ބްރެންޓްފޯޑް ބަލިކޮށް އާސެނަލް އަލުން ލީގުގެ އެއް ވަނަ އަށް

Sep 18, 2022, 1:28 PM
ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޖީސޫސް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޖީސޫސް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބްރެންޓްފޯޑް ދަނޑުގައި 3-0 އިން ހޯދި މޮޅާ އެކު އާސެނަލް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާސެނަލް މި މެޗަށް ނުކުތްއިރު އޮތީ ލީގުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެއީ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުތަކުން މޮޅުވެފައިވާތީ އެވެ.

އާސެނަލް އަލުން އެއް ވަނަ އަށް އެރީ ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް ޓޮޓެންހަމް އަށް ވަނީ ހަތް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި އާސެނަލަށް ލީޑުނަގައިދިނީ މެޗުގެ 17 ވަަނަ މިނިޓްގައި ފްރާންސްގެ މިޑްފީލްޑަރު، ވިލިއަމް ސަލީބާ އެވެ. ބުކާޔޯ ސަކާ ކޯނަރަކުން ނެގި ބޯޅަ ސަލީބާ ބޮލުން ޖެހުމުން ގޯލަށް ވަނީ ދަނޑީގައި ވެސް ޖެހިފަ އެވެ. މިއީ މި ފަހަރު ލީގުގައި ސަލީބާ ޖެހި ތިން ވަނަ ގޯލެވެ.

ބްރެންޓްފޯޑްގެ ބެން މީ (ކ) ކައިރިން އާސެނަލްގެ ފަބިއޯ ވިއޭރާ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ދެ ވަނަ ގޯލެއް ވެސް ޖަހައިފަ އެވެ. މި ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓްގައި ގަބްރިއެލް ޖީސޫސް އެވެ. އާސެނަލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު، ސްވިޒަލެންޑްގެ މިޑްފީލްޑަރު، ގްރޭނިޓް ޝާކާ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ޖީސޫސް ވަނީ ބޮލުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ބްރެންޓްފޯޑްގެ އެޓޭކްތައް ހުއްޓުވަން އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި، އާސެނަލުން ވަނީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. އެ ގޮތުން މެޗުގެ 49 ވަނަ މިނިޓްގައި އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ ޕޯޗުގީސް މިޑްފީލްޑަރު ފަބިއޯ ވިއޭރާ އެވެ. އޭރިއާބޭރުން ވިއޭރާ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ވެސް ޖެހިފަ އެވެ. މިއީ ޕޯޓޯ ދޫކޮށް މި ފަހަރު އާސެނަލަށް ބަދަލުވި ވިއޭރާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

އާސެނަލުން ވަނީ މެޗުގެ އިތުރު ވަގުތުގައި އުމުރުން 15 އަހަރުގެ އީތަން އެންވަނޭރީ ކުޅެން އަރުވައިފަ އެވެ. އޭނާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މި މެޗުގައި ކުޅެން އެރިއިރު، އީތަންގެ އުމުރަކީ 15 އަހަރާއި 181 ދުވަހެވެ.

މިދިޔަ އަހަރު އާސެނަލުން ވަނީ ލީގުގެ ފުރަަތަމަ މެޗުގައި ބްރެންޓްފޯޑް އަތުން ބަލިވެފަ އެވެ. އެކަމަކު، މި ފަހަރު އެ ޓީމުން މި ވަނީ ބްރެންޓްފޯޑްގެ މައްޗަށް ފަސޭހަކަމާ އެކު ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox