ހުރިހާ ވެރިން ވެސް ބަލާލަން ޖެހުނު އުތީމު ދަރިންގެ ގައުމީ ޖޯޝު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އުތީމު ގަނޑިވަރު އަށިގޭގައި 10 ކޭމުގައި ބައިވެރިވެވަޑައިގަންނަވަނީ: ރައީސް މިރޭ ހޭދަ ކުރައްވާނީ އުތީމުގައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އުތީމު ގަނޑިވަރު އަށިގޭގައި 10 ކޭމުގައި ބައިވެރިވެވަޑައިގަންނަވަނީ: ރައީސް މިރޭ ހޭދަ ކުރައްވާނީ އުތީމުގައި -- ފޮޓޯ: ރައީސް އޮފީސް

މި ރަށުގެ މަލަމަތިން ފެންނަނީ ދިވެހި ދިދަތައް ވިހުރޭ މަންޒަރެވެ. މަގުތައް ޖަރީކޮށްފައި އޮތީ ގައުމީ ކުލަތަކުންނެވެ. ބަލާލި ކޮންމެ ދިމާލަކުން ގައުމީ ދުވަހުގެ ނިޝާންތައް ހުރީ ފެންނާށެވެ. ރާއްޖޭގައި ފާހަގަކުރާ 80 ވަނަ ގައުމީ ރަސްމީކޮށް ފާހަގަކުރުމަށް، އެ އެ ދުވަސް އެ ބޭފުޅަކަށް ހާއްސަވާ އައްސުލްތޯން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ އުފަން ރަށް، ހއ. އުތީމު މި އޮތީ ރަނގަޅަށް ތައްޔާރުވެފަ އެވެ.

އެކަމަކު އުތީމު ރައްޔިތުންނަށް ގައުމީ ދުވަސް ހާއްސަ އެވެ. މި ދުވަސް ކޮންމެ އަހަރަކު ވެސް މި ރަށުގައި އެކި ފެންވަރުތަކުގައި އަންނަނީ ފާހަގަކުރަމުންނެވެ. ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގަ އެވެ. އަދި މި އަހަރު ގައުމީ ފެންވަރުގަ އެވެ.

"ލާމަރުކަޒީ ގާނޫނު އައުމަށް ފަހުގައި ކައުންސިލުން ގައުމީ ދުވަސް ފާހަގަކުރަނީ. އަޅުގަނޑުމެންގެ ދައުރަކީ އެ ބޭފުޅުންނަށް ސަޕޯޓުކުރުން. މި ގާނޫނު އައުމުގެ ކުރިން ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ފަރާތުން ހުރިހާ ހަރަކާތެއް ރާވާ ހިންގަމުން އައީ. މިފަހަރު ވެސް ވަރަށް ގިނަ ކަންތައްތައް ރޭވިގެން މިދަނީ،" ދުވަހުގެ ކަންކަން ހިއްސާކުރައްވަމުން ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ހުންނަވައިގެން އެ މަރުކަޒުގެ މުޝީރު އަސްރާރު އާދަމް މި ނޫހަށް ވިދާޅުވި އެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ތާރީހުގެ ތެރެއިން އަސްރާރު އެންމެ ފާހަގަކުރެއްވި ކަމަކީ ކޮންމެ ރައީސަކު ވެސް ދައުރުގެ އެއް ފަހަރު މި ރަށަށް ވަޑައިގެން، އުތީމު ރައްޔިތުންނާއެކު މި ދުވަސް ފާހަގަކުރައްވާ ކަމެވެ.

"އެގޮތުން 2012 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު އުތީމަށް ވަޑައިގެން ގައުމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި، ހަމައެއާއެކު 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ވަޑައިގެންނެވި، ދެން މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ވަޑައިގެންނެވީ،" ރަށުގެ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ އަސްރާރު އާދަމް ވިދާޅުވި އެވެ.

ދުވަހުގެ ހަރަކާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށަށް ވަޑައިގެންނެވީ އިއްޔެ ހަވީރެވެ. އެމަނިކުފާނު ވަޑައިގެންނެވުމާއެކު މި ރަށުން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެއަށް ފަހު ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފުދު ވަނީ އުތީމު ގަނޑުވަރު އަށިގޭގައި 10 ކޭމަށް އިންސާފުކޮށްފަ އެވެ. ރޭގެ ހަރަކާތްތައް ނިންމާލީ ގަނޑުވަރު މައިދާނުގައި ސަގާފީ ހަރަކާތްތަކެއްގެ ތެރެއިން ބޮޑުތަކުރުފާނު ވާހަކަ ވެސް ކިޔައިދީފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ގަނޑުވަރު މައިދާން ސަރަހައްދުގައި-- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ގަނޑުވަރު މައިދާން ސަރަހައްދުގައި-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ގަނޑުވަރު މައިދާން ސަރަހައްދުގައި-- ފޮޓޯ: ރައީސް އޮފީސް

މި ހުރިހާ ކަމެއްގައި ވެސް ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވި އެވެ. ފެނުނީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަ ކަމެވެ. ކޭން ތައްޔާރުކުރުމުން ފެށިގެން ތެލިތަށި އުފުލުމާ ހަމައަށް ވެސް ދެ ޖިންސުންގެ އެންމެން ބައިވެރިވި އެވެ.

ރޭގެ ހަރަކާތްތަކަށް ފަހު ރައީސްގެ ދެކަނބަލުން ރޭ ކުރެއްވީ ވެސް މި ރަށުގަ އެވެ. މިއީ ވެސް މި ރަށުގެ ރައްޔިތުންނަށް މިއަހަރުގެ ގައުމީ ދުވަސް ހާއްސަވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ.

"މި އަހަރު ފާހަގަކޮށްލެވޭ އެންމެ ހާއްސަކަމަކީ އެއްވެސް ރައީސަކު މީގެ ކުރިން ގައުމީ ދުވަހުގެ ޖަލްސާއަށް ވަޑައިގެން އުތީމުގައި ރޭ ކުރައްވާފައި ނުވޭ. ނަމަވެސް މިފަހަރު ރައީސް ސޯލިހު އުތީމުގައި ރޭ ކުރައްވާފަ،" އަސްރާރު ވިދާޅުވި އެވެ.

ރައީސްގެ ދެކަނބަލުން ރަށަށް ވަޑަައިގަތުމުން މަރުހަބާ ދެންނެވުން-- ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން ރަށަށް ވަޑަައިގަތުމުން މަރުހަބާ ދެންނެވުން-- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން ރަށަށް ވަޑަައިގަތުމުން މަރުހަބާ ދެންނެވުން-- ފޮޓޯ: ރައީސް އޮފީސް

ރަށުން ވާހަކަދެއްކި މެދުއުމުރުގެ އަންހެނަކު ކިޔައިދިން ގޮތުގައި ގައުމީ ދުވަހަށް، މީގެ މަހެއްހާ ދުވަސް ކުރިން އެރަށުން ވަނީ ތައްޔާރުވާން ފަށައިފަ އެވެ. މިއީ ރަށު ރައްޔިތުންގެ އެއްބައިވަންތަ ކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.

"އެންމެން ވެސް ބައިވެރިވާނެ، މި ކަމުގައި ނޯންނާނެ ވަކި ޕާޓީއެއް ވަކި ސިޔާސީ ކުލައެއް. މި ރަށުގެ އެންމެ ހާއްސަ ކަމަކީ ވެސް އެއްބައިވަންތަ ކަން. ރަށުތެރެ ޒީނަތްތެރިކުރުމުން ފެށިގެން ކެއްކުމާއި ރަށަށް އަންނަ މެހެމާނުންނަށް މަރުހަބާ ކިޔުމުގައި ވެސް ހަމަ ރަށު ރައްޔިތުން މި އުޅެނީ ވަރަށް އަވަދިނެތި،" އޭނާ ކިޔައިދިނެވެ.

އުތީމު ރައްޔިތުން ތައްޔާރުކުރި 10 ކޭން-- ފޮޓޯ: ރައީސް އޮފީސް
އުތީމު ރައްޔިތުން ތައްޔާރުކުރި 10 ކޭން-- ފޮޓޯ: ރައީސް އޮފީސް

އުތީމު ރައްޔިތުން ތައްޔާރުކުރި 10 ކޭން-- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެން ރަށަކީ ގައުމީ ރަށެއް، މިއީ ގައުމެއް ކަމެއް، ރަށަށް ދިރުން އައިސްގެން ދިޔައީ ހަމަ،" އޭނާ ވިދާޅުވި އެވެ.

އަސްރާރު ވިދާޅުވީ މިރަށު ރައްޔިތުންގެ އެއްބައިވަންތަކަމަކީ އެފަދަ ދެވަނައެއް ނުވާނޭ ފަދަ ލާމަސީލު މިސާލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ވަރަށް ލާމަސީލު މިސާލެއް. ހާއްސަކޮށް ރަށފުށަކުން މިއަދަކު ނުފެންނާނެ އުތީމުން މި ފެންނަ ގޮތަށް އިޖުތިމާއި މަސައްކަތްތަކެއް. އުތީމުން އަޅުގަނޑުމެން މި ހުރިހާ މަސައްކަތްތަކެއްގައި ވެސް ޒުވާނުންނާއި ހުރިހާ އުމުރެއްގެ ބޭފުޅުން ވެސް އެބަ ބައިވެރިވޭ،" އޭނާ ވިދާޅުވި އެވެ.

ހަނދާނީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަކީ ބޮޑުތަކުރުފާނާ ގުޅުންހުރި ތާރީހުތައް ދެމެހެއްޓުމާ އެ ތާރީހުތައް މީހުންނަށް ދެއްކުމަށް ގަނޑުވަރު ދެއްކުމުގެ އިންތިޒާމުތައް ކުރުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ މަރުކަޒެވެ.

"އަޅުގަނޑުމެން ތަރައްގީގެ ބައިވަރު ޕްރޮގްރާމްތަކެއް އެބަހުރި، މިހާރު މި ތަނުގެ ކޮންސެޕްޓް އެއްކޮށް ޑިޒައިންކޮށްފައި މިދަނީ ބައިބަޔަށް މި މަސައްކަތްތައް ކުރަމުން. އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑުމެން އެކޮމޮޑޭޝަން ބްލޮކެއް މިހާރު ވަނީ ތައްޔާރު ކުރެވިފައި. މިތަނަށް އަންނަ ހާއްސަ ފަރާތްތަކަށް މި ތަނުގެ ތެރޭގައި އެ ހިދުމަތް މިހާރު ލިބިގެންދާނެ،" އަސްރާރު ވިދާޅުވި އެވެ.

ކުރިމަގަށް ހުރި ތަރައްގީގެ ޕްލޭންތައް ހިއްސާކުރައްވަމުން އަސްރާރު ވިދާޅުވި ގޮތުގައި މަރުކަޒުގައި ދާރުލްއާސާރެއްގެ އިތުރުން، ގެސްޓު ޝޮޕަކާއި ރެސްޓޯރެންގެ މަސައްކަތް ވެސް ކުރެވި އެ ތަންތަން ވެސް އަންނަ އަހަރު ހުޅުވިގެން ދާނެ އެވެ.

"މި ތަން ތަރައްގީ ވެގެން މިދަނީ ތާރީހާއި ސަގާފަތާއި އާދަކާދަޔާ. އަދި ވަކިން ހާއްސަކޮށް ބޮޑުތަކުރުފާނާއި ގުޅުން ހުރި ކަންކަން އޭގެ ތެރޭގައި ފެނިގެންދާނެ ގޮތަށް. އެހެންވީމާ އުތީމު ރައްޔިތުން ވެސް މި ކަންކަމަށް ވަރަށް ގާތުން ބަލައި ބޮޑު ތަރުހީބެއް ދެމުން އަންނަނީ،" އަސްރާރު ވިދާޅުވި އެވެ.

ގަނޑުވަރު މައިދާނުގައި ރޭ ކުރިއަށް ދިޔަ ހަރާކްތަކުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ގަނޑުވަރު މައިދާނުގައި ރޭ ކުރިއަށް ދިޔަ ހަރާކްތަކުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ގަނޑުވަރު މައިދާނުގައި ރޭ ކުރިއަށް ދިޔަ ހަރާކްތަކުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

އޭނާ ވަނީ މިސަރުކާރުން މި ކަމަށް މި ސަރުކާރުން ދެއްވާ އަހައްމިޔަތުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ސަގާފީ ކަންކަމަށް ހާއްސަކޮށް ވަކިން މިނިސްޓްރީއެއް އުފައްދަވައިގެން ދެއްވަމުން އަންނަ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކުރަކުރީގައި ވެއްޖެއްޔާ މިފަދަ ކަންކަމަކީ ވަރަށް ދަތިކަންކަން، މިހާރު އަޅުގަނޑުމެންނަށް ކުރަން ރާވާ ކަންތައްތައް ކުރުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ.

ގައުމީ ދަރިންތަކެއް އުފަންވި، ގައުމީ ދަރިންތަކެއް ދިރިއުޅޭ އުތީމަށް އައިސްފައި އޮތީ ގައުމީ އީދެކެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ރަށުން ދައްކަވައިދިނީ ގައުމިއްޔަތަށް އޮތް ލޯތްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox