަޒީފާ އަދާ ކުރި މީހެކެވެ. ނޮންގް ބުއާ ލަމްފޫ ޕްރޮވިންސްގެ ޑޭކެއާގައި ހަމަލާ ދިނުމަށް ފަހު އޭނާ ފިލި އެވެ.

ހަމަލާއަށް ފަހު ފިލުމުން، ހޯދަން އިއުލާންކޮށްފައި.
ހަމަލާއަށް ފަހު ފިލުމުން، ހޯދަން އިއުލާންކޮށްފައި.

ހަމަލާއަށް ފަހު ފިލުމުން، ހޯދަން އިއުލާންކޮށްފައި.

Advertisement

އެ މީހާ ހޯދަން ފުލުހުންގެ އޮޕަރޭޝަން ފެށުމާ އެކު އާއިލާގެ އެންމެން މަރާލައި އަމިއްލައަށް މަރުވި އެވެ. ޑޭކެއާގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވި އެވެ.

ފުލުހުން ބުނީ އުމުރުން 34 އަހަރުގެ ފިރިހެން މީހާ މިދިޔަ ޖޫން މަހު ވަޒީފާއިން ވަކިކުރީ މަސްތުވާތަކެތި ބޭނުން ކުރާތީ ކަމަށެވެ.

ހަމަލާ ދިނީ ކީއްވެ ކަމެއް ނޭނގެ އެވެ. އުއްތައި ސަވަން އަވަށުގައި ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން 22 ކުދިން ހިމެނެ އެވެ.

އޭގެ ތެރެއިން ބައެއް ކުދިންނަކީ އުމުރުން ކިރިޔާ ދެ އަހަަރު ފުރިފައި ތިބި ކުދިންނެވެ. އެ ކުދިންނަށް ހަމަލާ ދިނީ ނިދާފައި ތިއްބަ އެވެ.

ސްކޫލެއްގެ ގޮތުގައި ހިންގާ ޑޭކެއާގެ އެންމެ އިސް ޓީޗަރު ނަންތިޗާ ޕަންޗުމް ބުނީ ހަމަލާ ދިން މީހާގެ ފިރިހެން ދަރިފުޅު ވެސް ކުރިން ދިޔައީ އެ ސެންޓަރަށް ކަމަށެވެ.

އެކަމަކު އެ ކުއްޖާ ހާޒިރު ނުވާތާ މިހާރު މަހެއް ވެއްޖެ އެވެ. ޕަންޗުމް ބުނީ ދަރިފުޅު ގޮވައިގެން އެ ތަނަށް ދަނީ އެ ފިރިހެން މީހާ ކަމަށާއި އޭނާ އަބަދުވެސް ވާހަކަދައްކަނީ ވަރަށް އިހްތިރާމާ އެކު ކަމަށެވެ.

އާއްމުކޮށް އެ ޑޭކެއާގައި ކޮންމެ ދުވަހަކު ވެސް 90 ވަރަކަށް ކުދިން ތިބެ އެވެ. އެކަމަކު ބުރާސްފަތި ދުވަހު މޫސުން ގޯސްވުމުގެ ސަބަބުންނާއި ބަސް ހަލާކުވުމުގެ ސަބަބުން ތިބީ 20 ވަރަކަށް ކުދިންނެވެ.

ބޮޑު ވަޒީރު ޕްރަޔުތް ޗަން އޮޗާ ވަނީ އެ ހަމަލާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައިފަ އެވެ. ތައިލޭންޑްގައި ބަޑި ޖަހައި އެއް ފަހަރާ ގިނަ މީހުން މެރުމުގެ ހާދިސާތައް ވަރަށް ނުހިނގަ އެވެ.

އެހެން ނަމަވެސް ގަވާއިދާ އެއް ގޮތަށް އަދި ވަގަށް ވެސް ތައިލޭންޑްގެ ގިނަ ބަޔަކު ބަަޑި ގެންގުޅޭ ކަމަށް ރޮއިޓާޒް ނޫހުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox