ހޮރައިޒަންގެ ބިމާ ގުޅޭ ޝަކުވާތަކަށް ހައްލެއްގެ ޔަގީންކަން: "މުހިންމީ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް"

ކޮންފަރެންސްގައި ރައީސް ސޯލިހު: އެމަނިކުފާނު ވަނީ ހޯޑެއްދޫ ބިމާ ގުޅޭ ގޮތުން ހައްލުތަކެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި

ކޮންފަރެންސްގައި ރައީސް ސޯލިހު: އެމަނިކުފާނު ވަނީ ހޯޑެއްދޫ ބިމާ ގުޅޭ ގޮތުން ހައްލުތަކެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި

ތިންހާސް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަޅަން ގދ. ހޯޑެއްދޫން ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް ދޫކޮށްފައިވާ ބިމާ ގުޅޭ ޝަކުވާތަކާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށް ހައްލުތަކެއް ހޯއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކޯލްޑް ސްޓޯރޭޖެއް އަޅަން މީގެ 17 އަހަރު ކުރިން، 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ ބިމުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެކަމުގެ ސަބަބުން އެ ބިން ގެއްލިފައި އޮތުމާއި މަސްވެރިންނަށް މަސް ކިރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ނުލިބޭތީ ހޯޑެއްދޫ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ހޮރައިޒަންއާއެކު އޮތް އެއްބަސްވުން ބާތިލް ކުރުމަށް ދާއިރާގެ މެންބަރު ފިރުޝާން މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާއިރު, ކައުންސިލުން ވެސް ދަނީ މައްސަލާގައި އެއްބަސްވުން ކައުންސިލްގެ ދަށަށް ގެންނަން ކޯޓަށް ދިޔުމަށް ތައްޔާރުވަމުންނެވެ.

މިއަދު ލ. ގަމުގައި ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ހޯޑެއްދޫގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހަޅަން ވެސް ނިންމާފައިވަނީ މި މައްސަލަ އެވެ. މި ކަންބޮޑުވުމުގައި ދެކުނުގެ ގިނަ ރަށްތަކުން ވެސް ބައިވެރިވެ އެވެ.

ކޮންފަރެންސްގެ ހަވާސާގައި އަދަދުން ރައީސްއާ ސުވާލުކުރަނީ --
ކޮންފަރެންސްގެ ހަވާސާގައި އަދަދުން ރައީސްއާ ސުވާލުކުރަނީ --

ކޮންފަރެންސްގެ ހަވާސާގައި އަދަދުން ރައީސްއާ ސުވާލުކުރަނީ --

ކޮންފަރެންސް ފެށުމުގެ ކުރިން, ހަވާސާގެ ތެރޭން "އަދަދު"އިން ރައީސް ސޯލިހާ މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ ބިމާ ގުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތުތައް އެމަނިކުފާނާ ހަމައަށް ގެނައުމަށް ދަންނަވާފައިވާ ކަމަށެވެ.

އޭގެފަހުން, އިކޮނޮމިކް ކައުންސިލްގައި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިމިގެންދާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

"...އެންމެ މުހިންމީ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ގޮތްތަކެއް, އެ ސަރަަހައްދުގެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތެއް... ހޮރައިންގެ ވެސް ހުރޭ ޝަކުވާތަކެއް, އެހެންވެ ގޮތްތަކެއް ހޯދަން ޖެހޭ," މި ނޫހާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮންފަރެންސްގެ ބޭރުން, މި ނޫހާ ވާހަކަ ދައްކަވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް ފާހަގަ ކުރެއްވި ގޮތުގައި ކައުންސިލްގެ އިހްތިސޯސް ބިމަށް އޮތްއިރު, އެ ބިމުގެ އެގްރިމެންޓު އޮންނަން ޖެހޭނީ ފިޝަރީޒް މިނިސްޓްރީގެ ބަދަލުގައި ކައުންސިލަށެވެ. އެކަން ބަދަލު ކުރެވޭތީ އެ ކައުންސިލުން މިނިސްޓްރީގައި އެދިގެން މަސައްކަތް ކުރާތާ, ވަރަށް ގިނަ އަހަރުތަކެއްވެއްޖެ ކަމާއި އެކަމަކު, އަލިމަގެއް މިހާތަނަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ލިބިފައިނުވާތީ, ކައުންސިލުން ކޯޓަށް ދާން ނިންމީކަން ވާރިޝް ފާހަގަ ކުރެއްވި އެވެ.

"...ކައުންސިލުން މިހާރު މި ތައްޔާރުވަނީ މި މައްސަލާގައި ކޯޓަށް ދާން, އެއީ އެގްރިމެންޓު ކައުންސިލަށް ބަދަލުކުރަން, ފިނޭންސް މިނިސްޓްރީން ވެސް ފާހަގަ ކުރާ ގޮތުގައި އިހްތިސޯސްގައި ހިމެނޭ ބިމެއްގެ އެގްރިމެންޓު އޮންނަން ވާނީ ކައުންސިލަށް," ވާރިޝް ވިދާޅުވި އެވެ.

ހޮރައިޒަންއާއެކު އެގްރިމެންޓް, ފިޝަރީޒް މިނިސްޓްރީއަށް އޮތަސް, ބިމުގެ ކުލި ލިބެނީ ކައުންސިލަށެވެ. އެކަމަކު ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި ގޮތުގައި, އެއީ އެއްގޮތަކަށް ވެސް އެކަށީގެންވާ ކުއްޔެއް ނޫނެވެ. ބިމަށް ލިބޭ ކުއްޔަކީ, ޖޯކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވަ އެވެ.

އެ 13.5 ހެކްޓަރުގެ ބިމަށް އަހަރަކު ލިބެނީ 217,000ރ. އެވެ. އެއީ މަހަކަށް 18,000 އެއްހާ ރުފިޔާ އެވެ. އަކަފޫޓަކަށް ޖެހެނީ 0.012 ލާރި އެވެ.

އެހާ ކުޑަ ކުއްޔެއް އެ ބިމުން ހޮރައިޒަންއިން ދައްކަމުންދާއިރު މިހާރު ހޯޑެއްދޫގައި ބިމެއް ކުއްޔަށް ދިނުމުގެ އެންމެ ދަށް އަގަކީ ވެސް އަކަފޫޓަކަށް 60 ލާރި އެވެ.

ހަމަ އަގެއް, ފައިދާ ނުވާ ކަމަށް ވާރިޝް ވިދާޅުވާ ސަބަބަކީ މިއީ އެވެ. ރައްޔިތުންނަށް ތަނުން ފައިދާއެއް ނުވާއިރު, އެ ތަނުގެ މަސައްކަތް ކުރިއަށް ނުދަނީ އޭގެން ހޮރައިޒަން ކުންފުންޏަށް ފައިދާ ނުވާނެތީ ކަމަށް އަންގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު, ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު, ވާރިޝް ވިދާޅުވީ ހޮރައިޒަން ކުންފުންޏަށް ފައިދާ ވަނީތޯ, ގެއްލުވަނީތޯ އެއީ އެ ކައުންސިލުން ނޫނީ ރައްޔިތުން ބަލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ބިން ހަވާލުކޮށްފައި އޮތީ ކޯލްޑް ސްޓޯރޭޖެއް އަޅަން ކަމަށާއި އެކަން ނުކޮށް ބިން ހިފަހައްޓައިގެން ތިބުމުގެ މާނައެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox