ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި އުތުރު ކޮރެއާގެ ބޯޑަރު އަންނަ ޑިސެމްބަރު މަހު ފަތުރުވެރިންނަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އުތުރު ކޮރެއާގެ ޓުއާ އޮޕަރޭޓަރުން ބުނެފި އެވެ.
އުތުރު ކޮރެއާގެ މަޝްހޫރު ޓުއާ އޮޕަރޭޓާ ކުންފުނި ކޮރްޔޯ ޓުއާސްއިން ބުނީ އެ ގައުމަށް ދާން ބޭނުންވާ ފަތުރުވެރިންނަށް ޑިސެމްބަރު މަހުން ފެށިގެން ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
"ހަތަރު އަހަރުވެއްޖެ މިކަން އިއުލާން ނުކުރެވިގެން އުޅޭތާ. ކޮރްޔޯ ޓުއާސްއިން މިތިބީ ވަރަށް އުފާވެފައި އުތުރު ކޮރެއާ އަނެއްކާ ވެސް ޓޫރިޒަމަށް ހުޅުވާލާތީ،" އެ ކުންފުނިން ބުންޏެވެ.

އުތުރު ކޮރެއާގެ ކޭޓީޖީ ޓުއާސްއިން ވެސް ބުނީ އެ ކުންފުނިން އަންނަ ޑިސެމްބަރު މަހުން ފެށިގެން އެ ގައުމުގެ ސަމްޖިޔޯންއަށް ދަތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން އުތުރު ކޮރެއާގެ ބޯޑަރުތައް ބަންދުކުރީ 2020 ގަ އެވެ. އެއަށް ފަހު އެ ގައުމަށް ފާއިތުވި ހަތަރު އަހަރު ފަތުރުވެރިންނަށް ޒިޔާރަތް ކުރެވިފައެއް ނުވެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އުތުރު ކޮރެއާއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށާއި ދުރާލައި އިއުލާން ކުރާނެ ކަމަށް ޓުއާ އޮޕަރޭޓަރުން ބުނެ އެވެ.










