އެސްޑީއެފްސީން ޖަހައިދިން ފަސްގަނޑުގައި ހެދުނު ހެބިޓަސްގެ "ބިޔަ ގަސް"

އެސްޑީއެފްސީން ޖަހައިދިން ފަސްގަނޑުގައި ހެދުނު ހެބިޓަސްގެ "ބިޔަ ގަސް"

ކާމިޔާބު ވިޔަފާރިއެއް ކުރުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ހިޔާލީ ދުނިޔެއިން ނުކުމެ، އެ ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި މަސައްކަތް ފަށާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް, އެފަދަ ހުވަފެންތަކުގައި ކާމިޔާބުގެ ކުލަ ޖައްސާލުމަކީ މަދު ބަޔަކަށް ނޫނީ ނުވާ ކަމެކެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ.

ވިޔަފާރީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ކުޑަކުޑަކޮށް ފަށާ ވިޔަފާރި ފޯދިގެން ގޮސް އެއިން މޭވާ ލިބެން ފަށަނީ ލައްކަ ބުރަ މަސައްކަތާއި ހިންމަތުންނެވެ. އެތައް ތުރާލަކާއި އުނދަގުލެއްގެ ތެރޭގައި ކުރާ ފިސާރި ހިތްވަރުންނެވެ. ގަހެއް ހެދި ބޮޑުވުމަށް ގަދަފަސްގަނޑަކާއި، ފެނާއި، ކާނާ ބޭނުންވާ ފަދައިން ވިޔަފާރިއެއް ކުރިއަރާ ދިޔުމަށްވެސް ވަރަށް ބޭނުންތެރި އެތައް ކަމެއް ހުރެ އެވެ. ފަސްގަނޑަށް ފައިބާ މޫ، ގާތަކުގައި ޖެހި ފެންފޮދަކާއި ހަމައަށް ނުދެވި ގޮށްޖެހުމުގެ ސަބަބުން ގަހަށް އާރޯ ކަމެއް ނުލިބި އެތައް ގަހެއް މަރުވެގެން ދެއެވެ. ވިޔަފާރީގެ މައިދާނުންވެސް މިދެންނެވި ގޮތަށް މަރުވެފައިވާ އެތައް "ހުވަފެންތަކެއް" ފެނެ އެވެ. ނަމަވެސް، ވަރުގަދައަށް ހެދި ބޮޑުވެ އަތްގުޅި ނުކާ ވަރަށް ބިޔަ ވެފައިވާ ވިޔަފާރިތައް ވެސް މަދެއް ނޫނެވެ.

ހެބިޓަސް ފުރެޝް ފާމްއަކީ ވެސް މިގޮތަށް ވަރަށް ފޮނި އުއްމީދުތަކާއި އެކު 2016 ވަނަަ އަހަރު ފެށި ވިޔަފާރި އެކެވެ. ކުޑަކުޑަކޮށް ފެށި އެ ވިޔަފާރިއަށް ވެސް ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.

ތިމާވެއްޓާއި ރައްޓެހިކޮށް ފެނުގައި ގަސް އިންދާ ނިޒާމު ބޭނުންކޮށްގެން އުފައްދަން ފެށި ތަރުކާރީގެ ތަފާތު ބާވަތްތައް ވިއްކުމަށް އެންމެ ފުރަތަމަ އެ ކުންފުނިން ގޮސް ޓަކިޖެހީ ދިވެހި ރިސޯޓުތަކުގެ ދޮރުގަ އެވެ. ނަމަވެސް، ވިހަ ކެމިކަލްތަކާއި ބޭސްތައް ބޭނުން ނުކޮށް އުފައްދަމުން ދިޔަ އުފެއްދުންތައް ވިއްކުމުގެ އެންމެ ފުރަތަމަ މަރުހަލާގައި އެ ކުންފުންޏަށް ކުރިމަތިވީ ރިސޯޓުތަކަށް ބޭނުންވާ މިންވަރަށް ތަކެތި އުފެއްދޭނެ ޖާގަ ނެތުމުގެ މައްސަލަ އެވެ. އެހެނަސް ހެބިޓަސް ފުރެޝް ފާމްގެ ހުޝިޔާރު ޓީމުގެ އަޒުމު ގުޑުވާލެވޭ ވަރުގެ ކަމަކަށް އެކަން ނުވި އެވެ. ކާމިޔާބުގެ ރަހަ ބަލާލުމުގެ ފޮނި އުއްމީދުގައި ފެށި ހެބިޓަސް ފުރެޝް ފާމުގެ "ވިޔަފާރި ގަހަށް" ބޭނުންވާ ވަރަށް ފެން ހޯދުމަށާއި މޫތަކަށް އިތުރު ފަސޭހަތަކެއް ހޯދުމުގެ މަސައްކަތް އެ ޓީމުން ފެށިއެވެ.

"އެސްޑީއެފްސީއަށް އަޅުގަނޑުމެން އެޕްރޯޗު ކުރީމަ (އެބޭފުޅުން) އަޑުއެހި. ވަރަށް ފަސޭހަ ވާހަކަ ދައްކަން އެބޭފުޅުންނާ. އެހެންވީމަ އަޑުއަހާފަ އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ ގޮތެއް ރޭއްވެވި،" ހެބިޓަސްއަށް ކުރިމަތިވި ގޮންޖެހުންތަކަށް ހައްލު ލިބިގެންދިޔަ ގޮތް ކިޔައިދެމުން ހެބިޓަސް ފުރެޝް ފާމްގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ޝުކުރީ ކިޔައިދިނެވެ.

ހެބިޓަސް ފުރެޝް ފާމްގެ ވިޔަފާރިއަށް ހިންދެމިލެވޭ ވަރަށް "ފަސްގަނޑު" ޖަހާލަދިނީ އެސްޑީއެފްސީންނެވެ. ހެބިޓަސް ފުރެޝް ފާމަށް ކުރިމަތިވި ކެޕޭސިޓީ މައްސަލައަށް ހައްލު ލިބި ކުންފުނީގެ ހަރަދު ކުޑަ ކޮށްލެވުމާއި އެކު އެކުންފުނީގެ ވިޔަފާރި ދުވެލި ދެގިޔަރު މަތިކޮށްލި އެވެ. އެސްޑީއެފްސީގެ އެހީ އާއެކު ގުދުރަތީ ރަހަ އެކުލެވޭ ހެބިޓަސް ފުރެޝްގެ އުފެދުންތައް ރިސޯޓުތަކުގެ ބަދިގެތަކާއި ވިޔަފާރި ހަރުތަކާ ހަމައަށް އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދެވެން ފެށުން ވެގެންދިޔައީ އެ ކުންފުނީގެ ވެރިން ދުށް ހުވަފެނުގައި ކުލަޖެހެން މެދުވެރިވި އެންމެ ބޮޑު އެއްސަބަބަށެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމާއި އެކު ހެބިޓަސް ފުރެޝް ފާމުގެ ދުވެލިވެސް މަޑުޖެހުނެވެ. އެހެންނަމަވެސް، އެކުންފުނީގެ ވަރުގަދަ އަޒުމަކަށް ކޮވިޑުގެ އަސަރެއް ނުކުރި އެވެ. "ރަނގަޅު ދިމާލަށް މިއޮތީ ޖަހާފައި، އެހެންވީމަ އަޅުގަނޑުމެން ވަރަށް ޔަގީންކަން އެބަހުރި (އެސްޑީއެފްސީގެ) ސަޕޯޓާއި އެއްކޮށް ކުރިއަށް ދެވޭނެ، އަދި މިއަށް ވުރެވެސް ފުޅާ ކުރެވޭނެކަން" ޔަގީންކަމާ އެކު އުއްމީދީ ރާގުގައި ޝުކުރީ ބުންޏެވެ.

ކުޑަކުޑަކޮށް ފެށި ކުންފުންޏަށް ވިޔަފާރީގެ ހަޔާތުގައި ކުރިމަތިވި ބޮޑެތި ދަތިތަކާ ގޮންޖެހުންތަކުގެ މައްޗަށް ކާމިޔާބު ހޯދައި މިއަދު އެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާ ކޮށްފަ އެވެ.

"(މިއަދު) އަޅުގަނޑުމެންނަކީ ރިސޯޓު ސަޕްލައި އަދި ރެސްޓޯރެންޓުތަކަށް ވެސް އަދި އާއްމު ގޭގެއަށް ވެސް ޑެލިވާ ކުރާ ބައެއް" ކާމިޔާބު ވިޔާފާރިއެއް ކުރުމަށް ދުށް ހުވަފެން ހަގީގަތަކަށް ހަދާފައިވާ ހެބިޓަސްގެ ޗީފް އެގްޒެކެޓިވް ފަހުރުވެރިކަމާ އެކު ބުންޏެވެ.

ހެބިޓަސް ފުރެޝްގެ ކާމިޔާބުގެ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެސްޑީއެފްސީއާ މެދު ޝުކުރީ ބުނީ ވިޔަފާރިތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްޑީއެފްސީން ނެގި ފިޔަވަޅަކީ ހުރިހާ ވިޔަފާރިތަކަށް ވެސް ވަރަށް ފައިދާ ކުރި ފިޔަވަޅެއް ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް ހުރިހާ ވިޔަފާރިތަކަށްވެސް ނޭވާ ލާން ލިބުނު ވަރަށް ބޮޑު ފުރުސަތެއް އެއީ" ކާމިޔާބުގެ ފުން ނޭވާއަކާއި އެކު ޝުކުރީ ބުންޏެވެ.

ހެބިޓަސް ފުރެޝް ފާމްގެ ކާމިޔާބުގެ ފަހަތުގައި އޮތީ އެ ކުންފުނީގެ ހީވާގި ޓީމުގެ މިންނެތް މަސައްކަތާއި އެސްޑީއެފްސީގެ އެހީތެރިކަމެވެ. ކާމިޔާބު ވިޔަފާރިއެއް ކުރުމަށް އެދޭ ނަމަ މިފަދަ ކުންފުނިތަކުގެ ވާހަކައިން އިބުރަތް ލިބިގަންނަން ޖެހެ އެވެ. ކާމިޔާބު ވިޔަފާރިއަކީ އެއްދުވަހުން ދެދުވަހުން ހަސިލުވާ ވަރަށް ވުރެ ބޮޑު އަދި މަސައްކަތް ބުރަ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox