އުންމީދުގެ 365 ދުވަސް؛ ޝާހިދު ވިދާޅުވަނީ މިއީ ދިވެހިންގެ ފަރާތުން ގެނެސްދިން ރިޔާސަތެއް ކަމަށް

އުންމީދުގެ 365 ދުވަސް؛ ޝާހިދު ވިދާޅުވަނީ މިއީ ދިވެހިންގެ ފަރާތުން ގެނެސްދިން ރިޔާސަތެއް ކަމަށް

އދ. ގެ އާންމު މަޖިލީހުގެ ރިޔާސާތަކީ ދިވެހި ރައްޔިތުންގެ ފަރާތުން އދ. އަށް ގެނެސްދިން އުންމީދުގެ ރިޔާސަތެއް ކަމަށް 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މީގެ އެއް އަހަރުކުރިން އެ މަގާމަށް ވަޑައިގަތް ޝާހިދުގެ ދައުރު މިއަދު ހަމަވެފައިވާއިރު ގިނަ ބަޔަކަށް ޝުކުރު އަދާކޮށް އޭނާ ވަނީ މިރޭ ވަދާއީ ތަގުރީރު ދެއްވާފަ އެވެ.

"މި އެކުވެރި ދައުލަތްތަކުގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމު ދިވެހި ރައްޔިތަކަށް ލިބުނުކަމީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ނަތީޖާ. ދުނިޔޭގެ ގައުމުތަކުގެ އިތުބާރާއި ޔަގީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާ ކަމުގެ ފުރިހަމަ ހެކި،" ތަގުރީރު ފައްޓަވަމުން ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ރިޔާސަތުގެ ދައުރަށް އޭނާ ދެއްވި ނަމަކީ "ޕްރެސިޑެންސީ އޮފް ހޯޕް" ނުވަތަ އުއްމީދީ ރިޔާސަތު އެވެ. އޭނާ ވިދާޅުވާގޮތުން އެ އުންމީދު މިހާރު ވަނީ ފުރިހަމަކުރެވިފަ އެވެ.

"ދުނިޔޭގެ ގައުމުތައް އެއް އަޑަކުން ކިޔަމުން އެދަނީ ދިވެހި ރާއްޖެއިން މިގެނައި އުންމީދުގެ ސިއްރުން އުންމީދު އުފައްދައިފިޔެ މުޅިދޭހަށަ ރަމްޒުން. އިރު އޭގެ ޝުއާއަށް އިވުނޭ ބުނި އަޑު ސިއްރުން ދިރުވާށެ ހަވީރާ ހެނދުނާ ރީތި މިސާލުން،"

މި ދައުރުގައި މީގެކުރިން ކުރިމަތިނުވާ އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި ބޮޑެތި ކާމިޔާބުތަކެއް ވެސް ހޯދިފައިވާ ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

އޭނާގެ ރިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ހަމަހަމަކަމާ އެކު ދުނިޔޭގެ އެންމެނަށް ވެކްސިން ފޯރުކޮށްދިނުމަށް ވަކާލާތު ކުރެއްވުމަށެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ވަޑައިގެން ތަފާތު ޕްލެޓްފޯމްތަކުގައި ޝާހިދު ވަނީ ވެކްސިން ފޯރުކޮށްދިނުމަށް ގޮވާލައި ވާހަކަ ދައްކަވާފަ އެވެ.

އޭގެ އިތުރުން، ކޮވިޑުގެ ހާލަތުން ދުނިޔެ އެނބުރި ރުޖޫއަވާއިރު، ކުރިޔަށްވުރެ ވަރުގަދަ، ތިމާވެއްޓާއި ރައްޓެހި ބަދަލެއް ގެނައުމަށް މަސައްކަތް ކުރެއްވުމަށް ވެސް އޭނާގެ ރިޔާސަތުގައި ހާއްސަ އިސްކަމެއް ދެއްވި އެވެ. އޭގެ އިތުރުން، މޫސުމީ ބަދަލުތަކުގެ މައްސަލައަށް ވެސް ހާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް 76 ވަނަ އާންމު މަޖިލީހުން ކޮށްފައިވެ އެވެ.

އުންމީދުގެ ރިޔާސަތުގެ 365 ދުވަސް

ޝާހިދުގެ ރިޔާސަތުގައި މިދިޔަ 365 ދުވަހުގެ ތެރޭ އދ. ގެ އާންމު މަޖިލީހުގެ 103 ރަސްމީ ބައްދަލުވުމެއް ބާއްވައި 307 ގަރާރެއް ފާސްކޮށްފައިވެ އެވެ. އޭގެ އިތުރުން، 28 ނުރަސްމީ ބައްދަލުވުމެއް ބާއްވައިފައި ވެއެވެ. ހަމައެހެންމެ، މަތިީ ފަންތީގެ 15 ބައްދަލުވުމެއް ބާއްވައި 140 ނިންމުމެއް ބަލައިގެންފައި ވެއެވެ.

އެ ބައްދަލުވުންތަކުގެ ތެރޭގައި ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމާއި ގުޅޭގޮތުންނާއި ޓޫރިޒަމް އަލުން އިޔާދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ. މިއީ އދ. ގެ އާންމު މަޖިލީހުގައި ޓޫރިޒަމާ ގުޅޭ މަޝްވަރާއެއް ކުރި ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން، މޫސުމީ ބަދަލުތަކާއި، ފުޑް ސެކިއުރިޓީ އަދި 2030 ގެ އެޖެންޑާއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކޮށްފައި ވެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ނިއު ޔޯކުގައި ހުންނަވައި އަދި ކުރެއްވި ދަތުރުފުޅުތަކުގައި 650 އަށްވުރެ ގިނަ ބައްދަލުވުން ޝާހިދު ބޭއްވެވި އެވެ.

ޖޫން 7، 2021 ވަނަ ދުވަހުގެ ރޭ ނެގި އާންމު މަޖިލީހުގެ ރައީސް ހޮވުމަށް އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓުގައި ޝާހިދު އިންތިހާބުކުރީ 143 ގައުމެއްގެ ތާއިދާއެކު އެވެ. އޭނާއާ ވާދަކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލް އެވެ.

މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. ޝާހިދުގެ ރިޔާސަތުގެ ދައުރަށް އޭނާ ދެއްވި ނަމަކީ "ޕްރެސިޑެންސީ އޮފް ހޯޕް" ނުވަތަ އުއްމީދީ ރިޔާސަތު އެވެ.

އދ. އާއްމު މަޖިލީހުގެ ރައީސުން އިންތިހާބު ކުރަނީ ދައުރުވާ އުސޫލުންނެވެ. މިގޮތުން އިންތިހާބުކުރަނީ ކޮންމެ އަހަރަކުވެސް އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ. ޝާހިދު އިންތިހާބުވީ އޭޝިއާ ޕެސިފިކް ގައުމުތަކަށް ލިބުނު ފުރުސަތުގަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ރާއްޖޭގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާނުން ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފަ އެވެ.

އާންމު މަޖިލީހުގެ ރައީސްގެ ދައުރަކީ ކޮބާ؟

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ މެދު ތެރޭގައި، އދ. ގެ އާއްމު މަޖިލީހުގެ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިން އެ އަހަރެއްގެ މަޖިލީހުގެ ރައީސެއް މެމްބަރު ގައުމުތަކުން އައްޔަނުކުރަންޖެހެ އެވެ.

ގާނޫނު ހަދާ މަޖިލީހެއް ހިންގާ އުސޫލުން އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ އިތުރުން، ބަހުސްތަކުގައި މެމްބަރު ގައުމުތަކަށް ވަގުތު ކަނޑައެޅުމާއި، ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ވެސް ރައީސަށް ލިބިގެންވެ އެވެ.

އަދި، އާންމު މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އެޖެންޑާ ކަނޑައެޅުމުގެ ޒިންމާ ވެސް އުފުލަން ޖެހޭނީ އެ މަޖިލީހެއްގެ ރައީސަށެވެ. އެ މަގާމަކީ ސީދާ އދ. ގެ ވަޒީފާއަކަށް ނުވާތީ، އެ މަގާމުގައި ހުންނަވާ އެއްވެސް ބޭފުޅަކަށް އުޖޫރައެއް ކަނޑައަޅާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox