އަތޮޅު ކައުންސިލްތަކަށް އިހްތިސާސް ކަނޑައަޅައި މުދާވެރިކަމެއް ނެތް، އެއީ ރިސޯސް ސެންޓަރެއް

އަލީ ނިޔާޒު މިއަދު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަނީ: އަތޮޅު ކައުންސިލްތަކަކީ ރިސޯސް ސެންޓަރުތަކެއްކަން ހަނދާންކޮށް ދެއްވި

އަލީ ނިޔާޒު މިއަދު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަނީ: އަތޮޅު ކައުންސިލްތަކަކީ ރިސޯސް ސެންޓަރުތަކެއްކަން ހަނދާންކޮށް ދެއްވި

ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ ރަށެއްގެ އިހްތިސާސް, އިންވަކިކޮށް ކަނޑައަޅާފައިވީ ނަމަވެސް, އަތޮޅު ކައުންސިލަށް ވަކި އިހްތިސާސެއް ނެތެވެ. އެއީ, އަތޮޅު ކައުންސިލްތަކުން ކަންބޮޑުވަމުން ފާޅުކުރަމުންދާ ކަމެކެވެ. ކައުންސިލްތަކުން ދެކޭ ގޮތުގައި އެ ތަންތަނަށް ވެސް އިހްތިސޯސެއް އޮންނަންވާނެ އެވެ.

މީގެކުރިން ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްތަކުގައި ވެސް އަތޮޅު ކައުންސިލްތަކުގެ މައި ޝަކުވާއަކަށް އޮތީ އެކަމެވެ. ދެކުނުގެ ރަށްތަކުން އެއްވެ, ކުރިއަށް ގެންދާ ތިން ވަނަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ވެސް މި ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

އަތޮޅު ކައުންސިލްތަކުން ދެކޭ ގޮތުގައި, އަތޮޅު ކައުންސިލްގެ އިހްތިސާސްއަކީ ގުދުރަތީ ގޮތުން އޮންނަ އަތޮޅުގެ ދުނިން ފެށިގެން ވަކި ވަރަކަށް އަޅާފައި, އޭގެ ތެރޭގަ މީހުން ދިރިއުޅޭ ވަކި ރަށަކަށް ނިސްބަތްނުވާ ނުވަތަ ވަކި ކަމަކަށް ކުއްޔަށް ދީފައިފައިވާ ތަނެއްގެ އިހްތިސާސްއަށް ނާރާ ބަޔަކީ އަތޮޅު ކައުންސިލްގެ އިހްތިސޯސް ކަމުގައި ކަނޑައަޅަން ޖެހެ އެވެ.

އެ އިހްތިސޯސްގެ ދަށުގައިވާ ތަންތަން ބެލެއްޓުމުގެ ޒިންމާ އަތޮޅު ކައުންސިލާ ހަވާލުކުރަން ޖެހޭ ކަމަށާއި ސަރުކާރުން ވާރުވާއަށް ދޫކޮށްފައިވާ ރަށްތައް ވެސް އަތޮޅު ކައުންސިލްގެ ޒިންމާގައި ހިމަނަން ޖެހޭނެ ކަމަށް ކައުންސިލްތަކުން ފާހަގަކުރެ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން, ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ, ގާނޫނު ފަރުމާކޮށްފައި އޮތީ ރަށްރަށުގެ އިހްތިސާސް ކަނޑައަޅައި, ރަށްރަށަށް މުދާވެރިކަމާއި ފުދުންތެރިކަން އަދި މުއްސަނދިކަން ލިބޭ ގޮތަށް ކަމަށެވެ. އަތޮޅުތަކުގެ އިހްތިސޯސް ކަނޑަނާޅާ އޮތީ އޮޅިގެން ނޫން ކަމާއި އެކަން ކުރީ މުހިންމު މަގުސަދެއްގައި ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"...އަތޮޅުގެ އިހްތިސާސެއް ނެތް, އަޅުގަނޑުމެންނަށް އޮޅިގެން ލިޔެފައި އޮތް ވާހަކައެއް ނޫން އެއީ, މި ގާނޫނުގަ އަތޮޅު ކައުންސިލް މި ބަލަނީ ރިސޯސް ސެންޓަރެއްގެ ގޮތުގައި," އަލީ ނިޔާޒު ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އިންތިހާބު ކުރާ ގޮތް ވެސް ވަރަށް ބޮޑަށް ބަދަލުކޮށްފައިވާކަން ފާހަގަ ކުރައްވަމުން އަލީ ނިޔާޒު ވިދާޅުވި ގޮތުގައި, އަތޮޅު ކައުންސިލްތަކުގެ މެންޑޭޓަކީ, ރަށްރަށް ހިންގަނީ ރަނގަޅަށްތޯ ބެލުމާއި ރަށްރަށަށް ބޭނުންވާ ޓެކްނިކަލް ކަންކަން ކުރުމަށް ފަންނީ މީހުން އުފެއްދުމެވެ. ބޭނުމަކީ ރިސޯސް ސެންޓަރުތަކެއްގެ ގޮތުގައި އަތޮޅު ކައުންސިލްތައް ހިންގުމެވެ.

"...އެއީ މި ގާނޫނުގަ އަތޮޅު ކައުންސިލް ތަސައްވަރު ކޮށްފައި އޮތް ގޮތަކީ, އިހްތިސާސެއް ކަނޑައަޅައި, މުދާވެރިކަން ހޯދުމެއް ނޫން އޮތީ. އެއީ އަޅުގަނޑުމެންނަށް ނޭނގި އޮތް ވާހަކައެއް ނޫން, އެއީ ވަރަށް ފުޅާ ބޮޑު ވާހަކައެއް ދައްކަން," ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވި އެވެ.

އަލީ ނިޔާޒު ވިދާޅުވީ, އަތޮޅު ކައުންސިލްތަކަށް އިހްތިސޯސެއް ކަނޑައަޅަން އެދެމުން ދިޔަސް, އެއީ ފަސޭހައިން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެކަން ބަދަލުކުރާ ނަމަ, ޖެހޭނީ ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން ކަމަށެވެ. އެފަދަ ބޮޑު, އަދި މުހިންމު މަޝްވަރާތަކަށްފަހު ހެދި ސިޔާސަތެއް ބަދަލުކުރާ ނަމަ އެކަން ކުރެވޭނީ ވެސް ގިނަ މަޝްވަރާތަކަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ދެކުނުގެ ކޮންފަރެންސްގައި މިކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާތަނަށް އެއްޗެއް ވިދާޅުވެފައިނުވި ނަމަވެސް, އުކުޅަހުގައި މެއި މަހު ބޭއްވި ކޮންފަރެންސްގައި ރައީސަށް އެ ޝަކުވާ ހުށަހެޅުމުން ވިދާޅުވީ އެއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި, އެކަމުގައި ގާނޫނީ ހައްލުތަކެއް ބޭނުންވާ ނަމަ, އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް އޭރު ކައުންސިލަރުންނަށް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox