'އާ ގޮތަކުން، މާ މޮޅު އަނެއް ގޮތް': ރައީސްގެ މި ނޫން އަމާޒެއް، ތަސައްވުރެއް ނެތް

ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ: ވިއަވަތި, ވަށާޖެހޭ ދިރިއުޅުމެއް ނޫން އަމާޒެއް ނެތް ކަމަށް ވިދާޅުވި. -ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ: ވިއަވަތި, ވަށާޖެހޭ ދިރިއުޅުމެއް ނޫން އަމާޒެއް ނެތް ކަމަށް ވިދާޅުވި. -ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ހަގީގަތެއް ނެތް, ހިލާއަމުދުން ދިމާނުވާ، ބިލާހެއް ނޫންކަމުގެ ޔަގީންކަން، އެންމެންނަށް ވެސް ލިބިއްޖެ އެވެ.

"މިއަދުގެ މި އިހްތިފާލާ ހަމައިން އަޅުގަނޑަށް ފެންނަ އެންމެ ބޮޑު އެއް ކާމިޔާބަކީ އެއީ,"

ރާއްޖޭގެ ދެކުނުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ރައީސުން އެއްވެ ތިއްބެވި, "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވީ އެކަމެވެ.

ލާމަރުކަޒީ ނިޒާމް, ހަރުދަނާކޮށް ފުރިހަމަ ކުރުމަށްޓަކައި ރައީސްގެ އިސްނެންގެވުމަށް ބާއްވަމުން ގެންދަވާ "ވިއަވަތި ރާއްޖެ"ގެ ތިންވަނަ ކޮންފަރެންސްގައި ރައީސް ވިދާޅުވީ އުތުރުން ދެކުނަށް މުޅި ރާއްޖެ އޮތް ދިގަށް ބެލިޔަސް، ވަރަށް ބޮޑު ތަފާތެއް މިހާރު ފެންނަ ކަމަށާއި ދިމާ ދޮރުމަތިން, ތިމާ ގޭހުރި މަގުން, އަމިއްލަ ރަށުން, އަތޮޅުން، އަދި މުޅި ރާއްޖެއިން ވެސް މިހާރު ބަދަލު ފެންނާނެ އަދި އަތްލެވޭނެ, ބެލޭނެ ކަމަށެވެ.

"...ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު, މިއިން އަތޮޅެއް ރަށެއްގާ މީގެކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއް ޖެހީ މަރުކަޒީކޮށް މިރަށްތަށް ގުޑި ނުލެވޭވަރު ކުރުމަށް," ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫއެއް ކަމުގައި ވިޔަސް އެއީ އެ ރަށަކަށްޓަކާ ކުރާ ކަމެކެވެ. ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއާޕޯޓެއް ކަމުގައިވިޔަސް މީގައި ވަކި ތަފާތެއް ނެތް ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ތަރައްގީ ކަމަށާއި ބޭނުމަކީ ކޮންމެ ރައްޔިތަކަށް ވެސް އެ ރައްޔިތަކު އިހްތިޔާރު ކުރާ ތަނެއްގާ އުފާފާގަތި ކަމުގައި އާއިލާ ބިނާކޮށް، ދިރިއުޅެވޭނެ މަގު ފަހިކުރުން ކަމަށެވެ.

"އެ ރަށުގައި ނެތް މިރަށުގާ ހުރި ކިތަންމެ ފުރުސަތަކާ ހިދުމަތަކާ ވަސީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެބަހުރި, މީގެ ކޮންމެ ދެ ރަށެއް އާރްޓީއެލްގެ ޒަރިއްޔާއިން ދުވާލު ދެއިރު، ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ލިބޭ ނަތީޖާ ތަފާތުވާނެ, އޭރުން އެވާގޮތަކީ ދިރިދިރި ހިނގަ-ހިނގާ އޮތް އިގްތިސޯދެއްގެ ތަނަވަސްކަން، އެންމެނަށް ލިބުން," ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަދު ފެށި ވިއަވަތި ކޮންފަރެންސްއަށް ރައީސް ވަޑައިގަންނަވަނީ
މިއަދު ފެށި ވިއަވަތި ކޮންފަރެންސްއަށް ރައީސް ވަޑައިގަންނަވަނީ

މިއަދު ފެށި ވިއަވަތި ކޮންފަރެންސްއަށް ރައީސް ވަޑައިގަންނަވަނީ

ރައީސް ދެން ދެއްކެވީ އެ ވިދާޅުވާ ވިދާޅުވުމުގެ މިސާލެކެވެ;

ތަކަން-މާރަންދޫގެ ހިކަނދި ރާނބާ އެންމެން ވެސް އަބަދުވެސް ބޭނުންވެ އެވެ. ހަމަ އެގޮތަށް ކެލާ ބާރަށުގެ ފަލަމަޑިއަށް ރަށްތަކުން އިންތިޒާރުކުރެ އެވެ. އަދި މިނޫނަސް، އެތައް ރަށެއްގެ އާދަޔާ ހިލާފް "މާދަރީ" އުފެއްދުން ހުރެ އެވެ. އާރްޓީއެލް މެދުވެރިކޮށް، މިތަކެތި ފީނުވެ ބޮޑު ތިލަދުންމައްޗަށް ރައްދު ކުރެވި އެ ރަށަކަށް އެ ރަށެއްގެ އަގު އިރު އޮއްސުމުގެ ކުރިން މިހާރު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްދޫ-މުލީގާ އަޅާ އިގްތިސޯދީ އޮއިވަރު މާވަށް-ގުރައިދޫ ކަނޑުއޮޅިއަށް ވާސިލުވެ އެންމެންގެ ޖީބަށް އެ ތަނަވަސްކަން އަންނަންޖެހޭ ކަމަށާއި އެއީ ވިއަވަތި ޖަޒީރާ ރާއްޖެ، ހިނގަންޖެހޭ ގޮތް ކަމަށެވެ.

"އާ ގޮތަކުން، މާ މޮޅު އަނެއް ގޮތް، ގެނެސްދެނީ މި ނިޒާމް," ރައީސް ވިދާޅުވި އެވެ.

"ތިޔަބޭފުޅުން ކައުންސިލްތަކަށް އިންތިހާބުވެ, ތިޔަ ތިއްބެވީ ތަރައްގީގެ، މި މަސައްކަތް ކުރެއްވުމަށް, އަޅުގަނޑު މިމަގާމުގައި ދެމިހުންނާނީ ވެސް މި މަސައްކަތް މުޅިންނިންމާ ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް، ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް, އެ ނޫން އެއްވެސް ބޭނުމެއް – އަމާޒެއް، އަދި ތަސައްވުރެއް އަޅުގަނޑުގެ ނެތް," ރައީސް ވިދާޅުވި އެވެ.

އެއީ, ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތި ކަމާ ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ހައްގުވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރާމަސައްކަތުގައި އާއި، މުޅި އުމުރު އަވަދި ކުރަމުންދާ މީހާއަށް، ހައްގު އުޖޫރަ ލިބެންޖެހޭ ކަމަށާއި ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ ކަމަށެވެ. އެ ފައިސާ އަތަށް ލިބިއްޖެ ކަމާއި އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެކަން ރައީސް ފާހަގަކުރެއްވި އެވެ.

މިފަހުން, ރައީސް މީމު އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅު ރަތްމަންދޫގެ ރައްޔިތަކު ފާޅު ކުރި ޝުއޫރުތަކުން ވެސް ލާމަރުކަޒީ ތަރައްގީ ރާއްޖެއަށް މުހިންމުވެފައިވާ މިންވަރު ހާމަވެގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"...އޭނާގެ ވާހަކައިން އޮހޮރިގެން ދިޔައީ، ޖަޒީރާވަންތަ އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދުގެ ޝުއޫރު, އަމިއްލަ ފަސްގަނޑު ދޫކޮށް، ހިޖުރަ ކުރުމުގެ ދުރުކަމާ، އޭގެ ހިތިކަން، އޭނާގެ އާއިލާއިން ބޭނުން ނުވާ މިންވަރު, ހަގީގަތުގާ ސަރުކާރުން މި ކުރަހާ، ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ، އުފާވެރި ތަސްވީރުގެ ކުލަ ޗާޕް އެ އޮތީ އޭނާގެ އަތުގައި," ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މިކުރާ މަސައްކަތަކީ އެއީ, ރާއްޖެ ލާމަރުކަޒުކޮށް، ހިދުމަތްތަކާ ވަސީލަތްތަކާ ފުރުސަތުތަށް، އަމިއްލަ ރަށާ އަތޮޅާ ސަރަހައްދާ ގާތްކޮށް އަތުރާ ފަތުރާލުން,"

"ރަތްމަންދޫއިން އަޅުގަނޑަށް އެ އިވުނީ އަޅުގަނޑުމެން ކިތަންމެ ޒަމާނަކު އަޑުއަހާ ދަސްވެފައިވާ، އަޅުގަނޑުމެންގެ ވާހަކަ, ހުދު އަޅުގަނޑަކީ އަދި އަޅުގަނޑުމެން އެންމެނަކީ ވެސް، އެ ވާހަކަ ދައްކާ މީހުން, ކޮންމެ ރަށަކުން، ކޮންމެ ރައްޔިތަކާ ދިމާވިޔަސް، ކަން އޮތީ ހަމައެގޮތަށް, ކުރަނީ އެއުންމީދު, ދެކެނީ އެ ހުވަފެން,"

ވިއަވަތި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން
ވިއަވަތި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން

ވިއަވަތި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ނުގެނެސް މަޑުކޮށްފިނަމަ، ކަންކަން އަނެއްކާވެސް އޮންނާނީ ކުރިން ވެސް އޮތްގޮތަށް މަޑުޖެހި، ހުއްޓި، ތާށިވެފާ ކަމަށެވެ. މިހާރު ހިންގަމުން މިދާ ހުރިހާ ސިޔާސަތެއް ފަރުމާވެ ނިމި، ހިނގަމުން އެ ދަނީ، އޭގެ މައިބަދައަކީ ލާމަރުކަޒީ ނިޒާމު ކަމުގައި ކަނޑައަޅައިގެން ކަމަށެވެ. އެއީ، އެ ހިދުމަތާ މި ހިދުމަތް، އެ ވިޔަފާރިއާ މި ވިޔަފާރި، އަދި އެ ރަށާ މި ރަށް، ގުޅިލާމެހިގެން ހިނގާ، އުފާވެރި ޖަޒީރާ ދިރިއުޅުމެއް ހޯދުމަށް ކަމަށާއި ތަނަވަސްކަމާއި ބާއްޖަވެރިކަން، މި ރަށްތަށްލައި ވަށާލުމަށް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މި މަޝްވަރާތަކުގެ އެންމެ މުހިންމު ބޭނުމަކީ، ގެނެވުނު ގާނޫނީ ބަދަލު ތަންފީޒު ކުރެވެމުންދާ ގޮތް ބަލާ ދެނެގަތުން, މިކަން މި ހިނގަނީ ރައްޔިތުން އެދޭ ގޮތަށްތޯ ކަށަވަރު ކުރުމަށް, ލިބޭ އާ ހިޔާލާ އިތުރު މަޝްވަރާތަކުގެ އަލީގައި، ކަންކަން ބަދަލުކޮށް އިސްލާހުކޮށް ފުރިހަމަ ކުރުމަށް," ރައީސް ވިދާޅުވި އެވެ.

"...އުކުޅަހުން ގަމަށް މިކުރި ދަތުރުގާ އެކަށީގެންވާ ރަނގަޅު، ފޮނި، ނަތީޖާތަކަކާ ކުރި އެރުންތަކެއް ލިބިއްޖެ," އެންމެ ފަހުން އުކުޅަހުގައި ބޭއްވި ދެވަނަ ވިއަވަތި ކޮންފަރެންސްއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިފަދަ ކޮންމެ ބައްދަލުވުމަކުން ވެސް ހާސިލުވުން އެދޭ މުހިންމު އަމާޒުތަކެއް ހުންނާނެ އެވެ. އެގޮތުން މި ބައްދަލުވުންތަކުންވެސް ހޯދެންޖެހޭ ނަތީޖާތަކެއް އެބަވާ ކަމަށެވެ. ހުރިހާ ކައުންސިލްތަކުން މިހާތަނަށް ވެސް ފާހަގަ ކުރައްވާ އެއް ކަމަކީ، ލިބޭ ބްލޮކް ގްރާންޓްގެ އަދަދު، ނުވަތަ މިންވަރުގެ ފަރަގު އެވެ. ބޭނުންވާ ވަރާއި، ލިބޭ މިންވަރުގާ ހުރި ތަފާތު ކަމަށެވެ.

"މިފަދަ ހުށައެޅުންތަކަށް ތިޔަބޭފުޅުންގެ ހިޔާލާ މަޝްވަރާ ކޮންމެހެން ބޭނުންވޭ, މިކަމުގާ ތިޔަބޭފުޅުންގެ ބިނާކުރަނިވި، އީޖާބީ ވިސްނުން, އިސްކުރައްވާނެ ކަމާމެދަކު، އަޅުގަނޑު ޝައްކެއް ނުކުރަން, މީގެއިތުރަށް ވެސް ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކާމެދު ބަހުސް ކުރެވި، ނިންމުންތަކަކަށް ވާސިލުވެވޭނެ ކަމުގާ އަޅުގަނޑު ދެކެން," ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަ ނިންމާލައްވަމުން, އެމަނިކުފާނު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ފިސާރި ދެމެހެއްޓެނިވި ގޮތެއްގަ އެވެ. ދުވަހަކު ވެސް މި ނިޒާމާއި މި ބާރުތައް ރައްޔިތުންގެ އަތުން، އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށެވެ.

"ވިއަވަތި ރާއްޖެ ކޮންފަރެންސް މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ އެކު މި ބާއްވަނީ އެ ބޭނުމަށްޓަކާ,"

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox