އިންޓަ އާއި މިލާނަށް މޮޅެއް، ނަޕޯލީ އެއް ވަނައިގައި

Sep 11, 2022, 2:06 AM
ނަޕޯލީ މޮޅުވި ގޯލު ޖެހުމަށް ފަހު ރަސްޕަޑޯރީ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ނަޕޯލީ މޮޅުވި ގޯލު ޖެހުމަށް ފަހު ރަސްޕަޑޯރީ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މިލާން (ސެޕްޓެމްބަރު 11) - އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ކުޅުނު މެޗުތަކުން އުނދަގޫ މޮޅެއް ހޯދިއިރު، ފަހު ވަގުތު ޖެހި ގޯލުން މޮޅުވެ، ނަޕޯލީން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިލާނުގެ ރަފައެލް ލެއާއޯ އަށް ރަތް ކާޑު ދެއްކި މެޗުގައި ރޭ އެ ޓީމުން ސަމްޑޯރިއާ އަތުން މޮޅުވީ 2-1 އިންނެވެ. އިންޓަ އިން 1-0 އިން ޓޮރިނޯ ބަލިކުރިއިރު، ސްޕެޒިއާގެ މައްޗަށް ނަޕޯލީން 1-0 އިން ކުރިހޯދައިފި އެވެ.

މި ނަތީޖާތަކަށް ފަހު ނަޕޯލީ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މިލާނާ އެއްވަރަށް ހަ މެޗުން 14 ޕޮއިންޓާ ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓް ހޯދާފައިވާ އެޓަލަންޓާ އެވެ. ރޭގެ މޮޅާ އެކު އިންޓަ ހަތަރެއްގައި އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

ސަމްޑޯރިއާ ދަނޑުގައި ރޭގެ މެޗުގެ ހަ ވަނަ މިނިޓްގައި ލެއާއޯ ދިން ބޯޅައަކުން މިލާނަށް ލީޑުނަގައިދިނީ އޭރިއާތެރެއިން ޖޫނިއާ މެސިއަސް އެވެ. މެޗުގެ 41 ވަނަ މިނިޓްގައި މިލާންގެ އޮލިވިއޭ ޖިރޫޑް ޖެހި ބޯޅައެއް ސަމްޑޯރިއާގެ ކީޕަރު އެމީލް އައުޑޭރޯ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 47 ވަނަ މިނިޓްގައި ލެއާއޯ އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކީ އޯވަހެޑް ކިކެއް ޖަހަން އެރި ވަގުތު އޭނާގެ ފައިން ސަމްޑޯރިއާގެ ކުޅުންތެރިއަކު މޫނުގައި ޖެހުމުންނެވެ.

ކުޅުންތެރިއަކު މަދުކޮށް މިލާނުން ކުޅުމުގެ ފައިދާނަގައި، މެޗުގެ 57 ވަަނަ މިނިޓްގައި ސަމްޑޯރިއާގެ ފިލިޕް ޖުރިޗިޗް ބޮލުން ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދިނެވެ. މެޗުގެ 66 ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން މިލާނަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ޖިރޫޑް އެވެ. މިއީ ޖިރޫޑް ބޮލުން ޖެހި ބޯޅައެއް ސަމްޑޯރިއާ ކުޅުންތެރިއަކު އަތުގައި ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ސަމްޑޯރިއާގެ ކުޅުންތެރިއަކަށް ވެސް މެޗުގެ އިތުރު ވަގުތުގައި ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ޓޮރިނޯ ކޮޅަށް ގޯލެއް ޖަހަން އިންޓަ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށެވެ. އިންޓަގެ މިޑްފީލްޑަރު، ނިކޯލޯ ބަރޭލާ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލީ އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް އެވެ.

ފަހު ވަގުތު ނަޕޯލީ މޮޅުކޮށްދިން ގޯލު ޖެހީ ޖިއަކޯމޯ ރަސްޕަޑޯރީ އެވެ. މިއީ މެޗުގެ 89 ވަނަ މިނިޓްގައި ހާވިން ލޮޒާނޯ ނެގި ހުރަހަކުން އޭރިއާތެރެއިން ޖިއަންލޫކާ ގައެޓާނޯ ޖަހަން މަސައްކަތް ކުރި ބޯޅަ އޭނާ ފައިގައި ޖެހިފައި ގޮސް، ރަސްޕަޑޯރީ އަށް ލިބުމުން އޭނާ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ރަސްޕަޑޯރީ މި މެޗުގައި ކުޅުވީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، ވިކްޓަ އޮސީމެއިން އަށް އަނިޔާވުމުންނެވެ. އޮސީމެއިން އަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ނަޕޯލީން ލިވަޕޫލް ބަލިކުރި މެޗުގަ އެވެ.

ނަޕޯލީގެ މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކަކާ ހެދި އެ ޓީމުގެ ކޯޗު ލޫޗިއާނޯ ސްޕަލެއްޓީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox