ޗެލްސީ އެއްވަރު، ހާލަންޑްގެ ގޯލުން ސިޓީން ޑޯޓްމަންޑް ބަލިކޮށްފި

Sep 14, 2022, 11:13 PM
ސިޓީގެ ކުޅުންތެރިންނާ އެކު ހާލަންޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ކުޅުންތެރިންނާ އެކު ހާލަންޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ސެޕްޓެމްބަރު 14) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޗެލްސީން އާ ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި 1-1 އިން ރެޑްބުލް ސަލްޒްބާގާ އެއްވަރުވިއިރު، އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުން މެންޗެސްޓާ ސިޓީން ފަހަތުން އަރައި 2-1 ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފި އެވެ.

ސިޓީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 56 ވަނަ މިނިޓްގައި ޑޯޓްމަންޑުން ވަނީ ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ މާކޯ ރެއުސް ނެގި ހުރަހަކުން އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބޮލުންނެވެ. ޑޯޓްމަންޑް މި ލީޑާ އެކު ރަނގަޅަށް ކުޅެ އިތުރު ގޯލެއް ޖެހޭތޯ ވެސް ބެލި އެވެ. އެކަމަކު، އެކަން ކާމިޔާބުނުވި އެވެ.

މެޗުގެ ފަހު 10 މިނިޓްގެ ތެރޭ ސިޓީން ވަނީ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. ސިޓީ އަށް އެއްވަރުކޮށްދިނީ މެޗުގެ 80 ވަނަ މިނިޓްގައި، ޖޯން ސްޓޯންސް އޭރިއާބޭރުން ޖެހި ގޯލުންނެވެ. އެ ގޯލު ޖެހިތާ ހަތަރު މިނިޓް ފަހުން ޔޮއާއޯ ކަންސޭލޯ ނެގި ހުރަހަކުން ހާލަންޑް ވަނީ ސިޓީ މޮޅުވި ގޯލު ޖަަހައިފަ އެވެ. މިއީ މި ފަހަރުގެ ޓްރާންސްފާގައި ޑޯޓްމަންޑް ދޫކޮށް ސިޓީ އަށް ބަދަލުވި ހާލަންޑް ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޑެންމާކުގެ ކޯޕެންހާގެން ވަނީ އަމިއްލަ ދަނޑުގައި ސްޕެއިންގެ ސެވިއްޔާއާ 0-0 އިން އެއްވަރުވެފަ އެވެ.

ސަލްޒްބާގްގެ ކުޅުންތެރިއަކު ކައިރިން ޗެލްސީގެ ސްޓާލިން (ވ) ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަދަދު

ޗެލްސީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 48 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ރަހީމް ސްޓާލިން އެވެ. މިއީ ޗެލްސީގެ ފޯވާޑް، ޕިއޭ އެމެރިކް އޮބާމަޔަން އަރިމަތިން ނެގި ހުރަހެއް، ސަލްޒްބާގް ޑިފެންޑަރުންނަށް ސަލާމަތްނުކުރެވި، ސްޓާލިން އަށް ލިބުމުން އޭނާ ޖެހި ގޯލެކެވެ. މެޗުގެ 75 ވަނަ މިނިޓްގައި ސަލްޒްބާގަށް އެއްވަރުކޮށްދިން ގޯލު ޖެހީ ނޯއާ އޮކަފޯ އެވެ. ޗެލްސީގެ ތިއާގޯ ސިލްވާ ކައިރިން ނައްޓާލުމަށް ފަހު ޖޫނިއާ އަޑަމޫ ނެގި ހުރަހަކުން އޮކަފޯ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

މިއީ 1999-2000 ވަނަ އަހަރުގެ ސީޒަނަށް ފަހު ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ފަށަން ޖެހުނު ފުރަތަމަ ފަހަރެވެ. ޗެލްސީ ފުރަތަމަ މެޗުން ކްރޮއޭޝިއާގެ ޗެމްޕިއަން، ޑިނަމޯ ޒަގްރެބް އަތުން ބަލިވިއިރު، އެ މެޗަށް ފަހު އެ ޓީމުގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް ވަނީ ވަކިކޮށްފަ އެވެ.

ޗެލްސީ ގްރޫޕްގައި ހިމެނޭ އިޓަލީގެ ޗެމްޕިއަން އޭސީ މިލާނުން ވަނީ މިރޭ އަމިއްލަ ދަނޑުގައި ޑިނަމޯ ޒަގްރެބް އަތުން 3-1 އިން މޮޅުވެފަ އެވެ. އޮލީވިއޭ ޖިރޫޑް ޕެނަލްޓީން މިލާން ލީޑުނެގި މި މެޗުގައި އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ އަލެކްސިސް ސަލަމޭކާ އެވެ. މިސްލާވް އޯރްސިޗްގެ ގޯލުން ޑިނަމޯ ޒަގްރެބް އަށް އުންމީދެއް ލިބުނު ނަމަވެސް މިލާންގެ ޓޮމާސޯ ޕޮބޭގާ ވަނީ އެ ޓީމަށް އިތުރު ގޯލެއް ޖަހައިދީ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

ގްރޫޕް އޭގައި ނަޕޯލީން ވަނީ މިރޭ ރަށުންބޭރުގައި 3-0 އިން ރޭންޖާސް ބަލިކޮށްފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރޭންޖާސްގެ ޖޭމްސް ސޭންޑްސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި މި މެޗުގައި ނަޕޯލީން ތިން ގޯލު ވެސް ޖެހީ ރޭންޖާސްގެ އެއް ކުޅުންތެރިއަކު މަދުވި ފަހުންނެވެ. ރޭންޖާސްގެ ކީޕަރު އެލަން މެކްގްރެގާ ވަނީ ނަޕޯލީގެ ޕިއޮޓްރޭ ޒިއެލިންސްކީ ފޮނުވާލި ޕެނަލްޓީ މަތަކޮށްފަ އެވެ. އެކަމަކު، މަޓެއޯ ޕޮލިޓާނޯ ވަނީ އެ ޓީމަށް ލިބުނު އަނެއް ޕެނަލްޓީ ވައްދާލައިފަ އެވެ. ނަޕޯލީގެ އަނެއް ދެ ގޯލު ޖެހީ ޖިއަކޯމޯ ރަސްޕަޑޯރީ އާއި ޓަންގީ އެންޑޮމްބެލޭ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox