ޓެނިސް ލެޖެންްޑް ފެޑެރާ ކުޅުން ހުއްޓާލަން ނިންމައިފި

Sep 15, 2022, 9:42 PM
ޓެނިސް ލެޖެންްޑް ފެޑެރާ ކުޅުން ހުއްޓާލަން ނިންމައިފި

ޖެނީވާ، ސްވިޒަލެންޑް (ސެޕްޓެމްބަރު 15) - ތަކުރާރުކޮށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކާ ހެދި ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ، ސްވިޒަލެންޑްގެ ލެޖެންޑް، ރޮޖާ ފެޑެރާ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ވިހި ގްރޭންޑް ސްލޭމް ޓެނިސް ތަށި އުފުލާލާފައިވާ ފެޑެރާ، 41، ޓެނިހުން ރިޓަޔާކުރަން ނިންމާފައިވަނީ އަންނަ ހަފްތާގައި ކުޅޭ ލެވިސް ކަޕަށް ފަހު އެވެ.

ފެޑެރާ އެންމެ ފަހުން ކުޅުނު މުބާރާތަކީ މިދިޔަ އަަހަރުގެ ވިމްބަލްޑަން އެވެ. ކެރިއަރުގެ ފަހުކޮޅުގައި ތަކުރާރުކޮށް ކަކުލަށް ލިބިފައިވާ އަނިޔާ އަކަަށް ފަރުވާ ހޯދަމުން އަންނަ ފެޑެރާ، ވަނީ އެ އަނިޔާއިން ރިކަވާވެގެން ކެރިއަރު ކުރިއަށް ގެންދެވޭތޯ އެކި ފަހަރު މަތިން ތިން އޮޕަރޭޝަން ކޮށްފަ އެވެ.

އެކަމަކު، ކެރިއަރު ކުރިއަށް ނުގެންދެވި، އެންމެ ފަހުން ކުޅުން ހުއްޓާލަން ޖެހުނީ އެވެ.

"އަހަރެންގެ ހަށިގަނޑުން މިދިޔަ ދުވަސްތަކުގައި އެ ދެމުން އަންނަ މެސެޖްތައް ވަރަށް ސާފު. އަހަރެންގެ 24 އަހަރުގެ ކެރިއަރުގައި 1500 އަށް ވުރެ ގިނަ މެޗު ކުޅެވިއްޖެ. އެހެންވީމަ، ވާދަވެރިކޮށް ކުޅުން ހުއްޓާލަން ޖެހޭ ވަގުތަކީ ކޮބައިކަން އަހަންނަށް އެނގޭ،" ފެޑެރާ، ރިޓަޔާމަންޓް އިއުލާނުކުރަމުން ބުނެފައިވެ އެވެ.

ފެޑެރާ އެކި ފަހަރު މަތިން ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތަށި އުފުލާލަނީ.

އެންމެ ފަހުން 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅުނު ޓެނިހުގެ ގްރޭންޑް ސްލޭމް 11 މުބާރާތުގެ ތެރެއިން ފެޑެރާ އަށް ކުޅެވުނީ ތިން މުބާރާތުގަ އެވެ. ވާދަވެރި މެޗަކުން ފެޑެރާ ނުފެންނަތާ މިހާރު ވަނީ އަހަރަކަށް ވުރެން ގިނަ ދުވަސްވެފަ އެވެ.

ފެޑެރާ، ކެރިއަރު ފެށީ 1998 ވަނަ އަހަރު އުމުރުން 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފެޑެރާ ހޯދި އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށްޓަކީ 2003 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތެވެ. އޭގެ ފަހުން އޭނާ ވަނީ 20 ގްރޭންޑް ސްލޭމް ތަށި ހަމަކޮށްފަ އެވެ.

ފެޑެރާ އެންމެ ފަހުން ހޯދި ގްރޭންޑް ސްލޭމަކީ 2018 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އެވެ. ފެޑެރާ އަށް ވުރެ ގިނަ ގްރޭންޑް ސްލޭމް ހޯދީ ދެ ކުޅުންތެރިއެކެވެ. އެއީ 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ރަފައެލް ނަޑާލް އާއި 21 ގްރޭންޑް ސްލޭމް ތަށި ހޯދި ނޮވަކް ޖޮކޮވިޗް އެވެ.

އެކާވީސް ވަނަ ގަރުނުގައި ޓެނިހުގައި ފެނިގެންދިޔަ އެންމެ ބޮޑު ވާދަވެރިކަމަކީ ނަޑާލާއި ފެޑެރާގެ ޗެލެންޖްތަކެވެ. ނަޑާލް ބުނީ ފެޑެރާގެ ރިޓަޔާމެންޓަކީ މުޅި ކުޅިވަރަށް ލިބުނު ހިތާމައެއް ކަމަށެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަަނަ އަށް ފެޑެރާ އެންމެ ފުރަތަަމަ އެރީ 2004 ވަަނަ އަހަރު އެވެ. އޭނާ ވަނީ ރޭންކިން އެއް ވަނައިގައި 310 ހަފްތާ ހޭދަކޮށްފަ އެވެ. އެއީ ވަރަށް ފަހަކާ ޖެހެންދެން ރެކޯޑެކެވެ. އެ ރެކޯޑް މުގުރާލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޖޮކޮވިޗް އެވެ.

އޭޓީޕީ ޓެނިސް މުބާރާތުގެ އިތުރުން ފެޑެރާ އަކީ އޮލިމްޕިކްސްގައި ވެސް ކާމިޔާބު އެތުލީޓެކެވެ. ފެޑެރާ ވަނީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގައި ސްޓޭން ވަވްރިންކާއާ އެއް ޕެއާ އަކަށް ކުޅެގެން ގޯލްޑް މެޑަލް ހޯދައިފަ އެވެ. އަދި 2012 ވަަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ފެޑެރާ ވަނީ ސިންގަލްސް ބައިން ރިހި މެޑަލް ހޯދައިފަ އެވެ.

މި އަހަރަކީ އެކާވީސް ވަނަ ގަރުނު ފެށިފަހުން ޓެނިހުގެ އާދަޔާހިލާފު ދެ ނަމެއް ޕްރޮފެޝަނަލް ލެވަލްގައި ކޯޓުގައި ވަދާއީ ވަގުތު ހޭދަކުރާނެ އަހަރެކެވެ. ދާދި ފަހުން ނިމުނު ޔޫއެސް އޯޕަންއާ އެކު އެމެރިކާގެ ޓެނިސް ލެޖެންޑް، ސެރީނާ ވިލިއަމްސް ވެސް ވަނީ ރިޓަޔާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox