އިނގިރޭސިންގެ ވޯކާ އޮޕަރޭޝަނެއްކޮށް ވޯލްޑް ކަޕް ގެއްލުމުގެ ބިރު

Oct 6, 2022, 4:02 PM
އިނގިރޭސިންގެ ވޯކާ އޮޕަރޭޝަނެއްކޮށް ވޯލްޑް ކަޕް ގެއްލުމުގެ ބިރު

ލަންޑަން (އޮކްޓޫބަރު 6) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު، ކައިލް ވޯކާ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު ވޯލްޑް ކަޕަށް ފިޓްވުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ސިޓީން 6-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މެޗުގެ ފުރަތަމަ ހާފުގައި ވޯކާ، 32، އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފަ އެވެ.

ވޯކާގެ އެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން އެނގުނީ ވޯކާ އޮޕަރޭޝަނެއް ނުކޮށް، އަރާމްކޮށްގެން އެނބުރި ކުޅުމަށް އަތުވެއްޖެނަމަ އަނެއްކާ ވެސް އެ ފަދަ އަނިޔާއެއް ތަކުރާރުވުމުގެ ފުރުސަތު އޮންނާނެ ކަމެވެ. އެހެންވެ، ސިޓީގެ މެޑިކަލް ޓީމުގެ ލަފަޔާ އެކު ވޯކާ ވަނީ އޮޕަރޭޝަން ކޮށްފަ އެވެ.

ފިޓްވެގެން ވޯކާ އަށް އެނބުރި ދަނޑަށް އާދެވޭނެ ތާރީހެއް ސިޓީން ހާމަކޮށްފައިނުވާއިރު، އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ މަހުގެ ވޯލްޑް ކަޕަށް ފިޓްވެގެން ވޯކާ އަށް އެނބުރި އާދެވުމުގެ ފުރުސަތު އަދި އޮތީ ހަނިކޮށެވެ.

ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅެން ޖެހޭ ފުރަތަމަ މެޗު އޮތީ އަންނަ މަހުގެ 21 ވަނަ ދުވަހު އީރާނާ ދެކޮޅަށެވެ.

ޔުނައިޓެޑް އަތުން .މޮޅުވި މެޗުގެ ތެރެއިން ވޯކާ އަށް ދަނޑުމަތީގައި ފަރުވާދެނީ.

އިންގްލެންޑް ގައުމީ ޓީމަށް 70 މެޗު ކުޅެދީފައިވާ ވޯކާ އަކީ އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓުގެ ޕްލޭނަށް މުހިންމު ކުޅުންތެރިއެކެވެ.

އިންގްލެންޑުން ފަސް ޑިފެންޑަރުން ލައިގެން ކުޅޭއިރު، ސެންޓްރަލް ޑިފެންސްގެ ތިން ކުޅުންތެރިންގެ ތެރޭގައި ވޯކާ ބޭނުންކުރާއިރު، ބައެއް ފަހަރު ފުލްބެކުގެ މަގާމަށް ވެސް އޭނާ ލަ އެވެ.

ވޯކާ، ވޯލްޑް ކަޕަށް ފިޓްނުވެއްޖެނަމަ އިންގްލެންޑުން ވޯލްޑް ކަޕަށް ނަގާ ސްކޮޑުން އެ ޖާގަ ދޭނެ ކަަމަށް ބެލެވެނީ ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑާ އާނޯލްޑް އަށެވެ. އެންމެ ފަހުން ނޭޝަންސް ލީގުގައި އިންގްލެންޑުން ކުޅުނު މެޗުތަކަށް ނެގި މެޗު ސްކޮޑުން އާނޯލްޑަށް ފުރުސަތު ނުލިބުނެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމުން މުބާރާތުގައި ބޭނުންކުރާނެ ސްކޮޑެއް ފައިނަލް ކުރަން ދީފައިވާ އެންމެ ފަހުގެ މުއްދަތަކީ އަންނަ މަހުގެ 13 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox