މެސީގެ ފޯމާ މެދު ގަލްޓިއޭ ހިތްހަަމަޖެހިފައި

Sep 19, 2022, 7:59 AM
މެސީގެ ފޯމާ މެދު ގަލްޓިއޭ ހިތްހަަމަޖެހިފައި

ޕެރިސް (ސެޕްޓެމްބަރު 19) - ފްރެންޗް ލީގުގައި ރޭ ލިޔޯން އަތުން 1-0 އިން ޕީއެސްޖީ މޮޅުވިއިރު، އެ ޓީމުގެ ހަަމައެކަނި ގޯލު ޖެހި ލިއޮނަލް މެސީ މި ސީޒަނުގައި ހުރީ ރަނގަޅު ފޯމެއްގައި ކަމަށް ބުނެ އޭނާ އަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ތައުރީފުކޮށްފި އެވެ.

މެސީގެ ގޯލުން މޮޅުވެ، ޕީއެސްޖީން ވަނީ ރޭ ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޕީއެސްޖީ އެއް ވަނައިގައި އޮތީ އަށް މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ އަށް މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. މާސޭ ރޭ ކުޅުނު މެޗު ވަނީ ރެނެސްއާ 1-1 އިން އެއްވަރުވެފަ އެވެ.

ރޭގެ މެޗުގައި ޖެހި ގޯލާ އެކު މެސީ ވަނީ މި ސީޒަނުގައި މިހާތަނަށް އޭނާ ކުޅުނު 11 މެޗުން ހަ ގޯލު ޖަހައި އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

މި ސީޒަނުގައި ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި ގަލްޓިއޭ ބުނީ މިދިޔަ އަހަރު މެސީ އަށް ދިމާވި ކަމެއް ބުނަން އޭނާ އަށް ޔަގީނުން ވެސް ނޭނގޭނެ ކަމަށެވެ. އެކަމަކު، އޭނާ ހަވާލުވި ފަހުން މެސީގެ ފަރާތުން ފެންނަނީ ކޮންފިޑެންސް ރަނގަޅު ކުޅުމެއް ކަމަށް ގަލްޓިއޭ ވަނީ ބުނެފަ އެެވެ.

"މެސީ ކަހަލަ ކުޅުންތެރިންނަކީ އެ ކުޅުންތެރިން ކުޅެންޏާ މުޅި ޓީމަށް އޭގެ އެނގުން ވާނެ. އަހަރެން ވަރަށް ހިތްހަމަ ޖެހޭ މެސީ ޓީމާ ގުޅިގެން އެ ދައްކާ ކުޅުމުން،" ގަލްޓިއޭ ބުންޏެވެ.

މި ސީޒަނުގެ ކުރީކޮޅުގައި ލަނޑުގެ ރެކޯޑްތަކަށް ބަލާއިރު، މެސީގެ އިތުރުން ކީލިއަން އެމްބާޕޭ އާއި ނޭމާ ވެސް ހުރީ ރަނގަޅު ފޯމެއްގަ އެވެ. ނޭމާ ވަނީ މި ސީޒަނުގައި 11 މެޗުން 11 ގޯލު ޖަހައި އަށް ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. އެމްބާޕޭ ވަނީ މި ސީޒަނުގައި ކުުޅުނު ނުވަ މެޗުން 10 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox