ނޭމާގެ ގޯލުން ޕީއެސްޖީ އެއް ވަނައިގައި، މާސޭ ވިއްދާފައި

Sep 11, 2022, 1:34 AM
ނޭމާގެ ގޯލުން ޕީއެސްޖީ އެއް ވަނައިގައި، މާސޭ ވިއްދާފައި

ޕެރިސް (ސެޕްޓެމްބަރު 11) - ފްރެންޗް ލީގުގައި ރޭ ނޭމާ ޖެހި ގޯލުން 1-0 އިން ބްރެސްޓް ބަލިކޮށް ޕީއެސްޖީ އެއް ވަނައިގައި އޮތްއިރު، ލިލްގެ މައްޗަށް 2-1 އިން ކުރިހޯދައި މާސޭ އިން ދެ ވަނަ މަގާމުގައި ހަމަޖެހުމެއް ހޯދައިފި އެވެ.

ކްރިސްޓޮފް ގަލްޓިއޭ ކޯޗުކޮށްދޭ ޕީއެސްޖީ އެއް ވަނައިގައި އޮތީ ހަތް މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ވެސް ވަނީ ހަތް މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ލެންސަށް ވަނީ ހަތް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.

ބްރެސްޓް ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި ނޭމާ އަށް ގޯލު ޖަހަން ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އެކަމަކު، މެޗުގެ 30 ވަަނަ މިނިޓްގައި ލިއޮނަލް މެސީ ހުސްކޮށްލާފައި މަތިން ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ނޭމާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ނޭމާ ޖެހި 10 ވަނަ ގޯލެވެ.

މެޗުގެ 50 ވަަނަ މިނިޓްގައި މެސީ ވަނީ ޕީއެސްޖީ އަށް ދެ ވަނަ ގޯލެއް ޖަހައިދިނުމާ ގާތަށް ޖެހިލައިފަ އެެވެ. ކީލިއަން އެމްބާޕޭ ނެގި ހުރަހަކުން އޭރިއާތެރެއިން މެސީ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެެވެ. އޭގެ ހަތް މިނިޓް ފަހުން، އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، އެމްބާޕޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ބްރެސްޓަށް އެއްވަރުކޮށްދޭން މެޗުގެ 70 ވަނަ މިނިޓްގައި އެ ޓީމުގެ އަލްޖީރިއާ ފޯވާޑް އިސްލާމް ސްލިމާނީ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު، އޭނާ ޖެހި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

މާސޭ ދަނޑުގައި ރޭ 11 ވަނަ މިނިޓްގައި ލިލްގެ އިސްމައިލީ އޭރިއާތެރެއިން ރީބައުންސް ބޯޅައެއްގައި ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ.

ލިލް އިން މެޗުގެ ކުރީކޮޅުގައި ލީޑުނެގި ނަމަވެސް މާސޭ އިން ވަނީ މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 26 ވަނަ މިނިޓްގައި މާސޭ އަށް އެއްވަރުކޮށްދިނީ ކައުންޓަ އެޓޭކެއްގައި އަލެކްސިސް ސަންޗޭޒް އެވެ. މިއީ އޭރިއާތެރެއިން ޗެންގިޒް އުންޑެއާ ދިން ބޯޅައަކުން ޖެހި ގޯލެކެވެ.

މެޗުގެ ތިން ޕޮއިންޓް މާސޭ އަށް ކަށަވަރުކޮށްދިން ގޯލު ޖެހީ ދެ ވަނަ ހާފުގައި ސެމުއެލް ގިގޮޓް އެވެ. މެޗުގެ 61 ވަަނަ މިނިޓްގައި ހިލޭ ޖެހުމަކުން އޭރިއާތެރެއަށް އައި ބޯޅައެއް ގިގޮޓް ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox