ޓޯނީ އިންގްލެންޑް ޓީމަށް، ސަންޗޯ އަށް ފުރުސަތެއް ނެތް!

Sep 16, 2022, 8:26 AM
އިނގިރޭސި ޓީމުން ފުރުސަތު ހޯދި ބްރެންޓްފޯޑްގެ ފޯވާޑް ޓޯނޭ.

އިނގިރޭސި ޓީމުން ފުރުސަތު ހޯދި ބްރެންޓްފޯޑްގެ ފޯވާޑް ޓޯނޭ.

ލަންޑަން (ސެޕްޓެމްބަރު 16) - މި މަހު ކުޅޭ ޔުއެފާ ނޭޝަންްސް ލީގުގެ މެޗުތަކަށް އިންގްލެންޑް ގައުމީ ކޯޗު ގަރެތު ސައުތުގޭޓް ނެގި ސްކޮޑުން ބްރެންޓްފޯޑްގެ ފޯވާޑް އައިވަން ޓޯނީ އަށް ފުރުސަތު ދިންއިރު، ރަނގަޅު ފޯމެއްގައި ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް، ޖޭޑަން ސަންޗޯ ބާކީކޮށްފި އެވެ.

މީގެ ކުރިން އިނގިރޭސި އުމުރުފުރާ ގައުމީ ޓީމަކަށް ވެސް ކުޅެފައިނުވާ ޓޯނީ، 26، އަށް ސީނިއާ ޓީމުން ފުރުސަތު ދޭން ނިންމީ މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުންނެވެ. އެ ގޮތުން، ޓޯނީ ވަނީ ލީގުގައި މިހާތަނަށް ބްރެންޓްފޯޑް ކުޅުނު ހަ މެޗުގައި ފަސް ގޯލު ޖަހައިފަ އެވެ.

މި ފަަހަރުގެ ސްކޮޑުން އަނިޔާގެ ސަބަބުން ލިވަޕޫލްގެ ކެޕްޓަން، ޖޯޑަން ހެންޑަސަން އާއި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް ވަނީ ބާކީކޮށްފަ އެވެ. ރަޝްފޯޑް އެންމެ ފަހުން އިންގްލެންޑް ޓީމަށް ކުޅެފައިވަނީ މިިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު ސަންޗޯ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ފިޓްކޮށް ހުއްޓައި މި ފަހަރު އިނގިރޭސި ޓީމުން ޖާގަ ނުލިބުނީ ސަންޗޯ އަށެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ސަންޗޯ ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ތިން ގޯލު ޖަަހައިދީ، އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ސަންޗޯ ބުނީ ގައުމީ ޓީމަށް ނުނެގުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އެކަމަކު، އަލުން ގައުމީ ޓީމަށް އަރަން ކުރަން ޖެހޭ މަސައްކަތުގައި ދެމިހުންނާނެ ކަމަށެވެ.

ގަތަރުގައި ނޮވެމްބަރާއި ޑިސެމްބަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ޓީމުތަކުން ސްކޮޑު ފައިނަލް ކުރާނީ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ. ކޯޗު ސައުތުގޭޓް ބުނީ އިންގްލެންޑްގެ ކޮންމެ ކުޅުންތެރިއަކަށް ވެސް ފައިނަލް ސްކޮޑަށް އެރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ވީހާވެސް ބޮޑަށް ބަލައިގެން ވަރުގަދަ ސްކޮޑެއް ނަގަން ބޭނުންވާ ކަމަށެވެ.

ނޭޝަންސް ލީގުގެ މެޗުތަކަށް ނެގި ސްކޮޑުން ފުރުސަތު ލިބުނު ބައެއް ކުޅުންތެރިންނަކީ މި ސީޒަނުގައި މިހާތަނަށް މަދު މެޗުތަކެއްގައި ފެނުމުގެ އިތުރުން ފޯމު ވެސް ގެއްލިފައި ތިބި ކުޅުންތެރިންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ހެރީ މެގުއާ އާއި ވާތު ބެކް، ލޫކް ޝޯ އަދި މެންޗެސްޓާ ސިޓީގެ ވިންގް، ޖެކް ގްރީލިޝް އާއި މިޑްފީލްޑަރު، ކަލްވިން ފިލިޕްސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox