ހާލަންޑަށް ހުއްޓުމެއް ނެތް، ވުލްވްސް ބަލިކޮށް މެންޗެސްޓާ ސިޓީ އެއް ވަނަ އަށް

Sep 17, 2022, 1:49 PM
ވުލްވްސްގެ ތިން ކުޅުންތެރިން ކައިރިން ހާލަންޑް (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ވުލްވްސްގެ ތިން ކުޅުންތެރިން ކައިރިން ހާލަންޑް (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވުލްވްސް އަތުން 3-0 އިން ހޯދި ފަސޭހަ މޮޅާ އެކު މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އެންމެ ފަހުން ދެ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ސިޓީ އެއް ވަނަ އަށް އެރީ ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހަ މެޗުން 15 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ. މި ހަފްތާގައި އާސެނަލް ކުޅޭ މެޗު އޮތީ މާދަމާ ބްރެންޓްފޯޑާ ދެކޮޅަށެވެ.

ވުލްވްސް ދަނޑުގައި ކުޅުނު މެޗު ފަށައިގެން 55 ސިކުންތު ތެރޭގައި ސިޓީން ލީޑުނެގި އެވެ. މި ގޯލު ޖެހީ ޖެކް ގްރީލިޝް އެވެ. އަރިމަތިން ސިޓީގެ ޕްލޭމޭކަރު، ކެވިން ޑިބްރޭނާ އަށް ލިބުނު ބޯޅަ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ގްރީލިޝް ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރެވޭތޯ ވުލްވްސް އިން ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ވަގުތެއްގައި މެޗުގެ 16 ވަނަ މިނިޓްގައި ސިޓީން ވަނީ ދެ ވަނަ ގޯލެއް ޖަހައި ލީޑުފުޅާކޮށްފަ އެވެ. މި ގޯލު ޖެހީ ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. އޭރިއާ ރޮނގުކައިރިން ހާލަންޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ މި ފަހަރު ލީގުގައި ކުޅުނު ހަތް މެޗުން ހާލަންޑް ޖެހި 11 ވަނަ ގޯލެވެ. ހާލަންޑަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ރަށުންބޭރުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެެވެ.

ކޮލިންސް (ކ) މެޗުގެ ތެރެއިން ގްރީލިޝް އަށް ކުރި ފައުލު: ކޮލިންސް އަށް ރަތެއް ދެއްކިއިރު، ތިން މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑު.

ވުލްވްސް އަށް މި މެޗުގައި މައްސަލަ ދިމާވީ މެޗުގެ 33 ވަަނަ މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު، ނޭތަން ކޮލިންސް ކުރި ނުރައްކާތެރި ފައުލަކަށް އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މަތިން އައި ބޯޅައެއް ޖަހަން ކޮލިންސް ނެގި ފައިން ޖެހުނީ ގްރީލިޝް ގައިގަ އެވެ. ރެފްރީ އެންތަނީ ޓޭލާ ނިންމީ ސީދާ ރަތެއް ދެއްކުމަަށެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ވުލްވްސް އިން ދެ ވަނަ ހާުފުގައި އެޓޭކްތަކެއް ކޮށް ގޯލެއް ޖެހޭތޯ ބެލި އެވެ. އެ ގޮތުން ވުލްވްސްގެ ވިންގް، ޕެޑްރޯ ނެޓޯ އާއި ގޮންކާލޯ ގުއޭޑޭޝް އަށް ލިބުނު ބޯޅަތައް މާ ނުރައްކަލެއް ނުކުރެވުނެވެ.

ސިޓީގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 69 ވަނަ މިނިޓްގައި ފިލް ފޯޑެން އެވެ. މިއީ ޑިބްރޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި، ފޯޑެން ގޯލުގެ ދުރު ކަަަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ދާދި ފަހުން ވުލްވްސް އަށް ސޮއިކުރި ތަޖުރިބާކާރު ފޯވާޑް، ޑިއޭގޯ ކޮސްޓާ މި މެޗުގެ ސްކޮޑުގައި ނުހިމެނެ އެވެ. ވުލްވްސްގެ ކޯޗު ބްރޫނޯ ލާޖް ބުނީ ކުރިއަށް ހުރި މެޗުތަކުގައި ކޮސްޓާ ފެންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox