ހުލާސާކޮށް އިއްޔެ: ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ލ. ގަމަށް

Sep 11, 2022, 2:46 AM
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ލ. ގަމަށް ވަޑައިގެންނެވިއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް ނައިމައްތަ އާއި އަތާއި އަތް ޖޯޑުކޮށްލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ލ. ގަމަށް ވަޑައިގެންނެވިއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް ނައިމައްތަ އާއި އަތާއި އަތް ޖޯޑުކޮށްލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ "ވިއަވަތި ރާއްޖެ" ސިލްސިލާގެ ތިން ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. ގަމަށް ވަޑައިގެންނެވީ އިއްޔެ އެވެ.

ވިއަވަތި ކޮންފަރެންސް އާދީއްތަ ދުވަހާއި ހޯމަ ދުވަހު ކުރިއަށް ދާނީ ގަމުގަ އެވެ. މި ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެ ދެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެ އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީދާ ރައީސްގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމު ހަރުދަނާ ކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސްގެ އޮފީހުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާއިގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭ ގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމުލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ކޮންފަރެންސްގައި، ހަތަރު ސެޝަނެއް ކުރިޔަށް ގެންދާއިރު ކޮންމެ ސެޝަނެއްގައި ވެސް ޕްރެޒެންޓޭޝަންތައް ހުށައަޅައި މަޝްވަރާތައް ބާއްވަވާނެ އެވެ. މިގޮތުން، މި ސެޝަންތަކުގެ މައުލޫއުތަކުގެ ތެރޭގައި ހިމެނެނީ، މިންތީގެ ހަމަހަމަކަމާއި، ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރު ކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމާއި، ވިލުންވެރި މުޖުތަމައެއް ބިނާކުރުމެވެ. މި ސެޝަންތަކުގައި ކައުންސިލްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެބޭފުޅުންގެ ހިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށައަޅުއްވައި ސީދާ ރައީސްއާ އަދި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންނާއި އެކު މަޝްވަރާކުރެއްވުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން، ކޮންފަރެންސްގެ ބައިވެރިންގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ސްޕޯޓްސް ފެސްޓިވަލް އިއްޔެ ހަވީރު ބޭއްވި އެވެ.

ކައުސިލްތަކަށް މާލީ ގޮތުންނާއި އަދި، ގާނޫނީ ގޮތުން އިތުރު ބާރުތައް ލިބިދީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހު ތަސްދީގު ކުރައްވާފައި ވަނީ، ޑިސެންބަރު 15، 2019 ގައި ބޭއްވި، ފުރަތަމަ ވިއަވަތި ރާއްޖެ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

ވިއަވަތި ރާއްޖެއާ ގުޅޭ ބައެއް ލިޔުންތައް

ބައެއް މުހިންމު ހަބަރުތައް

  • ހުކުރު ދުވަހު މާލޭގައި ތިން ފުލުހަކަށް ހަމަލާދިން ދެ މީހުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ދިނީ އިއްޔެ އެވެ.

  • ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ދެއްވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތަށް ބަދަލު ކުރި ފައިސާ ކަމަށާއި އެ މުއާމަލާތް ހަމަޖައްސައިދެއްވުމުގައި އުޅުއްވި ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އިއްޔެ ވިދާޅުވި އެވެ.

  • އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ސްޕީޑް ފެރީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ބޭނުންވާ އުޅަނދުތައް ބަނުމަށް ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

  • އިގްތިސާދީ ކާރީސާއަކާ މިވަގުތު ކުރިމަތިލާން ޖެހުމުގެ ރިސްކެއް ރާއްޖެއަށް ނެތް ކަމަށާއި އެހެން ނަމަވެސް އެފަދަ ހާލަތަކަށް ކުރިއަށްއޮތް ދުވަސްތަކުގައި ނުދިޔުމަށް ފިޔަވަޅުތަކެއް އެޅުމަށް ވޯލްޑް ބޭންކުން ލަފާދީފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

  • މީހުންގެ ހަށިގަނޑުގެ އެތެރެ ހުންނަ ގޮތް ކުރަހައިދޭ މެގްނެޓިކް ރިސޮނެންސް އިމޭޖިން (އެެމްއާރްއައި)ގެ އެންމެ ފަހުގެ އަދި އެންމެ ބާރުގަދަ ބާވަތް ކަމަށްވާ ތްރީ ޓީ މެޝިނެއް އޭޑީކޭ ހޮސްޕިޓަލުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ގެނެސްފި ކަމަށް ހުކުރު ދުވަހުގެ ރޭ ރިޕޯޓުކުރި އެވެ.

ދުވަހުގެ ކޯޓޭޝަން

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ ވޯލްޑް ބޭންކުން އާންމުކުރި އެކްސްޕެންޑިޗާ ރިވިއު ރިޕޯޓުގައި އިގްތިސާދީ ކާރީސާއަކާ މިވަގުތު ކުރިމަތިލާން ޖެހުމުގެ ރިސްކެއް ރާއްޖެއަށް ނެތް ކަމަށް ބުނެފައިވެ އެވެ. އެ ރިޕޯޓުގައި ބުނީ:

އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމަކީ މިވަގުތަށް އެޅިދާނެ ރަނގަޅު ފިޔަވަޅުތަކެއް. އިތުރަށް ވަސީލަތްތައް ހޯދާ ސަބަބުތަކާއި އެ ވަސީލަތްތައް ބޭނުންކުރާ ގޮތްތަކާއި ގުޅޭގޮތުން ހާމަކަން ބޮޑުގޮތެއްގައި ޖަވާބުދާރީވާން ޖެހޭ،"

ދުވަހުގެ ފޮޓޯ

ސެޕްޓެމްބަރު 10، 2022 (ލ. ގަން) - ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ކުރިން ބޭއްވި ސްޕޯޓްސް ފެސްޓިވަލްގައި ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް
ސެޕްޓެމްބަރު 10، 2022 (ލ. ގަން) - ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ކުރިން ބޭއްވި ސްޕޯޓްސް ފެސްޓިވަލްގައި ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ސެޕްޓެމްބަރު 10، 2022 (ލ. ގަން) - ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ކުރިން ބޭއްވި ސްޕޯޓްސް ފެސްޓިވަލްގައި ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox