ޕީއެސްޖީން މެސީ އަށް އާ ކޮންޓްރެކްޓެއް ދެނީ

Sep 30, 2022, 9:07 AM
ޕީއެސްޖީން މެސީ އަށް އާ ކޮންޓްރެކްޓެއް ދެނީ

ޕެރިސް (ސެޕްޓެމްބަރު 30) - މި ސީޒަން ނިމުމުން ލިއޮނަލް މެސީ ބާސެލޯނާ އަށް ގެންނަން އެ ކްލަބުން މަސައްކަތް ފަށާފައިވަނިކޮށް، ޕީއެސްޖީން މެސީ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅައިފި އެވެ.

ބާސެލޯނާގެ މާލީ ހާލަތު ގޯސްވެގެން، މިދިޔަ އަހަރު އެ ޓީމަށް ޖެހުނީ މެސީ ދޫކޮށްލާށެެެވެ. މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ބެލިއިރު، އެންމެ ބޮޑު މައްސަލަ އަކަށް އޭރު ދިމާވީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވުމެވެ.

ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ބާސެލޯނާއާ އެކު ސޮއިކުރަން މެސީ ނިންމި ނަމަވެސް ފަހު ވަގުތު އެކަން ކުރެވެން ނެތުމުން، ބާސެލޯނާ ދޫކޮށް މެސީ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ފްރާންސްގެ ޕީއެސްޖީއާ އެވެ.

Advertisement

މި ސީޒަނަށް ފަހު، މެސީ، 35، ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ އަންނަ ސީޒަނަށް ހިލޭ ޓްރާންސްފާއެއްގައި މެސީގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ. އެކަމަށް ބާރު ލިބުނީ ދާދިފަހުން ބާސެލޯނާގެ ނައިބު ރައީސް އެޑޮއާޑް ރޮމޭއު ދެއްކެވި ވާހަކަތަކަކުންނެވެ.

ރޮމޭއު ވިދާޅުވީ މެސީ އަލުން ބާސެލޯނާ އަށް އަންނަން މާލީ ގޮތުން ދަތިކަމެއް ނެތް ކަމަށެވެ.

ބާސެލޯނާ އިން މެސީ ގެންނަން މަސައްކަތް ފަށާފައިވާއިރު، ފްރާންސްގެ މީިޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާރު ޕީއެސްޖީން ވަނީ މެސީ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. އެއީ މިހާރު ވެސް އޭނާ އަށް ލިބެމުން އަންނަ މުސާރަ އަށް އިތުރު އެއް އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ މުސާރައިގެ ގޮތުގައި 30 މިލިއަން ޑޮލަރާއި އިތުރު ބޯނަސްތަކެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީގައި މެސީ އަށް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި އެވެ. އެކަމަކު، މެސީ މި ފަހަރު އަންނަނީ ރަނގަޅު ފޯމެއް ދަމަހައްޓަމުންނެވެ. މެސީ ވަނީ މި ސީޒަނުގައި މިހާތަނަށް 11 މެޗުން ހަ ގޯލު ޖަހައި، އަށް ގޯލު ޖަހަން ފުރުސަތު ތަަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox