މިލާން ބަލިކޮށް ނަޕޯލީ އެއް ވަނަ އަށް، ޔުވެންޓަސް އާއި އިންޓަ އަދި ރޯމާ އަށް ނާކާމިޔާބު

Sep 19, 2022, 12:33 AM
ނަޕޯލީގެ ޖިއޮވާނީ ސިމިއޯނީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ނަޕޯލީގެ ޖިއޮވާނީ ސިމިއޯނީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މޮންޒާ (ސެޕްޓެމްބަރު 10) - އިޓާލިއަން ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން 2-1 އިން ބަލިކޮށް ނަޕޯލީ ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، އިންޓަ މިލާނާއި ޔުވެންޓަސް ކުޅުނު މެޗުތަކުން ބަލިވެއްޖެ އެވެ.

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އަތުން 1-0 އިން މޮޅުވެ މޮންޒާ ތާރީހީ ކާމިޔާބެއް ހޯދިއިރު، ޔުވެންޓަސް އަށް ވަނީ އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ. އުދިނޭޒީ އަތުން އިންޓަ ބަލިވީ 3-1 އިން، ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ރަތް ކާޑެއް ދެއްކި މެޗުގައި އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި އެޓަލަންޓާ އަތުން 1-0 އިން ބަލިވެފަ އެވެ.

ނަޕޯލީ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އެޓަލަންޓާއާ އެއްވަރަށް ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އުދިނޭޒީ އަށް ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ލާޒިއޯ އާއި ފަސް ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ހަ ވަނައިގައި ހަތް މެޗުން 13 ޕޮއިންޓާ އެކު ރޯމާ އޮތްއިރު، އިންޓަ ހަތް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އަށް ވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ނުވަ ވަނައިގައި އޮތް ޓޮރީނޯ އަށް ވެސް ވަނީ ހަތް މެޗުން 10 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ރޭ ޔުވެންޓަސް އަތުން މޮންޒާ މޮޅުވީ މެޗުގެ ދެ ވަނަ ހާފުގައި ކްރިސްޓިއަން ގީޓްކިޔާ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އިޓަލީގެ ކުރީގެ ބޮޑު ވަޒީރު އަދި އޭސީ މިލާންގެ ކުރީގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީގެ ކްލަބެއް ކަމަށްވާ މޮންޒާ އިޓާލިއަން ލީގުގައި މޮޅުވި ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޔުވެންޓަސްގެ އަންހެލް ޑިމާރިއާ އަށް ރަތްކާޑު ދެއްކުމުން، އެ ޓީމު މެޗުގެ ބާކީ ބައި ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. މި މެޗުން ބަލިވުމުން މި ސީޒަންގެ އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ބަލިނުވެ ދަމަހައްޓަމުންދިޔަ ރެކޯޑް ވަނީ ނިމިފަ އެވެ. ހަތް މެޗުގެ ތެރެއިން ޔުވެންޓަސް ވަނީ ހަތަރު މެޗުން އެއްވަރުވެފަ އެވެ.

މޮންޒާގެ ދެ ކުޅުންތެރިން ކައިރިން ޔުވެންޓަސްގެ ޑި މާރިއާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ޔުވެންޓަސް ލީގުގައި ބަލިނުވިޔަސް، މިހާތަނަށް ކުޅުނު ހަތް މެޗުން އެ ޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެހެންކަމުން އެ ޓީމާއި ކޯޗު މަސިމިލިއާނޯ އެލެގްރީ އަށް އޮތް ޕްރެޝަރު ވަނީ އިތުރުވެފަ އެވެ.

މިލާން ދަނޑުގައި ރޭ 55 ވަނަ މިނިޓްގައި ނަޕޯލީ އަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން މަޓެއޯ ޕޮލިޓާނޯ އެވެ. މިއީ ނަޕޯލީގެ ކްވިޗާ ކްރަވަޝްކޭލިއާ އަށް މިލާންގެ ސާޖީނިއޯ ޑެސްޓް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މެޗުގެ 69 ވަނަ މިނިޓްގައި މިލާންގެ ފުލްބެކް، ތެއޯ ހެނާންޑޭޒް އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ހުރަސްކޮށްލި ބޯޅަ އޮލިވިއޭ ޖިރޫޑް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

ނަޕޯލީ މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 78 ވަަނަ މިނިޓްގައި ޖިއޮވާނީ ސިމިއޯނީ އެވެ. ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު، ޖިއޮވާނީ މި ގޯލު ޖެހީ މާރިއޯ ރުއީ އޭރިއާތެރެއަށް ނެގި ހުރަހަކުން ބޮލުންނެވެ.

މި ނަތީޖާ އަށް ފަހު މިލާން މި ވަނީ 22 މެޗަށް ފަހު އިޓާލިއަން ލީގުގައި ބަލިވެފަ އެވެ.

އުދިނޭޒީ ދަނޑުގައި އިންޓަ އިން ފަސް ވަނަ މިނިޓްގައި ނިކޯލޯ ބަރޭލާގެ ގޯލުން ލީޑުނެގި އެވެ. އެކަމަކު، ފަހަތުން އަރައި ތިން ގޯލު ޖަހައި އުދިނޭޒީ މެޗުން މޮޅުވީ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި އުދިނޭޒީން އެއްވަރުކުރީ އިންޓަގެ ޑިފެންޑަރު، މިލާން ސްކްރިނިއޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އުދިނޭޒީ މޮޅުވީ މެޗުގެ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން މެޗުގެ 85 ވަނަ މިނިޓްގައި އުދިނޭޒީ އަށް ލީޑުނަގައިދިނީ ފަަހަތަށް ކުޅޭ ޖަކާ ބިޖޯލް އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޓޯގޭ އަސްލާން ވަނީ އުދިނޭޒީގެ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ. އުދިނޭޒީގެ ފަހު ދެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖެރާޑް ޑެލޮފޭއު އެވެ.

ރޯމާ ކޮޅަށް އެޓަލަންޓާގެ ހަމައެކަނި ގޯލު ޖެހީ ޖިއޯޖީއޯ ސްކަލްވީނީ އެވެ. ރޯމާގެ ކޯޗު މޮރީނިއޯ އަށް މި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އެ ޓީމު ދެން ކުޅޭ މެޗުގައި ބެންޗަށް ނާދެވޭނެ އެވެ. ރޯމާ އިން ދެން ކުޅޭނީ މޮރީނިއޯ މީގެ ކުރިން ކޯޗުކޮށްދިން އިންޓައާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox