މޯދީގެ އުފަން ދުވަހާ ދިމާކޮށް އިންޑިއާއަށް ޗީތާ ގެންގޮސްފި

މޯދީގެ އުފަން ދުވަހާ ދިމާކޮށް އިންޑިއާއަށް ޗީތާ ގެންގޮސްފި

އިންޑިއާއިން ޗީތާ ނެތިގެން ދިޔަތާ 70 އަހަރު ފަހުން، ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އުފަން ދުވަހާ ދިމާކޮށް، ހޮނިހިރު ދުވަހު އެ ގައުމަށް ޗީތާތަކެއް ގެންގޮސްފި އެވެ.

އިންޑިއާގައި އުޅުނު ޗީތާތައް ނެތިގެން ދިޔަ ކަމަށް ރަސްމީކޮށް އިއުލާން ކުރީ 1952 ވަނަ އަހަރު އެވެ. އޭގެ 70 އަހަރު ފަހުން އެ ގައުމަށް ގެންދިޔައީ އެފްރިކާގެ ނަމީބިއާގައި ދިރިއުޅުނު ޗީތާތަކެކެވެ.

ސެޕްޓެމްބަރު 17 އަކީ މޯދީ, 72, ގެ އުފަން ދުވަސް ކަމަށް ވާއިރު، މި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނަމީބިއާގެ އަށް ޗީތާ އިންޑިއާއަށް ގެންދިޔައީ ގިނަ ތައްޔާރީތަކަށްފަހު އެވެ.

Advertisement

އިންޑިއާގައި އެއް މަސް ވަންދެން އެ ޗީތާތައް ކަރަަންޓީނު ކުރާނެ އެވެ. އެ ޖަނަވާރުތައް އޭގެ ފަހުން ދިރިއުޅޭނީ އިންޑިއާގެ މެދުތެރޭގައި އޮންނަ ބޮޑު ނޭޝަނަލް ޕާކެއްގަ އެވެ.

ކާނިވޯ ނުވަތަ މަސް ކާ އެއް ގަމުގައި އުޅޭ ބޮޑު ޖަނަވާރެއް މީގެ ކުރިން ދުވަހަކު ވެސް އެއް ބަައްރުން އަނެއް ބައްރަށް ގެންގޮސް، ޖަންގަލީގެ ތެރެއަށް ދޫކޮށްލާފައެއް ނުވެ އެވެ.

ޖުމްލަ 20 ޗީތާ އިންޑިއާއަށް ގެންދަން ރާވާފައި ވަނީ ދެކުނު އެފްރިކާ އަދި ނަމީބިއާއިންނެވެ. ހޮނިހިރު ދުވަހު ގެންދިޔަ އަށް ޗީތާއަކީ އޭގެ ފުރަތަމަ ގްރޫޕެވެ.

ހޮނިހިރު ދުވަހު ގެންދިޔައީ ފަސް އަންހެން ޗީތާ އާއި ތިން ފިރިހެން ޗީތާ އެވެ. އެއީ އުމުރުން ދެ އަހަރާއި ހަ އަހަރާ ދެމެދުގެ ޗީތާތަކެކެވެ.

ނަމީބިއާގެ ވިންހޮކްއިން ފުރައިގެން އެ ޗީތާތައް ގެންދިޔަައީ ގްވާލިއޯ ސިޓީއަށެވެ. ހާއްސަ ބަދަލުތަކެއް ގެނެސްފައިވާ ބޮއިންގް 747 ބޯޓެއްގައި ޗީތާތައް އުފުލި އިރު، ބޯޓުގައި ތިން ބަޔޮލޮޖިސްޓިންނާއި ޖަނަވާރުންގެ ޑޮކްޓަރުންނާއި، ވަލު ޖަނަވާރާ ގުޅޭ ތަޖުރިބާކާރުން ވެސް ތިއްބެވެ.

ގްވާލިއޯއިން ހެލިކޮޕްޓަރުގެ އެހީގައި ޗީތާ ގެންދިޔައީ މަދްޔާ ޕްރަދޭޝް ސްޓޭޓުގެ ކޫނޯ ނޭޝަނަލް ޕާކަށެވެ. އެ ތަނަށް އެ ޖަނަވާރުތައް ދޫކޮށްލާނީ މޯދީ ޝަރަރުވެރި ކުރައްވާ ރަސްމިއްޔާތެއްގަ އެވެ.

ޗީތާއަކީ އެންމެ ބާރަށް ދުވާ އެއްގަމުގައި އުޅޭ ޖަނަވާރެވެ. އެއަށް ގަޑިއަކު 70 މޭލު ބާރު މިނުގައި ދަަތުރު ކުރެވެ އެވެ. ނަމަވެސް އެއީ ނެތިދިޔުމުގެ ނުރައްކާ އޮތް ޖަނަވާރެކެވެ.

މިހާރު ދުނިޔޭގައި އުޅެނީ އެންމެ 7000 ޗީތާ ކަމަށް ވެ އެވެ. އޭގެ ތިންބައި ކޮށްފައި އެއްބައި އުޅެނީ ނަމީބިއާ އަދި ދެކުނު އެފްރިކާގަ އެވެ.

އިންޑިއާގައި ޒަމާނުއްސުރެ އުޅުނު ޗީތާތައް ނެތި ދިޔައީ ޝިކާރަ ކުރުމާއި، ޖަންގަލީގެ މާހައުލަށް ގެއްލުންވުމާއި، ކާތަކެތި ލިބުން ދަތިވުން ފަދަ ކަންކަމާ ހެދި އެވެ.

އިންޑިއާގައި އުޅުނު ވައްތަރު އޭޝިއެޓިކް ޗީތާ މީގެ ކުރިން އަަރަބި ގައުމުތަކާއި އަފްގާނިސްތާނުން ވެސް ފެނުނެވެ. އެކަމަކު އެ ވައްތަރުގެ ޗީތާ މިހާރު އުޅެނީ ހަމައެކަނި އިރާނުގަ އެވެ.

މި އަހަަރު އިރާނުގެ އޮފިޝަލުން ބުނީ އެ ގައުމުގައި މިހާރު އުޅެނީ އެންމެ 12 އޭޝިއެޓިކް ޗީތާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox