ރަޝިއާގައި ޖަޕާނުގެ ޑިޕްލޮމެޓަކު ކަނު ބަނދެ ހައްޔަރުކޮށްފި

ޖަޕާނުގެ ޑިޕްލޮމެޓް މޮޓޮކީ ޓަޓްސުނޮރީ.

ޖަޕާނުގެ ޑިޕްލޮމެޓް މޮޓޮކީ ޓަޓްސުނޮރީ.

ރަޝިއާގެ އިރުމަތީގައި އޮންނަ ވްލަޑިވޮސްޓޮކް ސިޓީގައި ޖަޕާނުގެ ޑިޕްލޮމެޓަކު ކަނު ބަނދެ ހައްޔަރު ކުރި ކަމަށް ޖަޕާނުން ތުހުމަތުކޮށްފި އެވެ.

މޮޓޮކީ ޓަޓްސުނޮރީއަކީ އެ ސިޓީގައި ހުންނަ ޖަޕާނުގެ ކޮންސުލް އެވެ. އަންގާރަ ދުވަހު އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލައި 48 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން ފޭބުމަށް އެންގި އެވެ. އޭނާއަށް ތުހުމަތު ކުރަނީ ޖާސޫސް ކުރި ކަމަށެވެ.

ރަޝިއާއިން ބުނާ ގޮތުގައި ޓަޓްސުނޮރީ ވަނީ ރަޝިއާ އާއި އޭޝިއާގެ އެހެން ގައުމަކާ ދެމެދު އޮތް ގުޅުމާ ބެހޭ ސިއްރު މައުލޫމާތުތަކެއް ހޯދާފަ އެވެ. އޭނާ ހައްޔަރު ކުރީ "ރެޑް ހޭންޑުކޮށް" ކަމަަށް ރަޝިއާގެ ޖާސޫސީ އިދާރާއިން ބުނެ އެވެ.

ޖަޕާނުން އެ ތުހުމަތު ދޮގުކުރެ އެވެ. ޖަޕާނުން ބުނެފައި ވަނީ ރަޝިއާއިން މައާފަށް އެދެން ޖެހޭނެ ކަމަށާއި ޓަޓްސުނޮރީ ހައްޔަރު ކުރީ މުއާހަދާތަކާ ހިލާފަށް ކަަމަަށެވެ.

"އެ އޮފިޝަލުގެ ކަނު ބަނދެ، ދެ އަތާއި ބޮލަށް ޕްރެޝަރުކޮށް، ހަައްޔަރު ކުރި ވަގުތު ހަށިގަނޑު ގުޑާނުލެވޭ ވަރު ކުރި. އޭގެ ފަހުން ބިރު ދައްކާ ފަދަ ގޮތަކަށް ސުވާލުކުރި،" ޖަޕާނުގެ ޗީފް ކެބިނެޓް ސެކެޓްރީ ހިރޮކަޒޫ މަޓްސުނޯ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ޖަޕާނުން ބުނީ އެއީ ބަލައިގަނެވޭނެ ފަދަ އަމަލުތަކެއް ނޫން ކަމަަށާއި ބުދަ ދުވަހުގެ ކުރިން އެ އޮފިޝަލް ރަޝިއާ ދޫކޮށް ދާނެ ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައާ ދެކޮޅަށް އަޑު އުފުލާފައިވާ ޖަޕާނަކީ ހުޅަނގުގެ ގައުމުތަކާ އެއް ގޮތަަށް "އަދުއްވެއްގެ" ގޮތުގައި ރަަޝިއާއިން ކަނޑައަޅާފައިވެ އެވެ.

އޭގެ އިތުރުން ރަށްތަކެއްގެ މައްސަލައިގައި ވެސް ރަޝިއާ އާއި ޖަޕާނާ ދެމެދު ދެބަސްވުން އޮވެ އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އުފެދުނު ދެބަސްވުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox