އަލެގްރީގެ ދިފާއުގައި ހުރީ ޔުވެންޓަސްގެ ރައީސް: ރިޕޯޓް

Sep 21, 2022, 8:06 AM
އަލެގްރީގެ ދިފާއުގައި ހުރީ ޔުވެންޓަސްގެ ރައީސް: ރިޕޯޓް

ޓިއުރިން (ސެޕްޓެމްބަރު 21) - ޔުވެންޓަސްގެ ސީނިއާ މެނޭޖްމަންޓުގެ ގިނަ ބަޔަކު އެ ޓީމުގެ ކޯޗަކަށް ހުރި މެސިމޯ އަލެގްރީ ވަކިކުރަން ބޭނުންވި ނަމަވެސް އެކަން އެ ގޮތަށް ކުރެވެން ނެތީ ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީގެ ތާއީދު ނެތުމުން ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މި ފަހަރުގެ އިޓާލިއަން ލީގުގައި މިހާތަނަށް ހަތް މެޗު ކުޅުނުއިރު، ޔުވެންޓަސް މޮޅުވީ ދެ މެޗުންނެވެ. ހަތަރު މެޗުން އެއްވަރުވިއިރު، އެ ޓީމު ވަނީ އެއް މެޗުން ބަލިވެފަ އެވެ. ޔުވެންޓަސް މި ވަގުތު އޮތީ ލީގުގެ ކުރީގައި އޮތް ނަޕޯލީ އަށް ވުރެން 10 ޕޮއިންޓް ފަހަތުގައި، ލީގުގެ އަށް ވަނައިގަ އެވެ.

ޗެމްޕިއަންސް ލީގުގައި ވެސް މި ފަހަރު ޔުވެންޓަސްގެ ރެކޯޑް ދަށެވެ. ޔުވެންޓަސް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ރަށުންބޭރުގައި ޕީއެސްޖީ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ އަމިއްލަ ދަނޑުގައި ބެންފީކާ އަތުން ބަލިވެފަ އެވެ.

މި ހުރިހާ ނަތީޖާއާ އެކު ޔުވެންޓަސްގެ ސަޕޯޓަރުންނާއި ކްލަބްގެ ސީނިއާ މެނޭޖްމަންޓުގެ މެމްބަރުން ވެސް އެދެނީ އަލެގްރީ މަގާމުން ވަކިކޮށް "ސީޒަން ސަލާމަތް" ކުރުމަށެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސްގެ ވައިސް ޕްރެޒިޑެންޓް، ކުރީގެ މަޝްހޫރު މިޑްފީލްޑަރު، ޕަވެލް ނެޑްވެޑް ވެސް ވަނީ އަލެގްރީ ވަކިކުރަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ބުނެ، އެ ކްލަބްގެ ބޯޑަށް ހުށަހަޅައިފަ އެވެ.

އެކަމަކު، އެ ގޮތަށް ކުރިއަށް ނުދާން ނިންމީ އަގްނެލީގެ އެންގުމާ އެކު، ގިނަ މެމްބަރުންތަކެއް އެ ހުށަހެޅުމަށް ތާއީދު ނުކުރަން ނިންމުމުންނެވެ.

ޑެޒްން އަށް ދިން އިންޓަވިއުއެއްގައި ދާދި ފަހުން ޔުވެންޓަސްގެ ސީއީއޯ މައުރީޒިއޯ އަރިވަބެނޭ ވިދާޅުވީ އަލެގްރީ އަށް އަދި މާ ބޮޑު ޕްރެޝަރެއް ދޭން ބޭނުންނުވާ ކަމަށެވެ. އެއީ ކްލަބްގެ މިހާރު އޮނިގަނޑަކާ އެކު ބޭނުންވަނީ ރަނގަޅު ޓީމެއް ބިނާ ކުރުމަށް ކަމަށާއި އާ ކުޅުންތެރިން ބޮޑު އަގުގައި ގަނެގެން އުޅޭއިރު، ޓީމެއް އެކުލަވާލަން ވަގުތު ބޭނުންވާނެ ކަމަށް އަރިވަބެނޭ ވިދާޅުވި އެވެ.

މިދިޔަ އަހަރު އަންދްރެއާ ޕިރްލޯ، ޔުވެންޓަސްގެ ކޯޗުކަމުން ވަކިކޮށް އަލެގްރީއާ އެ ޓީމު ހަވާލުކުރީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ ޔުވެންޓަަސް އިން ބޭނުންވެއްޖެނަމަ އިތުރު އެއް އަހަރަށް އާ ކުރެވޭ ގޮތަށް އޮތް އެއްބަސްވުމެކެވެ. އެކަމަކު، އަލުން އަލެގްރީ ހަވާލުވި ފަހުން ޔުވެންޓަސް އަށް އަދި އެއް ފެންވަރެއްގައި ގިނަ މެޗުތަކެއްގައި ރަނގަޅު ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފަ އެވެ.

މީގެ ކުރިން އަލެގްރީ ވަނީ 2014 އިން 2019 އަށް ޔުވެންޓަސް އަށް ކޯޗުކޮށްދީފަ އެވެ. އަލެގްރީ، އެ ފަހަރު ވަނީ ޔުވެންޓަސް ފަސް ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީ އިޓާލިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްދީފަ އެވެ. ދެ ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox