ރޯމާ ކުޅުންތެރިން "މަކަރު ހަދަން" މޮރީނިއޯ އިރުޝާދު ދީފި

Sep 20, 2022, 2:38 AM
ރޯމާ ކުޅުންތެރިން "މަކަރު ހަދަން" މޮރީނިއޯ އިރުޝާދު ދީފި

ރޯމް (ސެޕްޓެމްބަރު 20) - އިދިކޮޅު ޓީމުތަކުގެ ކުޅުންތެރިންނެކޭ އެއްގޮތަށް ރޯމާ ކުޅުންތެރިން ވެސް މެޗުތަކުގައި ޕެނަލްޓީ ހޯދަން މަކަރު ހަދަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އިޓާލިއަން ލީގުގައި މި ހަފްތާގައި ރޯމާ ކުޅުނު މެޗުން 1-0 އިން އެޓަލަންޓާ އަތުން ބަލިވިއިރު، މި މެޗުގައި މޮރީނިއޯ އަށް ރަތް ކާޑު ދައްކައި ވަނީ ބެންޗުން ފޮނުވާލައިފަ އެވެ.

މި މެޗުގައި މޮރީނިއޯ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ އެ ޓީމުގެ ފޯވާޑް، ނިކޯލަ ޒަނިއޯލޯ އަށް ކުރި ފައުލަކަށް ޕެނަލްޓީ ނުދިނުމުންނެވެ. އެޓަލަންޓާގެ ކަލެބް އޮކޯލީ އޭރިއާތެރެއިން ފައުލުކުރި ނަމަވެސް ޒަނިއޯލޯ ނިންމީ އެޓޭކް ކުރިއަށްގެންދެވޭތޯ މަސައްކަތް ކުރުމަށެވެ. އެހެންވެ، އެ ފައުލަކަށް ނުދިނެވެ.

"އެއީ ޔަގީނުން ވެސް ޕެނަލްޓީއެއް. އަހަރެން މެޗަށް ފަހު ރެފްރީ ގާތުގައި އެހިން. ކީއްވެހޭ ޕެނަލްޓީ ނުދިނީ. ރެފްރީ އެންގީ ޒަނިއޯލޯ ނުވެއްޓޭތީ ކަމަށް،" މޮރީނިއޯ ބުންޏެވެ.

"އެހެންވީމަ، އަހަރެން އެބަޖެހޭ ކުޅުންތެރިންނަށް މި އިރުޝާދު ދޭގޮތް ބަދަލުކުރަން. އަހަރެން ދެން ބުނަން ޖެހޭނީ އަމިއްލަ ފައި މަތީގައި ކޮޅަށް ތިބޭނެ ކަމެއް ނެތޭ، ބޯޅައާ ވެސް ކުޅޭނެ ކަމެއް ނެތޭ. އަހަރެން ބުނަންވީ ސްވިމިން ޕޫލްތަކަކަށް ފުންމާ ބަޔަކު ހެން މި ލީގުގައި އުޅޭ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އަހަރެމެން ވެސް އުޅޭށޭ. އެއީ އެ އެގޮތަށް އުޅެގެން ޕެނަލްޓީ މި ދެނީ،"

އެޓަލަންޓާ މެޗަށް ނުކުތްއިރު، ރޯމާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މެޗު ވޯމްއަޕްގައި އެ ޓީމުގެ ތަރި، ޕައޮލޯ ޑިބާލާ އަށް އަނިޔާވުމެވެ. މޮރީނިއޯ ބުނީ ޑިބާލާ އަށް ނުކުޅެވުނު ކަމުގައި ވިޔަސް އެ މެޗުން މޮޅުވެވޭ ވަރަށް ރޯމާ އަށް ފުރުސަތު ލިބުނު ކަމަށެވެ.

އިޓާލިއަން ލީގުގެ އެއް ވަނައިގައި ނަޕޯލީ އޮތީ ދެ ވަނައިގައި އޮތް އެޓަލަންޓާއާ އެއްވަރަށް ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އުދިނޭޒީ އަށް ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ލާޒިއޯ އާއި ފަސް ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ.

ހަ ވަނައިގައި ހަތް މެޗުން 13 ޕޮއިންޓާ އެކު ރޯމާ އޮތްއިރު، އިންޓަ ހަތް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އަށް ވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ނުވަ ވަނައިގައި އޮތް ޓޮރީނޯ އަށް ވެސް ވަނީ ހަތް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox