ރިއަލް އެސްޓޭޓްގައި އިންވެސްޓު ކުރުމުން މުސްތަގުބަލުގައި މާލީ ފައިދާތަކެއް ލިބޭނެ

Sep 21, 2022, 7:55 AM
ސޮލިޓިއާގެ ކުރެހުމެއް: މިތަންވެގެންދާނީ މާލެ ސަރަހައްދުގައި ހަދާ ރަނގަޅު ލަގްޒަރީ އެޕާޓްމަންޓުތަކަކަށް -- ފޮޓޯ: ސޮލިޓެއާ

ސޮލިޓިއާގެ ކުރެހުމެއް: މިތަންވެގެންދާނީ މާލެ ސަރަހައްދުގައި ހަދާ ރަނގަޅު ލަގްޒަރީ އެޕާޓްމަންޓުތަކަކަށް -- ފޮޓޯ: ސޮލިޓެއާ

ލަގްޒަރީ ރިއަލް އެސްޓޭޓަށް އިންވެސްޓް ކުރުމަކީ ހަމަ އެކަނި ދިރިއުޅުމުގެ ފެންވަރަށް ލިބޭ ކުރިއެރުމެއް ނޫނެވެ. މިއީ މުސްތަގުބަލުގައި ގިނަގުނަ މާލީ ފައިދާތަކެއްވެސް ލިބިގެންދާނެ އިންވެސްޓްމަންޓެކެވެ. އަދި ރާއްޖޭގައި ލަގްޒަރީ ރިއަލް އެސްޓޭޓް މާކެޓް ކުޑަވުމަކީ މިއިންވެސްޓްމަންޓްގެ ފައިދާ ޔަގީންކޮށްދޭ ރިސްކު ކުޑަ އިންވެސްޓްމަންޓެކެވެ.

އެވްރެޖްކޮށް 4 މިލިއަން ދިވެހި ރުފިޔާއަށް ބައްލަވައިގަނެވޭ ލަގްޒަރީ އެޕާޓްމަންޓެއް ކުއްޔަށްދެވޭ އަގަކީ ގާތްގަނޑަކަށް 38,500 ރުފިޔާ (2500 ޑޮލަރު) އެވެ. މިއަދަދަށް ބަލާއިރު މިއީ އަހަރެއްގެ މައްޗަށް 11-12 ޕަސެންޓު ފައިދާ އެވެ. މިއީ އެހެން ގައުމުތަކާ އަޅާބަލާއިރުވެސް ވަރަށް މަތީ އަދަދެކެވެ.

ރާއްޖެއަކީ ބޭންކް ޑިޕޮސިޓްސް މަދު ގައުމަކަށް ވުމުން ގިނަ ބޭފުޅުން ހިޔާރު ކުރައްވަނީ ބޯހިޔާވަހިކަމަށް އިންވެސްޓްކުރުމަށެވެ. މާލެ ސަރަހައްދަށް ގިނަ މީހުން ދިރިއުޅުން ބަދަލުކުރަމުން ދިޔުމާއެކުވެސް ކުއްޔަށްދޭ ތަންތަނުގެ ޑިމާންޑް ކުޑައެއް ނުވެ އެވެ. އަދި ބޯހިޔާވަހިކަން ކުއްޔަށްދީގެން އާމްދަނީ ހޯދާ ބޭފުޅުންނަށް މިކަމުން މެދުނުކެނޑި އާމްދަނީ ލިބޭނެ ގޮތް މަގުފަހިވެ އެވެ.

ސޮލިޓިއާގެ ކުރެހުމެއް: މިތަން ހުންނާނީ ހުޅުމާލޭގައި -- ފޮޓޯ: ސޮލިޓިއާ

މާލެ ސަރަހައްދުގައި ލަގްޒަރީ ހައުސިން މާކެޓްގެ ގިނަ ތަންތަން ހުރި ތަނަކީ ހުޅުމާލެ ފިތުރޯނު މަގެވެ. މިއީ މާލެ ސަރަހައްދުގައި އޮތް އެންމެ ހިތްގައިމު ރީތި މަގެވެ. މީގެ އިތުރުން ފިތުރޯނު މަގަކީ އާންމު ހިދުމަތްތަކާއި ވަސީލަތްތައްވެސް ކައިރިން ލިބެން ހުރި ތަނެކެވެ. ފިތުރޯނު މަގުގައި ހިމެނޭ ލަގްޒަރީ ރެސިޑެންސް ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ތަނަކީ ސޮލިޓެއަރ އެވެ. ސޮލިޓެއަރ އަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކާއި އެކު ލަގްޒަރީ ފަސޭހަ ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ކަމެއް އެކުލެވޭހެން ފަރުމާ ކޮށްފައިވާ އިމާރާތެކެވެ. ސޮލިޓެއަރ ގައި ހުންނަނީ 3+1 ކޮޓަރީގެ އެޕާޓްމަންޓާއި ޕެންޓްހައުސް އެވެ.

ސޮލިޓިއާގެ ކުރެހުމެއް: އެތަނުގައި އިސްވެސްޓު ކުރުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ -- ފޮޓޯ: ސޮލިޓިއާ

އިންފިނިޓީ ޕޫލާއި ކުޑަކުދިންގެ ޕޫލް އަދި ކުދިން ކުޅޭ ސަރަހައްދުތަކާއި ފިހާރަތަކުގެ އިތުރުން ޕްރައިވެޓް ޕާކިންއާއި ސެކިއުރިޓީވެސް ސޮލިޓެއަރގައި ހުންނާނެއެވެ. މީގެ އިތުރުން ފެންވަރު ރަނގަޅު ކްލަބްހައުސްއެއްވެސް ހުންނާނެއެވެ. ކްލަބްހައުސް އަކީ ސައުންޑް ސިސްޓަމާއި ބޮޑު ސްކްރީންގެ އިތުރުން ޕޫލް ކުޅޭ ތަނަކާއި ހަފްލާތައް ބާއްވަން އެކަށޭނަ ޖާގަތައް ހިމެނޭ ތަނެކެވެ.

ސޮލިޓެއަރ ވެގެންދާނީ ރާއްޖޭގެ ލަގްޒަރީ މާކެޓްގައި ވިދާލާނެފަދަ ކޮލިޓީ ރަނގަޅު ރީތި ތަނަކަށެވެ. އަދި ސޮލިޓެއަރއަށް އިންވެސްޓް ކުރުމަކީ ރާއްޖޭގައި ދެވަނައެއް ނެތް ފަދަ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox