ރައީސް ދެއްކެވީ އިހުގެ ތަނަވަސް ދެކުނުގެ ރަށްތަކުގެ މިސާލު: "އެކަން އިޔާދަކޮށްދޭނަން"

ރައީސް ސޯލިހު: ރަށްފުށުގެ ތަނަވަސް ދިރިއުޅުންތައް އިޔާދަކޮށް ދެއްވާނެ ކަމަށް ވިދާޅުވި

ރައީސް ސޯލިހު: ރަށްފުށުގެ ތަނަވަސް ދިރިއުޅުންތައް އިޔާދަކޮށް ދެއްވާނެ ކަމަށް ވިދާޅުވި

ހައްދުންމަތީ ގަމުގައި ހުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް, މާޒީން ދެއްކެވީ މުހިންމު މަންޒަރެކެވެ. ވަރުގަދަ އިގްތިސޯދުތަކެއް ބިނާކޮށް ދެކުނުގެ ގިނަ ރަށްތަކެއްގައި ދިވެހިން އުޅުނު ހަމަޖެހޭ, ހިތްހަމަޖެހޭ ތަނަވަސް ރަށްފުށު ދިރިއުޅުމެވެ.

އެ ދިރިއުޅުން މިހާރަކު ނެތެވެ.

ރައީސް ކިޔައިދެއްވި ގޮތުގައި, އައްޑޫ ސިޓީ, ފުވައްމުލައް އަދި ގދ. ތިނަދޫ ފަދަ ރަށްތަކުން އަމިއްލައަށް ކޮޅުނބަށް ގޮސް މުދާ ވިއްކައި, މުދާ ގަނެ އުޅުނެވެ. ވެރިރަށް މާލެއަށް ބަރޯސާއެއް ނުވެ އެވެ.

"...މިތާ ތިއްބަވާނެ ބައެއް އާއިލާތައް, ބައްޕަމެން ކާފަމެން ދިރިއުޅުނު އެ ގޮތް ހަނދާންހުރި," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ އިގްތިސޯދުތައް ފުނޑިގެން ދިޔައީ އޭރުގެ ސަރުކާރުތަކުން ސިޔާސަތުތަކަށް ގެނައި ބަދަލާއެކު އެވެ. އެއީ, ބައެއް ވެރިން ރައްޔިތުން ކޮންޓްރޯލް ކޮށްފައި ބައިތިއްބަން ބޭނުންވާތީ, ސިޔާސީ ސަބަބުތަކާ ހުރެ އަނބުރާލި ސިޔާސަތުތަކެއް ކަމަށް ރައީސް ގަބޫލު ކުރައްވަ އެވެ.

އެކަމަކު, ރައީސް ސޯލިހު މިހާރު ބޭނުންވަނީ, އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން ބަދަލުކުރާށެވެ. މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނައްތާލައި, ޖަޒީރާވަންތަ ތަރައްގީއެއް ރާއްޖެއަށް ގެނައުމެވެ.

"އަޅުގަނޑު ބޭނުން ވަނީ ކަންކަން ރަނގަޅުކުރަން, އަލުން އެނބުރި ރަށްފުށުގެ މި ތަނަވަސް ދިރިއުޅުމަށް އަނބުރާ އިޔާދަވުން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލެއަށް ބަރޯސާވުން ހުއްޓުވޭނީ ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުޅާ ގޮތެއްގައި ގާއިމްކޮށްދީގެންނެވެ. ފެނާއި ނަރުދަމާ, ސިއްހީ އަދި ތައުލީމް ލިބެން ހުރެ, ހަމަޖެހޭ ދިރިއުޅުމެއް ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށެވެ.

"...މިއީ ބުރަ މަސައްކަތެއް, ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމެއް, ބައެއް ފަހަރު ބަޖެޓް ބޮޑުވާ ވާހަކަ ދައްކާނެ, ރަނގަޅު... އަޅުގަނޑުމެންނަށް އެއްފަހަރާ މި ހުރިހާ ކަމެއް ކުރަން ޖެހުނީ ބަޖެޓް ބޮޑުވާނެ, ޕްރޮޖެކްޓްތައް ހިންގަން ޖެހުނީމަ ހަރަދު ހިނގާނެ," ރައީސް ވިދާޅުވި އެވެ.

"އެހެންނަމަވެސް, ދުރުރާސްތާއަށް މި ރާއްޖެއަށް އަދި ހާއްސަކޮށް މާލެއަށް އޮތް ތޮއްޖެހުން ކުޑަވެގެން އަންނާނީ މިކަންކަން ކޮށްގެން, އެހެންވީމަ މި ސަރުކާރުގެ ޕްލޭނަކީ ޖަޒީރާ ތަރައްގީގަ މިގޮތަށް ރަށްރަށް ތަރައްގީ ކުރަމުން ދިޔުން,"

ރައީސް ވިދާޅުވާ ގޮތުން ވަށާޖެހޭ, ޖަޒީރާވަންތަ ތަރައްގީއެއް ރައްޔިތުންނަށް ހޯދައިދިނުން ނޫން ބޭނުމެއް, އަޒުމެއް އަދި ތަސައްވުރެއް ވެސް އެމަނިކުފާނުގެ ނެތެވެ. އެކަމަކު, މާލޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތައް ވަނީ ފައްޓަވާފަ އެވެ. އާ ބިންތައް ހިއްކުމާއި ބްރިޖްގެ މަޝްރޫއުއާއެކު ޖަރީޒާވަންތަ ސިޔާސަތު ދެކޮޅު ޖެހުމާ މެދު ސުވާލު އުފައްދަ އެވެ.

މިއަދު ނިމިގެން ދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްއަށްފަހު ނޫސްވެރިންނާ ބައްދަލުކުރުމުން, ރައީސަށް މި ސުވާލު އަމާޒު ކުރުމުން އެމަނިކުފާނު ވިދާޅުވީ މާލެއަށް ހައްލެއް އެބަ ހޯދަން ޖެހޭ ކަމަށެވެ. މާލޭގައި އުޅޭ މީހުންނަށް ރަނގަޅު ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި ގެދޮރުވެރިކަން މާލޭގައި އޮންނަން ޖެހޭ ކަމަށާއި އަދި މަގުތަކުގައި ތޮއްޖެހިފައި އޮތް އޮތުމަށް ހައްލުތަކެއް ހޯދަން ވެސް ޖެހިފައިވާ ކަމަށެވެ.

"...އެހެންވީމަ މާލެއަށް މި ގެނެވޭ ތަރައްގީގެ މަޝްރޫއުތަކަކީ ވެސް އަޅުގަނޑު ނުދަންނަވާނަން އެއީ މުޅި ރާއްޖެ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އޮތް ހުރަހެއް ކަމަކަށް, އެއީ ހަމަ ބޭނުންތެރި ކަންކަން,"

އެއާއެކު ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް, ސަރަަހައްދީ ތަރައްގީގެ ސެންޓަރުތައް ގާއިމް ކުރަމުން ދިޔުމުން, އެމަނިކުފާނު ބޭނުންވާ ޖަޒީރާވަންތަ ތަރައްގީ ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ލާމު ގަން ފަދަ ބޮޑެތި ރަށްރަށުގައި އާބާދީތައް ހިޖުރަކޮށް އުޅެވޭނެ މަގު ދައްކަން ޖެހެ އެވެ,

އެކަމަކު, އެއީ މީހުންނަށް މަޖުބޫރުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ގޮތަކަށް އަމިއްލަ ރަށް ދޫކޮށް އެހެން ސަރަަހައްދަކަށް ހިޖުރަކުރަން ޝައުގުވެރި ކުރެވޭނީ އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީއާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ އެއްގޮތަކަށް ވެސް ގެއްލުމެއް އޮތް ކަމެއް ނޫން,"

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox