މުހިންމު މޮޅަކާ އެކު ޔުވެންޓަސް އަށް ހަމަޖެހުމެއް

Oct 3, 2022, 5:07 AM
ބޮލޯނިއާގެ ލީކޯޖިއާނިސް (ވ) ކައިރިން ޔުވެންޓަސްގެ ވްލަހޯވިޗް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ބޮލޯނިއާގެ ލީކޯޖިއާނިސް (ވ) ކައިރިން ޔުވެންޓަސްގެ ވްލަހޯވިޗް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ޓިއުރިން (އޮކްޓޫބަރު 3) - އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އަތުން 3-0 އިން މޮޅުވެ، ޔުވެންޓަސް އިން އެ ޓީމަށް ކުރިމަތިވެފައިވާ ޕްރެޝަރަށް ހަމަޖެހުމެއް ހޯދައިފި އެވެ.

މި މޮޅާ އެކު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ އަށް އޮތް ޕްރެޝަރަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. މި މެޗުގެ ކުރިން ޔުވެންޓަސް އިން އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ނިންމާލީ މޮޅެއް ނުލިބި އެވެ.

"ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ އިންތިޒާރެއް މި ކުރަން ޖެހުނީ މޮޅަކަށް. އެހެންވީމަ މި މެޗު ނިންމާލާފައި ޑްރެސިން ރޫމަށް ޓީމު ދިޔައިރު، ކޮންމެވެސް ކަމެއް ބަދަލުވެއްޖެކަމުގެ އިހުސާސާއި ޓީމާ މެދު އޮތް ޔަގީންކަން އިތުރުވެއްޖެ،" އަލެގްރީ ބުންޏެވެ.

މިއީ މި ފަހަރު ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން ޔުވެންޓަސް ހޯދި ތިން ވަނަ މޮޅެވެ. އެއް މެޗުން ބަލިވިއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. ޔުވެންޓަސް ލީގުގެ ހަތް ވަނައިގައި 13 ޕޮއިންޓާ އެކު އޮތީ އެއް ވަނައިގައި އޮތް ނަޕޯލީއާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގަކާ އެކު އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް އަށް މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެޓަލަންޓާ ވެސް ވަނީ ރޭ 1-0 އިން ފިއޮރެންޓީނާ ބަލިކޮށް، އަށް މެޗުން 20 ޕޮއިންޓް ހޯދައިފަ އެވެ.

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗުގެ 24 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ފިލިޕް ކޮސްޓިޗް އެވެ. ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން އައި ޑޫސާން ވްލަހޯވިޗް ހުސްކޮށްލާފައި އޭރިއާތެރެއިން ކޮސްޓިޗް އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. މިއީ އޭނާ ޔުވެންޓަސް އަސް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ.

މެޗުގެ 59 ވަނަ މިނިޓްގައި ޔުވެންޓަސްގެ ދެ ވަނަ ގޯލު ޖެހީ ވްލަހޯވިޗް އެވެ. އޭނާ މި ގޯލު ޖެހީ ވެސްޓަން މެކްކެނީ ނެގި ހުރަހަކުން ބޮލުންނެެވެ. އޭގެ ތިން މިނިޓް ފަހުން، ޔުވެންޓަސްގެ ތިން ވަަނަ ގޯލު ޖެހީ ޕޮލެންޑްގެ ފޯވާޑް އާކަންޑިއުސް މިލިކް އެވެ. މިއީ ހުއާން ކުއަޑްރާޑޯ ބޮލުން ޖައްސާލި ބޯޅައެއް އޭރިއާތެރެއިން ހޯދައި، ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން މިލިކް ކާމިޔާބުކުރި ގޯލެކެވެ.

ޔުވެންޓަސް އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި މެކަބީ ހައިފާއާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗަށް ފަހު، ލީގުގައި އަންނަ ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނާ ބައްދަލުކުރާ މެޗެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox