ޔޫކްރެއިންގައި ރަޝިއާއިން ހައްޔަރު ކުރި ލަންކާ ބަޔަކު ސަލާމަތްވެއްޖެ

ރަޝިއާ ސިފައިންގެ އަތް ދަށުން ސަލާމަތްވި ލަންކާ މީހުން ޔޫކްރެއިން ފުލުހުންނާ އެކު. -- ފޮޓޯ: ބީބީސީ

ރަޝިއާ ސިފައިންގެ އަތް ދަށުން ސަލާމަތްވި ލަންކާ މީހުން ޔޫކްރެއިން ފުލުހުންނާ އެކު. -- ފޮޓޯ: ބީބީސީ

ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިއާ ސިފައިން ހައްޔަރު ކުރި ސްރީލަންކާ ރައްޔިތުންތަކެއް ސަލާމަތްވެއްޖެ އެވެ.

މިދިޔަ މޭ މަހު ހައްޔަރު ކުރި އެ ހަތް މީހުން ސަލާމަތްވީ އިޒިޔަމް ސިޓީއިން ރަޝިއާ ސިފައިން ފައިބާ، އެ ތަނުގެ ކޮންޓްރޯލް އަލުން ޔޫކްރެއިނަށް ލިބުމުންނެވެ.

ސަލާމަތްވުމާ އެކު އެ މީހުން ވަނީ ރަޝިއާ ސިފައިންގެ އަތް ދަށުގައި ތިބި އިރު ކުރިމަތިވި އަނިޔާގެ ވާހަކަތައް އާއްމުކޮށް ދައްކާފަ އެވެ.

އެ ހަތް މީހުން ކުރިން ދިރިއުޅުނީ އިރުއުތުރު ޔޫކްރެއިންގެ ކުޕިއާންސްކްގަ އެވެ. ހަނގުރާމައިގެ ނުރައްކާ ބޮޑުވުމުން އެ ތަަން ދޫކޮށް ފައިމަގުގައި ހާރްކީވްއަށް ދާން އެ މީހުން މަސައްކަތް ކުރި އެވެ.

އެހެން ނަމަވެސް، އެންމެ ފުރަތަމަ ޖެހުނު ޗެކްޕޮއިންޓުން ރަޝިއާ ސިފައިން އެ މީހުން ހައްޔަރު ކުރި އެވެ. ކަނު ބަނދެ، އަތް ބަނދެ، އެ މީހުން ގެންދިޔައީ ރަޝިއާ ބޯޑަރު ކައިރީގައި އޮންނަަ ވޮވްޗާންސްކް އަވަށުގެ ފެކްޓްރީއަކަށެވެ.

އޭގެ ފަހުން ހަތަރު މަސް ހޭދަކުރީ ރަޝިއާ ސިފައިންގެ އަތް ދަށުގަ އެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުގައި ލާއިންސާނީ އަމަލުކޮށް ގަދަކަމުން މަސައްކަތް ކުރުވުން ފަދަ ކަންކަމާ ކުރިމަތިވި އެވެ.

އެ މީހުންގެ ތެރޭގައި ހުރީ އެންމެ އަަންހެނެކެވެ. އުމުރުން 50 އަހަރުގެ މޭރީ އެޑިތް އުތާޖްކުމާރް ހުރީ އެހެން އެންމެންނާ ވަކިން އެކަހެރިކޮށް ބަހައްޓާފަ އެވެ. ހުރިހާ ފިރިހެނުން ތިބީ އެއް ތަނެއްގަ އެވެ.

ކެއުމަށް ކާބޯތަކެތީގެ ކުޑަ މިންވަރެއް ކޮންމެ ދުވަހަކު ވެސް ލިބުނު ކަމަށާއި ފާހާނާ ކުރުމަށް ލިބުނީ ކޮންމެ ދުވަހަކު ވެސް އެންމެ ފަހަރަކު ދެ މިނެޓު ކަމަށް އެ މީހުން ތުހުމަތު ކުރެ އެވެ.

އަދި ފެން ވެރުމަށް ފުރުސަތު ލިބުނީ މަދު ފަހަރަކު ކަމަށާއި އެ ފަހަރުތަކުގައި ވެސް ދެ މިނެޓު ތެރޭގައި ފެން ވަރައި ނިންމަން ޖެހޭ ކަމަށް ބުންޏެވެ.

އެ މީހުންނަށް ކުރި ޖިސްމާނީ އަނިޔާތަކުގެ ތެރޭގައި ފައިގެ ނިޔަފަތިތައް އުފުރުން ފަދަ ކަަންކަން ހިމެނެ އެވެ. އެކަމަކު ހަނގުރާމައިގަައި އާއްމުންނަށް އަމާޒު ކުރާ ކަމަށް ކުރާ ތުހުމަތު ރަޝިއާއިން ދޮގުކުރެ އެވެ.

އިޒިޔަމް ސިޓީގެ ކޮންޓްރޯލް ޔޫކްރެއިނަށް ލިބުމުން ލަންކާ ގްރޫޕް ސަލާމަތްވި އިރު، އެ ސިޓީ ކައިރީ ގިނަ އަދަދެއްގެ ބަޔަކު މަރާލައި ވަޅުގަނޑަކަަށް އެއްލާލާފައި ވަނިކޮށް ފެނިފައިވެ އެވެ.

ލަންކާ ގްރޫޕް ސަލާމަތްވުމުން އަނެއްކާވެސް ފައިމަގުގައި ހާރްކީވްއަށް ދަތުރު ފެށި ކަމަށްވެ އެވެ. އެކަކުގެ އަތުގައި ވެސް ފޯނެއް ނެތުމުން، އެ މީހުންނަށް ދިމާވި ގޮތް އެންގޭނެ ގޮތެއް އޭރު ނެތެވެ.

މަގުމަތިން ބަޔަކަށް އެ މީހުން ފެނި، ފުލުހުންނަށް ގުޅައި އެހީތެރިކަން ފޯރުކޮށްދިނެވެ. އެ މީހުންގެ އާއިލާތަކާ ގުޅޭނެ ގޮތް ވީ އޭގެ ފަހުން ފުލުހުންގެ ފޯނު ބޭނުންކޮށްގެންނެވެ.

އެ އެންމެން ވެސް މިހާރު ފުލުހުންގެ އެހީގައި ހާރްކީވްއަށް ގެންގޮސް، ސިއްހީ ފަރުވާ އާއި އެހީތެރިކަން ދަނީ ލިބެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox