32 ސްކޫލާއިއެކު "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ފަށައިފި

Sep 16, 2022, 8:12 AM
"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022ގެ ތެރެއިން - ފޮޓޯ: އަދަދު / އިސްމާއިލް އަޒްމީން

"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022ގެ ތެރެއިން - ފޮޓޯ: އަދަދު / އިސްމާއިލް އަޒްމީން

ފޯރިގަދަ މާހައުލެއްގައި 32 ސްކޫލަކުން 900 އަށް ވުރެ ގިނަ ކުދިންނާ އެކު ތިން ވަނަ "މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ހުޅުމާލޭގައި މިއަދު ފަށައިފި އެވެ.

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ ސްކޫލް ސައިކްލިން މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2018 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން ދެ ވަނަ މުބާރާތް 2019 ގައި ބޭއްވި އެވެ. ތިން ވަނަ މުބާރާތް ކޮވިޑު-19ގެ ސަބަބުން ލަސްކުރުމަށް ފަހު މިއަދު ފަށާފައިވަނީ 13 އަހަރުން ދަށުގެ އުމުރުފުރާގެ އިވެންޓުތަކުންނެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސައިކްލިން ހަރަކާތުގެ ގޮތުގައި ފާހަގަވެފައިވާ މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ގައި ފަސް އުމުރުފުރާ އަކުން ކުދިން އަންނަނީ ވާދަކުރަމުންނެވެ. އެއީ 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

މުބާރާތުގައި މިއަދު ހެނދުނު ކުރިއަށްދިޔައީ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން 200 މީޓަރު ރޭސްތަކެވެ. މިއަދު މެންދުރު ފަހު ކުރިއަށްދާނީ 15، 17 އަދި 19 އަހަރުން ދަށުގެ 200 މީޓަރު ރޭސްތަކެވެ.

"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022ގެ ތެރެއިން - ފޮޓޯ: އަދަދު / އިސްމާއިލް އަޒްމީން
"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022ގެ ތެރެއިން - ފޮޓޯ: އަދަދު / އިސްމާއިލް އަޒްމީން

"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022ގެ ތެރެއިން - ފޮޓޯ: އަދަދު / އިސްމާއިލް އަޒްމީން

މާދަމާ ހެނދުނު ކުރިއަށްދާނީ 13 އަހަރާއި ދަށާއި 15 އަހަރުން ދަށުގެ އެއް ކިލޯމީޓަރުގެ ރޭސްތަކެވެ. އޭގެ ފަހުން މެންދުރު ފަހު 17 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ 3 ކިލޯމީޓަރު ރޭސްތައްވެސް ކުރިއަށްދާނެ އެވެ. ހުރިހާ އުމުރުފުރައެއްގެ ޓީމްބައި އޮތީވެސް މާދަމާ އެވެ. މާދަމާގެ އެންމެ ފަހު ހަރަކާތަކީ 11 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "ކިޑްސް ފަން ރައިޑް" އެވެ.

"މަމެން" އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ މައިގަނޑު މަގުސަދަކީ ސްކޫލު ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމަށް ޝައުގުވެރިކަން އިތުރުކުރުމާއިއެކު، ކުޑައިރުއްސުރެ ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުން ބައްޓަން ކުރުމަށް އެހީތެރިވެދިނުން ކަމުގައި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ހާމަކުރެ އެވެ.

ދިރާގާއިއެކު މި މުބާރާތް ބޭއްވުމުގައި އެންމެ ބޮޑަށް ބައިވެރިވަމުން އަންނަ ބައިކް މޯލްޑިވްސް އަކީ "އިންޓަނޭޝަނަލް ސައިކްލިސްޓް ޔޫނިއަން" ގެ މެންބަރަކަށްވުމާއިއެކު ބައިނަލްއަގްވާމީ މުބާރާތްތަކަށް ސްކޫލްތަކުގެ ކުދިން ލޯ ހުޅުވައިދީ ބޭރުގެ މުބާރާތްތަކަށް ކުދިން ތަމްރީންކުރުމަކީވެސް މި މުބާރާތް ބޭއްވުމުގެ އެއް މަގުސަދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox