ޕޮޓާ ބުނަނީ ޗެލްސީގެ ލެވަލާ އެއްވަރަށް މަސައްކަތް ކުރެވޭނެ ކަމަށް

Sep 14, 2022, 4:57 AM
ޕޮޓާ ބުނަނީ ޗެލްސީގެ ލެވަލާ އެއްވަރަށް މަސައްކަތް ކުރެވޭނެ ކަމަށް

ލަންޑަން (ސެޕްޓެމްބަރު 14) - ޗެލްސީ ބޭނުންވާ ލެވަލްގައި އެ ޓީމު ބާއްވައިގެން ބޭނުންވާ މިސްރާބަށް ގެންދަން ކުރަން ޖެހޭ މަސައްކަތް އޭނާ އަށް ކުރެވޭނެ ކަމަށް ދާދި ފަހުން ޗެލްސީއާ ހަވާލުވި އިނގިރޭސި ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކުރަަން އެ ކްލަބްގެ ބޯޑުން ނިންމީ އެ ކްލަބްގެ ވެރިޔާ ޓޮޑް ބޯލީގެ ތަސައްވުރާ އެއްގޮތަށް ކުރިއަށްދެވޭނެ ކޯޗެއް ގެނައުމަށެވެ. އެ ގޮތުން ބޯލީ އިހުތިޔާރުކުރީ ބްރައިޓަންގެ ކޯޗަކަށް ހުރި ޕޮޓާ އެ ޓީމަށް ގެންނާށެވެ. ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޕޮޓާ ޗެލްސީ ކޯޗަކަށް ގެނައިއިރު، ބްރައިޓަންގައި އޭނާއާ އެކު މަސައްކަތްކުރި ކޯޗިން ޓީމު ވެސް ވަނީ ޗެލްސީ އަށް ބަދަލުވެފަ އެވެ.

ޕޮޓާ، ޗެލްސީ ގޮވައިގެން ނުކުންނާނެ ފުރަތަމަ މެޗަކީ އޮސްޓްރިއާގެ އާރްބީ ސަލްޒްބާގްއާ ދެކޮޅަށް މިރޭ ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗެވެ. ޓުޗެލް އަށް ޗެލްސީގެ ކޯޗުކަން ގެއްލުނީ ޗެމްޕިއަންސް ލީގުގައި މި ފަހަރު ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން ބަލިވުމުންނެވެ.

ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ޕޮޓާގެ ހަމައެކަނި ތަޖުރިބާ އަކީ އޭނާ ސްވިޑެންގެ އޮސްޓަސަންޑާ ހަވާލުވެހުރިއިރު، އެ ޓީމު ގޮވައިގެން ޔޫރޮޕާ ލީގުގައި ވާދަކުރުމެވެ.

"އަހަރެންގެ ޗެމްޕިއަންސް ލީގުގެ ތަޖުރިބާ މި ވަގުތަށް ބަލާއިރު ހުރީ ސަޕޯޓަރެއްގެ ލެވަލްގައި. މިއީ އަހަރެންގެ ވާހަަކަ ދައްކަން ޖެހޭ ވަގުތެއް ނޫން. މިއީ ޗެލްސީގެ ވާހަކަ ދައްކަން ޖެހޭ ވަގުތު. އަހަންނަށް އެނގޭ މި ކްލަބްގެ ޑިމާންޑްތައް ހުރި ލެވަލް، އަހަންނަށް މި ލެވަލްގައި ވެސް މަސައްކަތް ކުރެވިދާނެކަން ސާބިތުކޮށްދޭން ބޭނުން،" ކުރިން ސްވަންސީ ސިޓީ އަށް ވެސް ކޯޗުކޮށްދިން ޕޮޓާ ބުންޏެވެ.

ޗެލްސީގެ ކޯޗުކަމުން ޓުޗެލް ވަކިކުރަން، އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓުން ނިންމީ މި ސީޒަން ފެށިއިރު، ޓްރާންސްފާ މާކެޓްގައި 291 މިލިއަން ޑޮލަރު ހަރަދުުކުރުމަށް ފަހު ވެސް ބޭނުންވާ ނަތީޖާތައް ނުނެރެވޭތީ އެވެ.

"ޗެލްސީން ކާމިޔާބު ހޯދުމުގައި ކަންކަން ކުރަމުން އައި ގޮތަށް ބަލާއިރު، މި ކްލަބްގައި އޮތީ ހަރަދުކުރުމުގެ ސަގާފަތެއް، އެހެންވީމަ މި ޓީމާ ހަވާލުވާން ޖެހޭނީ މި ކްލަބްގެ ހުރިހާ ކަމަކަށް ލޯ ހުޅުވިފައި ހުރެގެން. އަހަރެން މި ވިސްނަނީ މި ކްލަބާ އެކު ކާމިޔާބު ކުރިމަގަކަށް،" ޕޮޓާ ބުންޏެވެ.

ޗެލްސީގެ އާ ވެރިންނަށް އެ ކްލަބްގެ ބައެއް ސަޕޯޓަރުން ފާޑުކިޔަމުން އަންނަ އެއް ސަބަބަކީ ޓުޗެލް އަށް އެކަށީގެންވާ ވަގުތު ނުދީ މަގާމުން ވަކިކުރުމެވެ. ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި ކުރު މުއްދަތެއްގެ ތެރޭގައި މަގުބޫލުކަން ހޯދި ޓުޗެލްގެ މަގާމު ފޫބެއްދުމަކީ ޕޮޓާ އަށް އޮތް ޗެލެންޖެއްގެ ގޮތުގައި މީޑިއާ އިން ސިފަކުރާއިރު، އެ ކަމަށް ކުރިމަތިލާން އޭނާ އަށް އޮތް ހިތްހަމަޖެހުމަކީ ބޯލީގެ އިތުބާރު އޭނާ އަށް އޮތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox