ޑުބާއީގައި ތިން ހާސް ޑޮލަރަށް ތުއްތު ކުއްޖަކު ވިއްކާލަން އުޅުނު ބަޔަކު ޖަލަށް

ދެ މަހުގެ ކުއްޖާ ވިއްކާލަން ނިންމީ އިންޑޮނީޝިއާއަށް ނިސްބަތްވާ އެ ކުއްޖާގެ މަންމަ.

ދެ މަހުގެ ކުއްޖާ ވިއްކާލަން ނިންމީ އިންޑޮނީޝިއާއަށް ނިސްބަތްވާ އެ ކުއްޖާގެ މަންމަ.

ޑުބާއީގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ތުއްތު ކުއްޖަކު ވިއްކާލަން މަސައްކަތް ކުރި މައްސަލައެއްގައި ތިން މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

އެންމެ ދެ މަހުގެ އެ ކުއްޖާގެ މަންމައަކީ 35 އަހަރުގެ އިންޑޮނީޝިއާ އަންހެނެކެވެ. އޭނާ ދަރިފުޅު ވިއްކާލަން ނިންމީ 3،200 ޑޮލަަރު (12،000 ޔޫއޭއީ ދިރްހަމް) އަށެވެ.

އޭނާއަށް އެހީވި ދެ މީހުން ވެސް ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އެކަކީ ސްރީ ލަންކާގެ އަންހެނެކެވެ. ފުލުހުން އެ މައްސަލައިގެ ތަހުގީގު ފެށީ ކުއްޖަކު ވިއްކާލަން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުން މިދިޔަ ފެބްރުއަރީ މަހު އެވެ.

Advertisement

ފުލުހުން ބުނީ ތުއްތު ފިރިހެން ކުއްޖާއަކީ ކައިވެނީގެ ބޭރުން ލިބުނު ކުއްޖެއް ކަމަށާއި ފައިސާގެ ދަތިކަން ދިމާވުމުން ކުއްޖާ ވިއްކާލަން އަންހެން މީހާ ނިންމީ ކަމަށެވެ.

މިދިޔަ ހަފުތާގައި މައްސަލައިގެ ޝަރީއަތްކޮށް، ތިން މީހުންގެ މައްޗަށް ވެސް ހިޔުމަން ޓްރެފިކިންގެ ކުށް ސާބިތުވި އެވެ. އެ މީހުން 4000 ދިރްހަމުން ޖޫރިމަނާކޮށް، ތިން އަހަރަށް ޖަލަށް ލާން ނިންމި އެވެ.

އޭގެ އިތުރުން ގާނޫނާ ހިލާފަށް ވިސާ ނެތި ޔޫއޭއީގައި އުޅެމުންދާތީ ތިން މީހުން އިތުރު އެއް މަހަަށް ޖަލަށް ހުކުމްކޮށް، 1000 ދިރްހަމުން ޖޫރިމަނާކުރި އެވެ.

ކޯޓުން ތުއްތު ކުއްޖާ ބެލެހެއްޓުން ހަވާލު ކުރީ ކުޑަކުދިންގެ މަރުކަޒަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox