ކައުންސިލްތަކަށް ފަސޭހައެއް؛ ލޭންޑް ޔޫސް ޕްލޭންތައް ބައިބަޔަށް ފާސްކޮށްދެނީ

މިނިސްޓަރު އަސްލަމް: ލޭންޑް ޔޫސް ޕްލޭންތައް ބައިބަޔަށް ފާސްކޮށްދޭން ވަނީ ނިންމަވާފައި

މިނިސްޓަރު އަސްލަމް: ލޭންޑް ޔޫސް ޕްލޭންތައް ބައިބަޔަށް ފާސްކޮށްދޭން ވަނީ ނިންމަވާފައި

ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން ބައިބަޔަށް ފާސްކޮށް ދޭން ނިންމަވާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތުން، އެ ޕްލޭންތަކަކީ ވަށާޖެހޭ ގޮތަށް ފަންނީ ގިނަ މައުލޫމާތުތަކެއް ހިމަނަންޖެހޭ ކަރުދާހެކެވެ. ރަށުގެ މެޕް ކުރެހުމާއި, ގަހާއި ރުކުގެ އަދަދުގެ އިތުރުން ރަށެއްގައި ބިން ހިއްކެން އޮތް ސަރަހައްދު ފަދަ ފަންނީ ގިނަ މައުލޫމާތުތަކެއް ހިމަނަން ލާޒިމުކޮށްފައިވާއިރު، އެކަމުގެ ފަންނީ ގާބިލުކަމެއް ނެތި އެ ކަން އޮތީ ދިގުލައިގެން ގޮސްފަ އެވެ.

އެއާއެކު، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭންތައް ފާސްނުވެ، އެކަން ވެފައި އޮތީ މުޅި ލާމަރުކަޒީ ނިޒާމަށް ކުރި ތަސައްވުރަށް ބޮޑު ހުރަހަކަށެވެ. ލޭންޑް ޔޫސް ޕްލޭންތައް ފާސްނުވެ, އެކަމުގައި ކައުންސިލްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެ އެވެ.

Advertisement

މިއަދު ފެށި ދެކުނުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ވެސް މި ކަންބޮޑުވުން އޮތެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ޕްލޭނާ ގުޅޭ ގޮތުން އޮތް ދަތިތައް ހައްލު ކުރުމަށްޓަކައި ޕްލޭންތައް "ޕާޝަލް" ނުވަތަ "ކޮންޑިޝަނަލް އެޕްރޫވަލް" ދޭން ގަސްތުކޮށްފައިވާ ކަމަށެވެ. އޭގެ މާނައަކީ ޕްލޭން ނިންމޭ ވަރަކުން ނުވަތަ ޕްލޭންގައި މައްސަލައެއް ނެތް ކަންކަން ބައިބަޔަށް ފާސްކުރަމުން ދިޔުމެވެ.

އެކަމާ ގުޅިގެން ޕެނަލްގައި އިންނެވި ގާނޫނީ ވަކީލް, ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ, ގާނޫނުތައް މާނަކުރަން ޖެހޭނީ އެންމެ ލުއިކޮށް ކަމަށެވެ. އެހެންކަމުން އެކަމުގައި މައްސަލައެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

ނަމަވެސް, އެގޮތަށް ފާސްކޮށްދެމުން ދެވޭނީ ވެސް ރަށުގެ ޗާޓް ރަނގަޅަށް ޕްލޭންގައި ހިމަނާފައި އޮތުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންޑިޝަނަލް އެޕްރޫވަލް ދޭން ވެސް ވަކި މިންވަރެއް އޮންނާނެ, ހުއްދައެއް މި ދެނީ ލޭންޑް ޔޫސް ޕްލޭނުން މަދުވާ އެއްޗަކީ މިއީ އެ ހަމަ ކުރާށޭ, ދެން ހުރި އެއްޗެހި މައްސަލައެއް ނެތޭ, އެގޮތަށްދާ އެޕްރޫވަލެއް ތިޔަބޭފުޅުންނަށް ދާނީ," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އެގޮތަށް ނިންމަވާފައިވުމުން ރައީސް ސޯލިހު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ހުރިހާ ކައުންސިލަކަށް ދަތިތަކެއް ހުރިކަމަށް ފާހަގަކުރެވޭނަމަ، ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް، މައްސަލަތައް ހައްލުކޮށް، ލޭންޑް ޔޫސް ޕްލޭންތައް ހެދޭނެ މަގު ފަހިކުރަން ޖެހޭ ކަމަށެވެ.

އއ. އުކުޅަހުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި މިނިސްޓަރު ވަނީ ޕްލޭންތައް ފާސްކުރުމަށް "ޑްރޯން ހައްލު" ވެސް ދެއްވާފަ އެވެ. އޭނާ އެ ދުވަހު ވިދާޅުވި ގޮތުގައި ކޮންމެ އަތޮޅަކަށް ބޭނުންވަނީ ޑްރޯންއެކެވެ. އޭގެ އެހީގައި ރަށްރަށުގައި މަތިން ފެންވަރު ރަނގަޅު ފޮޓޯތައް ނެގޭނެ އެވެ. އެ ފޮޓޯތައް ކައުންސިލުން ބޭނުންވާ ގޮތަކަށް ޑްރޯން ނަގައިދޭނެކަން ފާހަގަކުރައްވަމުން, މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ފޮޓޯއަށް ބަލައިގެން ރުއްގަހުގެ ހިސާބު ޖެހޭނެ އެވެ.

އެގޮތުން, ފޮޓޯއަށް ބަލައިގެން ރުއްތައް ގުނައި, އެކަތިގަނޑަށް ހުންނަ ގަސްތައް, އެއީ ގަސްތަކެއްގެ ގޮތުގައި ޕްލޭންގައި ލިޔެ, އެކަން ފަސޭހަކަމާއެކު, މޭޒެއްގެ ދޮށުގައި އިނދެގެންވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ވަކިވަކި ގަސްތަކުގައި ނަންބަރު ލިޔަމުން މިކަން ނުވާނެ ކަމަށް ވިދާޅުވަމުން, މިނިސްޓަރު ވިދާޅުވީ, އޭނާ ފާހަގަކުރި ގޮތަށްވުރެ މޮޅު ގޮތެއް ނުދެއްކެވޭނެ ކަމަށެވެ. އެގޮތަށް ޕްލޭންތައް ހަދައިގެން ގެނައީމަ, ޕްލޭނިން މިނިސްޓްރީން ފާސްކުރާނެ ކަމާއި, ގާނޫނުތައް މާ ފުންކޮށް, މާނަކުރަން ނުޖެހޭ މިންވަރަށް މާނަކުރާނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ހައްލާއެކު ކައުންސިލްތައް އަމަލު ކުރަން ފެށުމުން މިހާރު ވަނީ ޕްލޭންތައް ފާސްކުރުމަށް ކައުންސިލްތަކަށް ފަސޭހަވެފަ އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފް މި ނޫހަށް ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން ހިއްސާކުރި ކަރުދާހުގެ އެހީގައި، މައުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުމުން ޕްލޭންތައް ފާސްވަމުން އެބަދާ ކަމަށެވެ.

"މިނިސްޓްރީން ޔަގީންކަން ދެއްވާ، އެކަން ވަރަށް ހަލުއިކަމާއެކު ކޮށް ނިންމާލެވޭނެ ކަމަށް،" އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެންމެ ފަހުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިނިސްޓްރީން މިހާތަނަށް ވަނީ 19 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox