500 އަށްވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ މޯލްޑިވްސް ޕަބްޖީ ކޮންޓެންޑާ ސީރީޒް 2 ފަށައިފި

500 އަށްވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ މޯލްޑިވްސް ޕަބްޖީ ކޮންޓެންޑާ ސީރީޒް 2 ފަށައިފި

ޖުމްލަ 15،000ރ. ގެ ޕްރައިޒް ޕޫލަކާއެކު އުރީދޫ ނޭޝަންއިން ބާއްވާ އުރީދޫ މޯލްޑިވްސް ޕަބްޖީ ކޮންޓެންޑާ ސީރީޒް 2، 500 އަށް ވުރެ ގިނަ ބައިވެރިންނާއެކު އިއްޔެ ފަށައިފި އެވެ.

ޖުމްލަ 89 ޓީމު ވާދަކުރާ އެ މުބާރާތް ކުރިއަށް ދާނީ ފަސް ގުރޫޕަކަށް ބަހާލައިގެންނެވެ. އެ މުބާރާތުގެ އެއް ވަނަ ހޯދާ ޓީމަކަށް 10،000ރ.، ދެވަނަ އަށްދާ ޓީމަކަށް 3000ރ. އަދި ތިން ވަނަ އަށްދާ ޓީމަކަށް 2000ރ. ލިބޭނެ އެވެ.

އޭގެ އިތުރުން އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު މިއަންނަ ޑިސެމްބަރުގައި ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ މުބާރާތައް ވެސް އެ ތިން ޓީމު ކޮލިފައިވާނެ އެވެ.

އުރީދޫ މޯލްޑިވްސް ޕަބްޖީ ކޮންޓެންޑާ ސީރީޒްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތާއި ހަމައަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މުބާރާތްތަކެކެވެ. އެގޮތުން މިދިޔަ އޯގަސްޓު 24 ގައި ފެށި އުރީދޫ މޯލްޑިވްސް ޕަބްޖީ ކޮންޓެންޑާ ސީރީޒްގެ ފުރަތަމަ މުބާރާތުގެ އެންމެ މޮޅު ތިން ޓީމު ވެސް ވަނީ ޑިސެމްބަރު މަހު އޮންނަ މުބާރާތަށް ކޮލިފައިވެފަ އެވެ.

އުރީދޫ މޯލްޑިވްސް ކޮންޓެންޑާ ސީރީޒްގެ ފުރަތަމަ މުބާރާތުގެ އެންމެ ގަދަ ތިން ޓީމު
އުރީދޫ މޯލްޑިވްސް ކޮންޓެންޑާ ސީރީޒްގެ ފުރަތަމަ މުބާރާތުގެ އެންމެ ގަދަ ތިން ޓީމު

އުރީދޫ މޯލްޑިވްސް ކޮންޓެންޑާ ސީރީޒްގެ ފުރަތަމަ މުބާރާތުގެ އެންމެ ގަދަ ތިން ޓީމު

މި ސީރީޒްގެ ތިން ވަނަ މުބާރާތް މިއަންނަ އޮކްޓޯބަރު މަހު ބާއްވަން ހަމަޖައްސާފައިވާއިރު، އެ މުބާރާތުގެ އެންމެ މޮޅު ތިން ޓީމު ވެސް ޑިސެމްބަރު މަހު އޮންނަ މުބާރާތަށް ކޮލިފައިވާނެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕުގައި 16 ޓީމެއް އެއްލައްކަ ރުފިޔާގެ ގްރޭންޑު ޕްރައިޒައަށް ވާދަކުރާނެ އެވެ. މިހާރު ކުރިއަށްދާ އުރީދޫ މޯލްޑިވްސް ކޮންޓެންޑާ ސީރީޒްގެ މުބާރާތްތަކުން ހޮވާ ނުވަ ޓީމުގެ އިތުރުން ދެން އެ މުބާރާތުން ޖާގަ ލިބޭނީ ނޮވެމްބަރު މަހު ބާއްވާ އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓުގެ އެންމެ ގަދަަ ހަތް ޓީމަށެވެ.

ރާއްޖޭގައި ތިބި ހުނަރުވެރި ގޭމަރުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ތައާރަފުކުރި އުރީދޫނޭޝަން އަކީ މޯބައިލް، ޕީސީ އަދި ގޭމިން ކޮންސޯލްތައް ބޭނުންކޮށްގެން ކުޅޭ މީހުން އެއް ތަނަކުން ގުޅާލާ، ހާއްސަ މުބާރާތްތައް ބާއްވާ ގޭމިން ޕްލެޓްފޯމެކެެވެ.

ރާއްޖޭގައި އީ-ގޭމިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ އުރީދޫއިން ދަނީ ގޭމިންއަށް ހާއްސަ ޑޭޓާ ޕެކުތަކާއެކު ތަފާތު ޕުރޮމޯޝަންތައް ވެސް ހިންގަމުންނެވެ. އެގޮތުން ޕަބްޖީ ޑޭޓާ ޕެކެއް އަޅާލައިގެން ނަސީބުވެރި ފަސް ފަރާތަކަށް ވީއާރު ކެފޭއިން އެއް ގަޑިއިރުގެ ވީއާރު ސެޝަނެއް ހިލޭ ލިބޭ ޕުރޮމޯޝަނެއް މިހާރުވެސް އެކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ. މިއަންނަ އޮކްޓޫބަރު 6، އާ ހަމައަށް އެ ޕުރޮމޯޝަން ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox