ނައިބު ރައީސް ގައުމީ އަންހެން ބާސްކެޓް ޓީމަށް ހިތްވަރުދެއްވައިފި

Sep 21, 2022, 2:28 AM
ނައިބު ރައީސް ފައިސަލް ނަސީމް އާއި ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ލީޑަޝިޕުން ގައުމީ އަންހެން ބާސްކެޓް ޓީމާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް އާއި ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ލީޑަޝިޕުން ގައުމީ އަންހެން ބާސްކެޓް ޓީމާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ރައީސް އޮފީސް

މި ހަފުތާ ބަންދުގައި ރާއްޖޭގައި ފަށާ ދެކުނު އޭޝިއާ ގައުމުތަކުގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އަންހެން ބާސްކެޓް ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހިތްވަރު ދެއްވައިފި އެވެ.

މި މަހު 24-30 އަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ ސާބާ ވިމެންސް ޗެމްޕިއަންޝިޕަށް ގައުމީ އަންހެން ޓީމުން މިހާރު ކުރިއަށްގެންދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ނައިބު ރައީސް ފައިސަލް އާއި ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ވަނީ ބާސްކެޓްބޯޅަ އަންހެން ޓީމާ ބައްދަލު ކުރެއްވީ އިއްޔެ އެވެ.

Advertisement

ކުޅުންތެރިންނާ މުހާތަބުކުރައްވައި ނައިބު ރައީސް ވަނީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރައްވައިފަ އެވެ. އަދި ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށްގެން ތަމްރީނުގެ އިތުރު ފުރުސަތުތައް ކުޅުންތެރިންނަށް ފަހިކޮށް ދެއްވާނެކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވި އެވެ.

"ތި ކުޅުންތެރިންގެ ފަރާތުން އެދެނީ މި މުބާރާތުން ކާމިޔާބީ އަށް، އެއީ ގައުމުގެ އެންމެންނަށް ލިބޭނެ ހިތްހަމަޖެހުން،" ނައިބު ރައީސް ވިދާޅުވި އެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ޖޯޒީ ނައިބު ރައީސް ފައިސަލް (މ) އަށް ހަދިޔާކުރަނީ: ނައިބު ރައީސްއާ އެކު ގައުމީ އަންހެން ބާސްކެޓް ޓީމުގެ އިސްރާއު (ވ) އަދި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް.-- ފޮޓޯ: ރައީސް އޮފީސް

މި މުބާރާތުގައި ރާއްޖެ އަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެންމެހާ ކުޅުންތެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ގައުމީ އަންހެން ބާސްކެޓް ޓީމުން ވަނީ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ބޭނުންކުރާ ގައުމީ ޓީމުގެ ޖޯޒީ ނައިބު ރައީސް އަށް ހަދިޔާކުރައްވައިފަ އެވެ.

އަންނަ ހޮނިހިރު ދުވަހު ފަށާ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް އެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން ސާބާ ވިމެންސް ޗެމްޕިއަންޝިޕެއް ބާއްވާ ފުރަތަމަ ފަހަރެވެ. ރާއްޖޭން ވަނީ އެ މުބާރާތުން ލޯ މެޑަލް ހޯދައިފަ އެވެ.

މީގެ ތިން އަހަރު ކުރިން، ބާސްކެޓް އަންހެން ޓީމުން ވަނީ ސްރީ ލަންކާގެ ކޯޗު ސުޕުން ވިމާލްގެ އިރުޝާދުގެ ދަށުން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުން ވެސް ލޯ މެޑަލް ހޯދައިފަ އެވެ. މި ފަހަރުގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ވެސް ގައުމީ އަންހެން ބާސްކެޓް ޓީމުގެ ކޯޗަކީ ސުޕުން އެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ އަންހެން ބާސްކެޓް ޓީމުން ވަނީ އިންޑިއާ އާއި ތައިލެންޑްގައި ޓްރެއިނިން ކޭމްޕް ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox