މަޝްހޫރުވުމަށް އޮންނަ ލޯބި!

މަޝްހޫރުވުމަށް އޮންނަ ލޯބި!

އިހު ޒަމާނުއްސުރެ ސޯލިހުންގެ ދޫދޫ މަތިން ކިޔެމުން އަންނަ ވާހަކައެއްގައި އޮވެ އެވެ. އެއް ސަހަރެއްގައި އުޅުނު ދެމަފިރިއަކު ގޭތެރޭގެ ކަންކަން ފަސޭހަކުރުމަށްޓަކައި އަޅުންގެ ބާޒާރުން އަޅު ކުއްޖެއް ގަތުމަށް ފިރިހެން މީހާ ދިޔަ އެވެ. މި މީހާ ގޮސް އެތަނުން އަޅުކުއްޖަކު ގަތުމަށް ހުށަހެޅުމުން އެ އަޅުކުއްޖާ ވިއްކޭނީ އޭނާގެ ދެ ޝަރުތަކާ ރުހި ގަބޫލުވާ މީހަކަށް ކަމުގައި އޭނާގެ ސާހިބު މީހާ ބުނެފި އެވެ. އެ ޝަރުތަކީ ކޮބައިތޯ އެހުމުން ޖަވާބުގައި ބުނެފި އެވެ. އެއީ އޭނާ ދުވާލު ސާހިބު މީހާ އެދޭ ގޮތަކަށް ހިދުމަތް ކޮށްދޭނެ އެވެ. އެކަމަކު ރޭގަނޑު އޭނާއަށް ހުސްކޮށްދޭންވާނެ އެވެ. އަދި އޭނާއަށް ހާއްސަ އެހެން އެއްވެސް މީހަކަށް ނުވަދެވޭނެ ކޮޓަރިއެއް ގޭގައި ހުންނަންވާނެ އެވެ. މިޝަރުތާ ފިރިހެން މީހާ ރުހި، އަޅު ކުއްޖާ ގަނެގެން ގެޔަށް އައިސްފި އެވެ.

ދުވަސްތައް އަމާންކަމާއި އޮމާންކަމާއެކު ވޭތުވަމުން ދެ އެވެ. އަޅުކުއްޖާ ދުވާލު ގަޑީ ހީވާގިކަމާއެކު ސާހިބުންގެ ހިދުމަތުގައި ހުރެ އެވެ. އޭނާގެ މަސައްކަތާމެދު ކުޑަ ނަމަވެސް ޝަކުވާއެއް ކޮށްލެވޭނެ ފުރުސަތެއް އޭނާ ނުދެ އެވެ. ސާހިބު ދެމަފިރިން މިކަމާ އޭނާއާ ދޭތެރޭ ވަރަށް ހިތްހަމެޖެހިގެން އުފަލުގައި އުޅެމުން ދެ އެވެ. ކޮންމެއަކަސް ފިރިހެން މީހާ އެއް ދުވަހަކު ހިތަށް އެރި އެވެ. މިކުއްޖާ ރޭގަނޑު ޖަހާ ސަކަރާތެއް ވާނީ ބަލާށެވެ. މިހެންވެ ކުއްޖާއަށް ހާއްސަކޮށްފައިވާ ކޮޓަރި ވަގަށް ބެލޭނެ އިންތިޒާމެއް ރާވައިފި އެވެ. ރޭވެ އަނދިރިވުމުން ސިއްރުން ބެލިއިރު، ކުއްޖާ ހުންނަނީ އަޅުކަމުގަ އެވެ. ސަޖިދަކުރުމުގަ އެވެ. ދުއާކުރުމުގަ އެވެ. އޭނާ ދުއާކުރެ އެވެ. ތިމަންނާއަކީ ދުވާލު މީހެއްގެ ހިދުމަތުގައި ހުންނަ މީހަކީމެވެ. ތިމަންނާ އޭނާއަށް ހިދުމަތްކުރަން ނުޖެހޭނަމަ ދުވާލުގައި ވެސް ތިމަންނާ ހުރީހީ އަޅުކަމުގަ އެވެ. މިމަންޒަރު ފެނިފައި ފިރިހެން މީހާ ހިތަށް އެރި އެވެ. މިއީ ކޮންމެ ރެޔެއްގެ ކަމަކަށް ނުވެދާނެ އެވެ. ދެތިން ރޭ ބެލިއިރުވެސް މިކަން ހިނގަނީ އެއްމަގަކަށެވެ. މިކަމާ އަޖައިބުވެގެން ފިރިހެން މީހާ އޭނާގެ އަނބިމީހާއަށް މި ވާހަކަތައް ކިޔައިދީފި އެވެ.

ކޮންމެއަކަސް ޖެހިގެން އައި ރޭ ދެމަފިރިން އެކުގައި އޭނައަށް ފާރަލައި، އެމަންޒަރު ބެލުމަށް ތިބެއްޖެ އެވެ. އަންހެން މީހާއަށް މިމަންޒަރު ފެނި އަޑުތައް އިވުމުން ކުރި އަސަރެއްގެ ބޮޑުކަމުން ހަޅޭލަވައިގަނެވުނެވެ. އަދި ބުނެވުނެވެ. އެހެންނެއް ނޫނެވެ. ތިބާއީ އަހަރެމެންގެ އަޅެއް ނޫނެވެ. ތިބާގެ އަޅުންނަކީ މީގެ ފަހުން އަހަރެމެންނެވެ. މިއަޑު އިވިފައި އަޑު އައި ދިމާއަށް އަޅު ކުއްޖާ ބަލާލިއިރު ސާހިބު ދެމަފިރިން ތިބިތަން ފެނިފައި ކުއްޖާ ބިރުން ވިރިވިރި ހުރި ހާލު ދުއާދެންނެވި އެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ކަލާކޯއެވެ! ސިއްރު ފަޅާ އަރައިފި އެވެ. އެޔާއެކު އޭނާގެ ފުރާނަ މާތް ﷲ ގެންދަވައިފި އެވެ.

"ފަހެ އެ މީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ސާލިހު އަމަލުން އަމަލުކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާހުށިކަމެވެ!" މިއީ ކަހަފް ސޫރަތުގެ 110 ވަނަ އާޔަތެވެ. އިސްވެދިޔަ ވާހަކައަކީ، މިސާލުޖެހޭ ވާހަކައަކަށްވަނީ، އެކުއްޖާގެ އަޅުކަމުގައި އޮތް އިހުލާސްތެރިކަމަށްޓަކަ އެވެ. އޭނާގެ އަޅުކަމުގައި އޮތް ހަގީގީ ސިއްރުވެރިކަމާއި އިހުލާސްތެރިކަމަށްޓަކައެވެ. އެ ސިއްރު އިންސާނުންނަށް އެނގިއްޖެކަމަށް އޭނާއަށް އެނގުނު ހިނދުން އޭނާ މިދުނިޔެއާ ވަކިވެދިޔައީ ދެއްކުންތެރިކަމަކީ ހަގީގީ މުއުމިނެއްގެ ހިތާއި ފުރާނައަށް ކެތްނުކުރެވޭވަރުގެ ކަމެއް ކަމުގައިވާތީ އެވެ. އާދޭހެވެ. ދެއްކުންތެރިކަމާއި މަޝްހޫރުވުމަށް އޮންނަ ލޯބިން ހިތް އެއްފަރާތްކޮށް އިހުލާސްތެރިކަމާއެކު މާތް ﷲ އަށް އަޅުކަން ކުރުމަކީ އެއީ އެވެ.

ދެއްކުންތެރިކަމަކީ ހަމައެކަނި ނަމާދުކުރުމުގައި ނުވަތަ އެހެންވެސް ސުންނަތެއް އަދާކުރުމުގައި ހިނގާ ކަމެއްގެ ގޮތުގައި އޮތްކަމެއް ނޫނެވެ. ކަމަކީ އެޔަށްވުރެ ފުޅާ ކަމެކެވެ. ދެއްކުންތެރިކަމާއި މަޝްހޫރުކަމަށް ލޯބިކުރުމަކީ ކަނޑައެޅިގެން އެކަންކަމާމެދު އިންޒާރު އައިސްފައިވާ ކަންކަމެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ދެއްކުންތެރިކަމުން ދުރުވެގަތުމަށް އޭގެ އަލާމާތްތަކާއި ސަބަބުތަކަކީ ކޮބައިކަން ދެނެގަންނަންވާނެ އެވެ. އެގޮތުން މަޝްހޫރުވުމާއި އާންމުންގެ ތެރޭގައި އެންމެންގެ ސަމާލުކަން ހޯދުމަށް އޮންނަ ލޯތްބަކީ އެކަމުގެ ސަބަބެއްގެ ގޮތުގައި އިލްމުވެރިން ފާހަގަކުރައްވަ އެވެ. ހިތްތިރިކަން ނެތުމާއި މަމޮޅުކަމާއި، ނުވަތަ ތިމާއަށް ތިމާފެނުން ނުވަތަ ބޮޑާވެރިކަމަކީ ވެސް އެކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވަ އެވެ.

ދެއްކުންތެރިކަމަކީ ގިޔާމަތްވުމުގެ އަލާމާތެއްގެ ގޮތުގައި ސިފަކުރެވިފައިވާއިރު، ފަހު ޒަމާނަކަށް އައިސް ދެއްކުންތެރިކަމާއި މަޝްހޫރުވެގަތުމުގެ ކަންކަން އައު ސިފަ ސިފައިގައި އާންމުވަމުންދާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. އެކަމުގެ ގޮތް ބާވަތް ގިނަވެގެންދާނެކަމަށްޓަކައި ދެއްކުންތެރިކަމުގެ އަމަލުތައް ގެނެވޭ މީހާއަށް އެކަން ކުރެވޭއިރުވެސް މިކަން މިހިނގަނީ މިހެންކަން ނޭނގޭނެ ދަރަޖައަށް އެކަން ދާނެ އެވެ. މާތް ނަބިއްޔާ ބިރުފުޅުގެންވަޑައިގަންނަވާކަން ހާމަކުރެއްވީ އެހެންވެގެންނެވެ.

"ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނާމެދު ބިރުގަންނަ ކަންކަމުގެ ތެރެއިންވެސް އެންމެ ބިރުގަންނަ ކަމަކީ ކުޑަ ޝިރުކެވެ." އަހަރެމެންގެ މާތް ނަބިއްޔާ މިގޮތަށް ހަދީސްކުރައްވާފައި ވެއެވެ. އަދި ކުޑަ ޝިރުކަކީ ކޮބައިކަން ބަޔާންކޮށްދެއްވައި، އެއީ ދެއްކުންތެރިކަން ކަމުގައި އެންގެވި އެވެ. ދެއްކުންތެރިކަމާއެކު ހެޔޮ އަމަލުކުރާ މީހުންނަށް ވައީދުގެ ބަސްފުޅު ހަނދާންކޮށްދީފައި ވެއެވެ. "ތިޔަބައިމީހުން ދުނިޔެމަތީގައި އެބަޔަކަށް ދެއްކުމަށް ކަންކަން ކުރި މީހުންގެ ގާތަށް ގޮސް އެބައިމީހުންގެ ގާތުގައި ތިޔަބައިމީހުންނަށް ދޭނެ ސަވާބެއް އޮތްތޯ ބަލާށެވެ!" އެފަދަ މީހުންނަށް ގިޔާމަތް ދުވަހުގައި މާތް ﷲ އަންގަވާނެކަމަށް ހަދީސްގައި އައިސްފައި ވެއެވެ.

ސިޔާސީ މީހުން ގައުމު އިސްލާހްކުރުމުގެ ނަމުގައި ބަސްބުނުމުގައި ފަރުވާތެރިވާންވީ މިހެންވެގެންނެވެ. އަދި ކަންކަން ކޮށްދިނުމުގައި ބަހަށްވުރެ އަމަލު ގިނަކޮށް ޕަބްލިކް ސަޕޯޓަށް ކުރެވޭ ކަންކަމަށްވުރެ މުޅި ގައުމުގެ ލާބަޔަށް ކުރެވޭ ކަންކަން ގިނަކުރާންވީ މިހެންވެގެންނެވެ. އާންމުންގެ ސަމާލުކަމެއް ރައްޔިތުންގެ މަޖިލީހަށް ނުހުންނަ ދުވަސްވަރަށްވެސް މަޖިލީހަށް ހާޒިރުވެ މަސައްކަތްކުރާންވީ މިހެންވެގެންނެވެ. ފަނޑިޔާރުން ހުކުމްކުރުމުގައި ސޯޝަލް މީޑިއާގައި އާންމުން ފާޅުކޮށްފައި ހުންނަ ހިޔާލަށް ނުބަލައި އަދުލުއިންސާފަށް ބަލަންވީ މިހެންވެގެންނެވެ.

ހެޔޮ އަމަލުކުރާންވާނީ މާތް ﷲ ދެއްކެވި މަގުން އެކަލާނގެއަށް ހިތްނިޔަތް ހާލިސްކޮށްގެންނެވެ. ދެއްކުމާއި މަޝްހޫރުކަމަށް ކުރެވޭ އެއްވެސް ކަމަކުން ނަފައެއް ނެތެވެ. އެހެންނަމަ ދެއްކުންތެރިކަމާއެކު ކުރެވޭ ނަމާދުން ގައިމު މަންފާވީހެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox