ޓޫރިޒަމުގެ ރަން ތާރީހުގައި އުރީދޫ؛ މުހިންމު ބައިވެރިޔެއް

Oct 5, 2022, 2:42 PM
އުރީދޫން ސްނެޕްޗެޓުގައި ރާއްޖެ ޕްރޮމޯޓުކުރަން ކުރިއަށްގެންދިޔަ ހާއްސަ ކެމްޕޭނުގެ ތެރެއިން --- ފޮޓޯ: އަދަދު ފައިލް

އުރީދޫން ސްނެޕްޗެޓުގައި ރާއްޖެ ޕްރޮމޯޓުކުރަން ކުރިއަށްގެންދިޔަ ހާއްސަ ކެމްޕޭނުގެ ތެރެއިން --- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި ޓޫރިޒަމް ފެށިތާ 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރަމުންދާއިރު ގައުމުގެ "ރަން ބިސް އަޅާ ކުކުޅު" ގެ މަގާމަށް އެ ދާއިރާ އައިސްފައި ވަނީ ގިނަ އަދަދެއްގެ މީހުންގެ ބުރަ މަސައްކަތާއި އެތަކެއް ކުންފުނިތަކުގެ މިންނެތް މަސައްކަތުންނެވެ. ރޭވުންތެރިކަމާއެކު ލިބިފައިވާ ގުދުރަތީ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކޮށް މިއަދު ރާއްޖެއަކީ ޓޫރިޒަމުގައި "ބެންޗުމާކު" އެކެވެ.

ވަކިން ހާއްސަކޮށް ދުނިޔޭގެ އެއް ނަންބަރު މަންޒިލަށް އަންނަ ފަތުރުވެރިން އެމީހުންގެ އަމިއްލަ ގައުމާ ގުޅާލަދޭ މޯބައިލް އޮޕަރޭޓަރުންގެ ހިއްސާ ބޮޑެވެ. އޭގެ ތެރެއިން ވެސް އުރީދޫ މޯލްޑިވްސްއަކީ ޓޫރިޒަމު އިންޑަސްޓްރީ ކުރިއަރައި ގޮސް ދުނިޔޭގެ ފެންވަރުގެ ބްރޭންޑަކަށް ރާއްޖެ ވުމުގައި ހިއްސާ ބޮޑު ކުންފުންޏެކެވެ.

އެކަމުގެ އަގުވަޒަންކޮށް އެ ކުންފުންޏަށް ވަނީ ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގައި ހާއްސަ އެވޯޑެއް ވެސް ދީފަ އެވެ. މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޓޫރިޒަމަށް އެންމެ ފައިދާކުރަނިވި ހަރަކާތްތައް ހިންގާފައި ވަނީ އުރީދޫގެ ބައިވެރިވުމާ އެކު އެވެ. އަމިއްލަ އިސް ނެގުމަށް މިއަހަރު ވެސް އެ ކުންފުނިން އަންނަނީ ޓޫރިޒަމްގެ ރަންޔޫބީލާ ދިމާކޮށް ގިނަ ޕްރޮމޯޝަންތައް ހިންގަމުންނެވެ.

ކޮވިޑު ފެނުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓިފައި އޮތުމަށް ފަހު އަލުން ފަށައިގަތުމާ ދިމާކޮށް ކުރިއަށް ގެންދިޔަ "ވިޒިޓް މޯލްޑިވްސް ނައު" ގެ ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ވެސް އެ ކުންފުނިން މަސައްކަތްކުރި އެވެ. އެއީ 10 ގައުމެއްގެ 117 މިލިއަނަށްވުރެ ގިނަ މީހުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ބޮޑު ކެމްޕޭނެކެވެ.

އެގޮތުން، އެެ ކުންފުނިން އަހަރު ފެށީ ރަންޔޫބީލް އަހަރަށް ހާއްސަ ސިމް ޕެކެއް ތައާރަފް ކުރަމުންނެވެ. ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ މަންޒަރުތައް ފަސޭހަކަމާ އެކު ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ އަމާޒުގައި ޓޫރިސްޓުންނަށް ހާއްސަކޮށް އުފެއްދި މި ސިމް ޕެކްގެ އިތުރުން ރާއްޖޭގެ ރީތި މަންޒަރުތައް އޮގުމެންޓެޑް ރިއަލިޓީ މެދުވެރިކޮށް ގެނެސްދިނުމަށް ހާއްސަ ކަލަންޑަރެއް ވެސް އެކުންފުނިން މިއަހަރު ތައާރަފްކުރި އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ "ސްނެޕްޗެޓް" ބޭނުންކޮށްގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އުރީދޫ މޯލްޑިވްސް އިން ހާއްސަ ފިލްޓާތަކާއެކު "ސްނެޕް، ސްނެޕް އެންޑް ސްޓްރީކް" ޕްރޮމޯޝަނެއް ވެސް ކުރިއަށްގެންދިޔަ އެވެ. މިވެސް ރަންޔޫބީލް ފާހަގަކުރަން ސްނެޕްޗެޓާ ގުޅިގެން އެ ކުންފުނިން ފެށި ޕްރޮމޯޝަނެކެވެ. ހަމައެހެންމެ، ޓޫރިޒަމް މިނިސްޓްރީން ބޭއްވި "ނަލަ ނަލަ ރާއްޖެ" ކެމްޕޭނުގެ ޕާޓްނަރެއްގެ ގޮތުން އުރީދޫ ހަރަކާތްތެރިވި އެވެ.

ޓޫރިޒަމް ކުރިއެރުވުމަށް ކުރިއަށްގެންދާ ހަރަކާތްތައް ކަމަށްވާ ޓްރެވަލް ޓްރޭޑު މޯލްޑިވްސް (ޓީޓީއެމް)، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަދި މޯލްޑިވްސް މެރިން އެކްސްޕޯ ހިމެނޭހެން ގިނަ އަދަދެއްގެ ފަރާތްތަކަށް އުރީދޫން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox