މޮޅުނުވިޔަސް އަލެގްރީގެ މާބޮޑު ޝަކުވާއެއް ނެތް

Sep 12, 2022, 3:35 PM
މޮޅުނުވިޔަސް އަލެގްރީގެ މާބޮޑު ޝަކުވާއެއް ނެތް

ޓިއުރިން (ސެޕްޓެމްބަރު 12) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި ސެލަނިޓާނާއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، މި މެޗުން ބަލިނުވެ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހު ކުޅޭ މެޗަށް ކުރިމަތިލުމަކީ ހިތްހަމަޖެހުމެއް ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނެފި އެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެންޓޯނިއޯ ކަންޑްރޭވާ އާއި ކްރިސްޓޯފް ޕިއަޓެކް ޖެހި ލަނޑުތަކާ އެކު، ސެލަނިޓާނާ އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ.

އެކަމަކު، މެޗުގެ 51 ވަނަ މިނިޓުގައި ޔުވެންޓަސްގެ ބްރެޒިލް ޑިފެންޑަރު ގްލެއިސަން ބްރެމާ ޖެހި ލަނޑާއި، މެޗުގެ އިތުރު ވަގުތުގައި ލިއަނާޑޯ ބޮނުއްޗީ ޖެހި ލަނޑާއެކު ޔުވެންޓަސް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މިއީ އަނިޔާގެ ގިނަ މައްސަލަތަކާ ކުރިމަތިލާފައިވާ ޔުވެންޓަސް މި ސީޒަންގައި އެއްވަރުވި ހަތަރު ވަނަ މެޗެވެ. ޔުވެންޓަސް ތާވަލްގެ 8 ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު އަލެގްރީގެ ބުނީ ޗެމްޕިއަންސް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، މި މެޗުން ބަލިނުވުމަކީ ކުޅުންތެރިންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.

"މެޗުން މޮޅުވި ނަމަ ތާވަލްގައި ތަންކޮޅެއް ކުރިއަށް ޖެހިލެވުނީސް. އެކަމަކު މެޗުން ބަލިނުވުމަކީ ޗެމްޕިއަންސް ލީގު މެޗަށްދާއިރު ކުޅުންތެރިންގެ މޫޑް ތަންކޮޅެއް ރަނގަޅުވާނެ ކަމެއް،" އަލެގްރީ ބުންޏެވެ.

ސެލަނިޓާނާގެ ކުޅުންތެރިއަކު ކައިރިން ޔުވެންޓަސްގެ މިލިކް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

މި މެޗުގެ އިތުރު ވަގުތުގައި ޔުވެންޓަސްގެ ޕޮލެންޑް ފޯވަޑް އަރްކަޑިއުޒް މިލިކް ތިން ވަނަ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު މެޗުގެ ރެފްރީ ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޮފްސައިޑް ކަމަށް ނިންމީ މިލިޗް ޖެހި ބޯޅަ ގޯލަށް ވަތްއިރު، އޮފްސައިޑް މަގާމެއްގައި ހުރި ބޮނުއްޗީ ކުޅުމުގެ ތެރެއަށް ވަދެހުރި ކަމަށް ބަލައިފަ އެވެ.

ގޯލު ޖެހުމަށް ފަހު މިލިޗް ޖޯޒީ ބޭލުމުން އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކިއިރު، އޭނާ ޖެހި ލަނޑާ އެކު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިތްހަމަނުޖެހުންތައް ފާޅުކޮށްފަ އެވެ. އަދި ރެފްރީ ވަނީ އިތުރު ތިން ރަތް ކާޑު ދައްކައިފަ އެވެ. އެއީ ޔުވެންޓަސްގެ ކޯޗު އަލެގްރީ އާއި އެ ޓީމުގެ ހުއާން ކުއަޑްރާޑޯ އަދި ސެލަނިޓާނާގެ ޑިފެންޑަރު ފެޑްރީކޯ ފާޒިއޯ އަށެވެ.

އަލެގްރީ ބުނީ ވީއޭއާރް ބަލާފައި ރެފްރީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމިޔަސް، އެ ނިންމުމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"އަހަރެން ދުވަހަކު ވެސް މެޗަށް ފަހު ރެފްރީންނާ ވާހަކައެއް ނުދައްކަން. އެކަމަކު މި މެޗުގައި ލަނޑެއް ގޯސްކަމަށް ރެފްރީ އޮތީ ނިންމައިފަ. އެއީ ފެންނަން އޮތް ކަމެއް،" އަލެގްރީ ބުންޏެވެ. "ލަނޑު ޖެހިއިރު (ސެލަނިޓާނާގެ) ކަންޑްރޭވާ ހުރީ ކޯނަރު ދަނޑި ކައިރީގައި. އެހެންވީމަ، ފަހަރެއްގައި އޭނާ އެތާހުރުމުން އެއްވެސް ކުޅުންތެރިއަކު އޮފްސައިޑް ނުވެދާނެ. އެކަމަކު، އެކަން ފެންނަ ވީޑިއޯއެއް އަދި އަހަރެން ނުދެކެން."

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox