ވުލްވްސް އިން ކޯޗު ވަކިކޮށްފި

Oct 3, 2022, 1:14 AM
ވުލްވްސްގެ ކޯޗު ބްރޫނޯ ލާޖް: އޭނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ވަޒީފާ ގެއްލުނު ތިން ވަނަ ކޯޗު.-- ފޮޓޯ: އޭއެފްޕީ

ވުލްވްސްގެ ކޯޗު ބްރޫނޯ ލާޖް: އޭނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ވަޒީފާ ގެއްލުނު ތިން ވަނަ ކޯޗު.-- ފޮޓޯ: އޭއެފްޕީ

ބާމިންހަމް (އޮކްޓޫބަރު 3) - ދަށް ނަތީޖާތަކުގެ ސަބަބުން, ވުލްވްސްގެ ކޯޗު ޕޯޗުގަލްގެ ބްރޫނޯ ލާޖް އެ މަގާމުން ވަކިކޮށްފި އެވެ.

މި ސީޒަނުގައި ލާޖްގެ ކޯޗުކަމުގައި ވުލްވްސް އިން ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މޮޅެއް ލިބުނުއިރު، އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ބަލިވެފައިވަނީ، ހޮނިހިރު ދުވަހުގެރޭ ވެސްޓް ހޭމް ދަނޑުގައި އެ ޓީމު އަތުން 2-0 އިންނެވެ.

ވުލްވްސްގެ ކޯޗަކަށް ހުރި ނޫނޯ އެސްޕިރީޓޯ ސަންޓޯ އެ ޓީމު ދޫކޮށް މިދިޔަ ސީޒަނުގައި ޓޮޓެންހަމަށް ބަދަލުވުމުން، ވުލްވްސް އިން ޓީމަށް ގެނައީ ލާޖް އެވެ. ލާޖްގެ ކޯޗުކަމުގައި ވުލްވްސް މިދިޔަ ފަހަރު ނިންމާލީ ލީގުގެ 10 ވަނައިގަ އެވެ. އެކަމަކު، އެންމެ ފަހުން ލީގުގައި ކުޅުނު 15 މެޗުގެ ތެރެއިން ވުލްވްސް އެއް މޮޅު ހޯދިއިރު، ނުވަ މެޗުން ބަލިވުމުން، އެ ކްލަބްގެ މެނޭޖްމަންޓުން ނިންމީ ލާޖް ވަކިކުރާށެވެ.

ކުރިން ބެންފީކާ އަށް ކޯޗުކޮށްދިން ލާޖްގެ އިރުޝާދުގެ ދަށުން ވުލްވްސް އިން ޖުމްލަ އެކު ވަނީ 51 މެޗު ކުޅެފަ އެވެ. އެ މެޗުތަކުން އެ ޓީމަށް މޮޅުވެވުނީ 19 މެޗުންނެވެ.

ވުލްވްސްގެ މެނޭޖްމަންޓުން ލާޖް ވަކިކުރަން ނިންމި އަނެއް ސަބަބަކީ މި ސީޒަން ފެށިއިރު، ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ގަންނަން 135 މިލިއަން ޑޮލަރު ހަރަދުކުރި ނަމަވެސް މެޗުތަކުގައި އޭގެ ނަތީޖާ ނުފެންނާތީ އެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގައި މިހާތަނަށް މަދު މެޗެއް ކުޅެވިފައިވީ ނަމަވެސް ތިން ކޯޗެއްގެ ވަޒީފާ މި ވަނީ ގެއްލިފަ އެވެ. އެއީ ބޯންމައުތު ކޯޗަކަށް ހުރި ސްކޮޓް ޕާކާ އާއި ޗެލްސީގައި ހުރި ތޯމަސް ޓުޗެލްގެ އިތުުރުން ލާޖް އެވެ.

ވުލްވްސް އިން ދެން ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަނީ ކުރިން އޮލިމްޕިއާކޯސް އިން ފެނުނު ޕެޑްރޯ މާޓިންސް، ސްޕޯޓިން ލިޒްބަންގައި ހުރި ރުބެން އަމޮރިމް އަދި ޕޯޓޯއާ ހަވާލުވެ ހުރި ސާޖިއޯ ކޮންސެސާއޯ ތެރެއިން ކޯޗެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox