ފިލިޕްސް އަށް އަނިޔާވުމުން ހެންޑަސަން އިންގްލެންޑް ޓީމަށް ނަގައިފި

Sep 21, 2022, 3:23 AM
ފިލިޕްސް އަށް އަނިޔާވުމުން ހެންޑަސަން އިންގްލެންޑް ޓީމަށް ނަގައިފި

ލަންޑަން (ސެޕްޓެމްބަރު 21) - މި މަހު ކުޅޭ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެންމެ ފުރަތަމަ ނެގި އިންގްލެންޑް ޓީމުގެ ސްކޮޑުގައި ހިމެނި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކަލްވިން ފިލިޕްސް އަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ޓީމަށް ނަގައިފި އެވެ.

އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް، މީގެ ހަ ދުވަސް ކުރިން އިއުލާނުކުރި ސްކޮޑުގައި ހެންޑަސަން ނުހިމެނުނީ އޭނާ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކުން ރަނގަޅުވާން ފަރުވާ ހޯދަމުން އަންނާތީ އެވެ.

އެކަމަކު، ސްކޮޑުގެ ކުޅުންތެރިންގެ މެޑިކަލް ޓެސްޓްތަކެއް ހެދިއިރު، ފިލިޕްސްގެ ކޮނޑަށް ލިބިފައިވާ އަނިޔާއެއް ފާހަގަކުރެވިގެން އޭނާ އުނިކުރަން ކޯޗިން ޓީމުން ނިންމިއިރު، ހެންޑަސަން ފިޓްވެފައިވާތީ އޭނާ ނެގީ އެވެ.

ހެންޑަސަން، 32، އަށް އަނިޔާވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު، ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފަހު ވަގުތު ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުގަ އެވެ. އެ އަނިޔާގެ ސަބަބުން ހެންޑަސަން އަށް ވަނީ ލިވަޕޫލް އެންމެ ފަހުން ކުޅުނު ތިން މެޗު ގެއްލިފަ އެވެ.

އިންގްލެންޑަށް 69 މެޗު ކުޅެދީފައިވާ ހެންޑަސަން މި އަހަރު އެ ޓީމަށް ކުޅުނީ އެންމެ މެޗެކެވެ. އެއީ މިދިޔަ މާޗް މަހު ވެމްބްލީ ސްޓޭޑިއަމްގައި ސްވިޒަލެންޑް އަތުން 2-1 އިން އިންގްލެންޑް މޮޅުވި މެޗުގަ އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން މާދަމާރޭ މިލާނުގައި ކުޅޭނީ އިޓަލީއާ ދެކޮޅަށެވެ. އޭގެ ފަހުން، އަންނަ ހޯމަ ދުވަހު ވެމްބްލީގައި ޖަރުމަނާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox