އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -- ފޮޓޯ: ކޭސީއެންއޭ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން. -- ފޮޓޯ: ކޭސީއެންއޭ

އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުން ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރީ އޮފިޝަލުން ބުނެފި އެވެ.

އުތުރު ކޮރެއާއިން އެންމެ ފަަހުން މިސައިލެއް ޓެސްޓު ކުރީ މިދިޔަ ޖޫން މަހު އެވެ. އާދީއްތަަ ދުވަހު އަނެއްކާވެސް މިސައިލެއް ޓެސްޓު ކުރި އިރު، މި ވަގުތު އެމެރިކާގެ އެއާކްރާފްޓް ކެރިއަރެއް އޮތީ ދެކުނު ކޮރެއާގަ އެވެ.

އެއީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނަކަށް ދަތުރު ކުރި އުޅަނދެކެވެ. އޭގެ ފަހުން އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ދެކުނު ކޮރެއާއަށް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ މިސަައިލް ޓެސްޓު ކުރުން ކުށްވެރިކޮށްފަ އެވެ. އދ. އިން އޮންނަނީ އުތުރު ކޮރެއާއިން ބެލިސްޓިކް އަދި ނިޔުކްލިއާ ހަތިޔާރު ޓެސްޓް ކުރުން މަނާކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ސިފައިން ބުނީ ކުރު ރާސްތާގެ މިސައިލް ފޮނުވީ އާދީއްތަ ދުވަހުގެ ހެނދުނު 07:00 ހާއިރު ޓައެޗޯން ކައިރިން ކަމަށެވެ. އެއީ އުތުރު ކޮރެއާގެ ވެރިރަށް ޕިޔޯންގްޔޭންގާ 100 ކިލޯމީޓަރު އުތުރެވެ. މިސައިލް ދަތުރު ކުރީ 60 ކިލޯމީޓަރުގެ އެލްޓިޓިއުޑްގައި 600 ކިލޯމީޓަރުގެ ސަރަހައްދަކަށެވެ.

ޖަޕާނުގެ ކޯސްޓުގާޑުން ވެސް ބުނީ އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓުކޮށްފައިވާ ކަމަށާއި މަނަވަރުތައް ސަމާލުވުމަށް އަންގާ ކަމަށެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ވެސް އުތުރު ކޮރެއާއިން މިސައިލްތަކެއް ޓެސްޓު ކުރުމުން އެ ސަރަހްދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރި އެވެ.

މި މަހުގެ ކުރީކޮޅު އުތުރު ކޮރެއާާއިން ވަަނީ އެ ގައުމުގައި ނިޔުކްލިއާ ހަތިޔާރު ހުރި ކަމަށް ކަނޑައަޅައި ގާނޫނެއް ފާސްކޮށްފަ އެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވި ނަމަވެސް 2006 އާއި 2017 އާ ދެމެދު އެ ގައުމުން ހަަ ނިޔުކްލިއާ ޓެސްޓު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox