ބަދަލު ހިފުމުގެ ގޮތުން ޓްރަމްޕް އަވަހާރަކޮށްލަން އިރާނުން ދީފާނެ ހަމަލާއަކާ މެދު ކަންބޮޑުވި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: ގެޓީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: ގެޓީ

އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އިރާނުގެ އަސްކަރީ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުން، ބަދަަލު ހިފުމުގެ ގޮތުން އެމެރިކާގެ ކުރީގެ ރަައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އިރާނުން ހަމަލާއެއް ދީފާނެތީ އެމަނިކުފާނު ކަންބޮޑުވެވަޑައިގެންނެވިކަން ހާމަަވެއްޖެ އެވެ.

އެކަން ހާމަވީ ނެރެން ހަމަޖެހިފައިވާ "ދަ ޑިވައިޑާ: ޓްރަމްޕް އިން ދަ ވައިޓް ހަައުސް 2017-2021" ފޮތުންނެވެ. އެ ފޮތުގައިވާ ގޮތުން ސުލައިމާނީ އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އިތުރު ހަމަލާތަކެއް އިރާނަށް ދިނުމާ މެދު ޓްރަމްޕް އާއި އެޑްވައިޒަރުން ވިސްނަމުން ދިޔަ އެވެ. އެކަމަކު އެންމެ ފަހު ވަގުތު ނިންމީ އިތުރު ހަމަލާތައް ނުދިނުމަށެވެ.

އެ ފޮތް އެމެރިކާގައި ނެރުމަށް ހަމަޖެހިފައި ވަނީ އަންނަަ ހަފުތާގަ އެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ވަަނީ ޝާއިއުކުރުމުގެ ކުރިން ފޮތުގެ ކޮޕީއެއް ހޯދާފަ އެވެ. އެ ފޮތް ލިޔުނީ ދެމަަފިރިން ކަމުގައިވާ ޕީޓާ ބާކާ އާއި ސޫޒަން ގްލާސާާ އެވެ.

ފޮތުގައިވާ ގޮތުން އިރާނަށް ދިން ހަމަލާއާ ގުޅޭ ގޮތުން ޓްރަމްޕް ފަަހުރުވެރިކަމާާ އެކު އާއްމުކޮށް ވާހަކަ ދެއްކެވި ނަމަވެސް، ފަަރުދާގެ ފުރަގަހުގައި އެމަނިކުފާނަށް ބޮޑު ބިރަކާ ކުރިމަތިވެވަޑައިގެންނެވި އެވެ.

ބޭކާ އާއި ގްލާސާގެ ފޮތުގައި ވަނީ އިރާނާ މެދު ޓްރަމްޕް ގެންގުޅުއްވި ސިޔާސަަތު ވަރަށް ބޮޑަށް ގެނެސްދީފަ އެވެ. އެގޮތުން ނިޔުކްލިއާ އެއްބަަސްވުމާ މަޝްވަރާ އާއި މޭ 2018 ގައި އެއްބަސްވުމަށް އަމަލު ނުކުރަން ނިންމުމާއި ޖޫން 2019 ގައި އިރާނަށް ވައިގެ ހަމަލާ ދޭން ނިންމުމަށް ފަހު އެންމެ ފަހު ވަގުތު އެ ނިންމުން އަނބުރާ ގެންދިޔަ ގޮތް ތަފްސީލްކޮށްދީފައިވެ އެވެ.

އެހެން ނަމަވެސް ސުލެއިމާނީ އަވަހާރަކޮށްލަން ހަމަލާ ދޭން ކުރި އަމުރު އަނބުރާ ނުގެންދެ އެވެ. ހަމަލާއަށް ފަހު އެމެރިކާއިން ބުނީ ސުލެއިމާނީ ގެންދެވީ އިރާނާއި މެދުއިރުމަތީގައި އެމެރިކާގެ ޑިޕްލޮމެޓުންނާއި އެހެން އޮފިޝަލުންނަށް ހަމަލާ ދޭން ރާވަމުން ކަމަށެވެ.

ސުލެއިމާނީއަކީ އިރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ގުދުސް ފައުޖުގެ ކުރީގެ ކޮމާންޑަރެވެ. ގުދުސް ފައުޖަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެމެރިކާއިން ދެކެ އެވެ.

އޭނާ އަވަހާރަވީ ޖެނުއަރީ 3، 2020 ގައި ބަގްދާދް އެއާޕޯޓުން ނިކުމެވަޑަައިގަންނަވަނިކޮށެވެ. އޭނާއާ އެކު އިރާގުގެ ބަޔަކު ވެސް މަރުވި އެވެ. ސުލެއިމާނީ އަވަހާރަވުމުން އިރާނާއި އެމެރިކާގެ މަޝްރަހު އިތުރަށް ގޯސްވެ، ހަނގުރާމައެއް ބިރު އުފެދުނެވެ.

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާާއީ ވިދާޅުވީ އެއީ އަނިޔާވެރި ހަމަލާާއެއް ކަމަށެވެ. އަދި ތިން ދުވަސް ވަންދެން އިރާނުގައި ގައުމީ ހިތާމަަ ފާޅުކުރުން އޮތެވެ.

އެ ހަމަލާއާ ގުޅިގެން އެމެރިކާގެ އެއްވުންތަކުގައި ޓްރަމްޕް ފަހުރުވެރިކަމާ އެކު ވާހަކަ ދައްކަވަމުން ގެންދެވި އެވެ. އެ އަހަރުގެ ފަހުކޮޅު އިރާނުގެ ރޫހާނީ ލީޑަަރު ވިދާޅުވީ ހަމަލާއަށް އަމުރު ކުރި އަދި ހަމަލާ ހިންގި އެންމެންނަށް އަދަބު ދޭން ޖެހޭނެ ކަމަށެވެ.

"ބަދަލު ހިފުން އަންނާނީ އެންމެ ރަނގަޅު ވަގުތުގައި،" އާޔަތުﷲ އަލީ ހާމަނާއީގެ ޓްވީޓެއްގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox