ދީނަކީ ގައުމިއްޔަތުގެ ތަނބު ކަމަށާއި ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ސޯލިހު: ވިދާޅުވީ ގައުމިއްޔަތަކީ ކުދި ރަށްތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބުން ކަމަށް --

ރައީސް ސޯލިހު: ވިދާޅުވީ ގައުމިއްޔަތަކީ ކުދި ރަށްތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބުން ކަމަށް --

އިސްލާމް ދީނަކީ ގައުމިއްޔަތުގެ ތަނބު ކަމަށާއި ޓެރަރިޒަމްއަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. އުތީމުގައި މިވަގުތު ކުރިއަށްދާ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމް ދީނަކީ ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު ކަމަށާއި ޓެރަރިޒަމް ފަދަ ކުށްތަކަކީ "ދިވެހިން ދަންނަ ކަމެއް ނޫން" ކަމަށެވެ. ދިވެހިންނަކީ އިސްލާމް ދީނަށް ލޯބި ކުރާ ބައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ދިވެހިން ބޭނުންވަނީ ސުލްހަވެރި ދިރިއުޅެއް އުޅެން ކަމަށެވެ.

"މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރިކަމާ އެދީނުގެ ސައްހަ އަގީދާ އަކީ ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު. ހަލާލު މަސައްކަތްކޮށް، ކަނޑުފަޅު ފީނާ، ފަރު ހިލާ، ވަލު ފުރާގުން ދަރިން ބޮޑެތިކުރީ، ދިވެހި ކާބަފައިން،" ރައީސް ވިދާާޅުވި އެވެ. "އެއީ އުމުރަށް ނަމާދު ގާއިމްކޮށް، ރޯދަހިފާ، ޒަކާތްދީ، ހަރާމަށް ބިރުވެތިވެ، ހަލާލަށް ރައްކާތެރިވި ދިވެހިން. ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫން. ލާމެހިފައިވާ ދުނިޔޭގާ، އެހެން އިންސާނުންނާއެކު މުއާމަލާތު ކުރެވި، ސުލްހަ މަސަލަސްކަމާއެކު، އުފަލުގާ ދިރިއުޅުމަކީ، ދިވެހިން އެދޭ ގޮތް."

އޭގެ އިތުރުން، އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމިއްޔަތަކީ "ތަފާތެއް ނެތި، އަމާޒެއް އޮވެ، ކުދި ރަށްތަކުގައި އުޅެވޭނެ ގޮތް ހެދުން ކަމަށެވެ.

"ގައުމިއްޔަތަކީ ތަފާތެއް ނެތި، އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން. މިދަތުރުގާ އަޅުގަނޑު މިއައީ ފިނެއަށް ގޮސްފަ. އަޅުގަނޑުމެން އަލުން އަނބުރާ އިއާދަކުރަން މަސައްކަތް މިކުރާ ދިވެހި ގައުމިއްޔަތުގެ ހަމަ ތައްގަނޑަށް ފިނޭ އެއަންނަނީ ފެތެމުން،" ފިނޭގެ މިސާލު ނަންގަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުދި ރަށްތައް ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަސޭހައިން ދިރިއުޅެވޭނެ ގޮތް ހެދުމަކީ "އިހު އޮތް ގައުމިއްޔަތު" ދިރުވުން ކަމަށެވެ.

"ކުޑައެއް ބޮޑެއްނެތި، ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ، ފަސޭހަ، މި ދިރިއުޅުން ކަށަވަރުކޮށް ދިނުމަކީ، އިހު އޮތް ދިވެހި ގައުމިއްޔަތު، އަލުން އަނބުރާ ދިރުވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަސޭހައިން ސިއްހަތާއި ތައުލީމާއި އާމްދަނީއަށް ވާސިލްވެވޭނެ ގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި އެކަންނުކޮށް ދޫކޮށްލުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިހްތިޔާރެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގެންނެވީ ރައްޔިތުން އެ މަސައްކަތުގައި އެމަނިކުފާނަށް އެއްބާރުލުން ދެއްވުން ކަމަށެވެ.

"ސިއްހަތާއި ތައުލީމާއި އާމްދަނީއަށް ވާސިލުވެވޭނެ، އަވަސް އަދި ފަސޭހަ މަގުތަށް ކޮށާ އަލިކުރުމަށް ފަށާފައިވާ މިމަސައްކަތް، ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިހްތިޔާރެއް ނޫން. މިކަމުގާ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ތާއީދާ އެއްބާރު ލެއްވުން އަޅުގަނޑު ބޭނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox