މުޅި ހުވަދޫގެ އޮތީ ބޮޑު އެއް ޑިމާންޑު، އިންޓަނޭޝަނަލް އެއާޕޯޓެއް

އެއާޕޯޓެއްގައި ބޯޓެއް ޕާކް ކުރަނީ: އިންޓަނޭޝަނަލް އެއާޕޯޓެއް ލިބުމަށް ހުވަދު އަތޮޅު އެދޭ -

އެއާޕޯޓެއްގައި ބޯޓެއް ޕާކް ކުރަނީ: އިންޓަނޭޝަނަލް އެއާޕޯޓެއް ލިބުމަށް ހުވަދު އަތޮޅު އެދޭ -

ރާއްޖޭގެ ދެކުނުގެ ހުރިހާ ރަށެއް އެއް ތަނަކަށް, ލާމު ގަމަށް ޖަމާވެފައިވާއިރު, ހުވަދު އަތޮޅުގެ ބޮޑު ޑިމާންޑެއް ސަރުކާރަށް އެބަ އޮތެވެ; ބައިނަލްއަގްވާމީ ވައިގެ ބަނދަރެއްގެ މުހިންމު ކަމެވެ.

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރަން ސަރުކާރުން ބާއްވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ކުރިން ކުރެވުނު އެކި މަޝްވަރާތަކާއި ބައްދަލުވުންތަކުގައި ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ވެސް އެއްބަސްވެވޭ ކަމަކަށް އޮތީ, މި އަތޮޅު (ގއ. އަދި ގދ.)އަށް އިގުތިސޯދީ ގޮތުން ކުރިއަރަން ބައިނަލްއަގްވާމީ އެއާޕޯޓެއް ބޭނުންވާ ކަމެވެ.

"ލޯކަލް ޓޫރިޒަމް މި ސަރަހައްދުގައި ފުޅާކޮށް ކުރިއަށް ގެންދަން ބައިނަލްއަގްވާމީ އެއާޕޯޓެއް ބޭނުންވާ ކަމަށް އެންމެންނަށް ވެސް ގަބޫލު ކުރެވޭ, އެކަން ހާސިލް ކުރުމަށް މި ކޮންފަރެންސްގެ ތެރޭން ވެސް މަސައްކަތް, މި ރަށްރަށުން ކުރާނެ," ގއ. ގެމަނަފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވި އެވެ.

ގުދުރަތީ ރީތިކަމާއި ރަށު ސުލްހަވެރި މާހައުލަށް މަޝްހޫރުވެފައިވާ ގެމަނަފުށީގައި ވެސް ލޯކަލް ޓޫރިޒަމް މިހާރު އަންނަނީ ފުޅާކުރަމުންނެވެ. އެކަމަކު, އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގެސްޓްހައުސްތަކަށް ރާއްޖޭން ބޭރުން ގެސްޓުން ގެނައުމުގައި އޮތް ދައްޗެވެ.

މާލެ, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުވަދު އަތޮޅުގެ އެއާޕޯޓަކަށް ގެސްޓެއް ގެންނަން ޖެހިއްޖެނަމަ, އެއީ ވަރަށް ބޮޑު ހަރަދެކެވެ. ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން އެ ހަރަދު ކުރުމުގެ ބަދަލުގައި އިސްކަން ދެނީ މާލެ ކައިރި ރަށަކަށް ދަތުރު ކުރުމަށެވެ. ނަމަވެސް, ގުދުރަތީ މުއްސަނދިކަން އިންތިހާއަށް އޮތް ހުވަދު އަތޮޅަށް ސީދާ ގެސްޓުންނަށް އާދެވޭނަމަ, ޓޫރިޒަމް އެ އަތޮޅުގައި ވަރުގަދައަށް ފެތުރިގެންދާނެ ކަމަށް ނާޝިދު ގަބޫލު ކުރައްވަ އެވެ.

ގިނަ ގެސްޓްހައުސްތަކެއް ހިންގައި ގއ. ވިލިނގިލީގެ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވެސް ފާހަގަ ކުރެއްވީ އިންޓަނޭޝަލް އެއާޕޯޓެއް އެ އަތޮޅަށް މުހިންމު ކަމުގެ ވާހަކަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި, ގެސްޓުންނަށް ސީދާ އަތޮޅަށް އާދެވޭ ގޮތްވުމުން، ވަރަށް ބޮޑަށް ލޯކަލް ޓޫރިޒަމް ފެތުރިގެންދާނެ އެވެ.

"...އެވެގެން ދާނީ އަޅުގަނޑުމެންނަށް އިތުރު ދޮރަކަށް, އިތުރު ފާލަމަކަށް ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް," ވިޝާލް ވިދާޅުވި އެވެ.

ހުވަދު އަތޮޅުގައި މިހާރު އެއާޕޯޓް އޮތީ, ގދ. ކާޑެއްދޫ, ގދ. މާވާރުލު އަދި ގއ. ކޫއްޑޫގަ އެވެ. ގދ. ފަރެސްމާތޮޑާގެ އެއާޕޯޓް ވެސް މިހާރު އޮތީ ނިމުމާ ގާތުގަ އެވެ.

މީގެ ތެރޭން އިންޓަނޭޝަނަލް އެއާޕޯޓަކަށް ތަރައްގީ ކުރާނީ ކޮން އެއާޕޯޓެއް ކަމާމެދު އެއްބަސްވެވޭ ހިޔާލެއް ނެތެވެ. ބައެއް ރަށްރަށުން ކާޑެއްދޫ އެއާޕޯޓް, އިންޓަނޭޝަނަލް ކުރަން ބޭނުންވެ އެވެ. އެއީ, ތިނަދޫ ފަދަ ރަށްތަކާ ވަރަށް ގާތުގައި އޮތް ދުވަސްވީ އެއާޕޯޓެކެވެ.

ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް, އެ ރަށް ތިނަދޫއާ ބްރިޖަކުން ގުޅާލުމުގެ ވިސްނުން ގެންގުޅުއްވާކަން މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޅުކުރައްވާފައިވެ އެވެ. އެކަމަކު, އޭގެ އެއްވެސް އަމަލީ މަސައްކަތެއް ނުކުރެވެ އެވެ. މިހާތަނަށް އެކަން ބަޖެޓްކޮށްފައެއް ވެސް ނެތެވެ.

އެ އެއާޕޯޓް, އޭގެކުރިން ވެސް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ ވާހަކަތައް ދެކެވުނެވެ. އެގޮތުން ވިލާ ކުންފުނިން ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް އަމާޒު ހިފި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް, ކާޑެއްދޫ އެއާޕޯޓުގެ ބައެއް ކަންކަން ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާއި މިންގަނޑުތަކާ ހިލާފަށް ހުރި ކަމަށް ބުނެ ކުރީ ސަރުކާރުން އެތަން އަތުލި އެވެ.

ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހުވަފެން ދިގުލާފައިވާއިރު, އަތޮޅުގައި އެންމެ ފަހުން ތަރައްގީ ކުރި މާވާރުލު އެއާޕޯޓް, އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ ހިޔާލު ވެސް ބައެއް ރަށްރަށުން ގެންގުޅެ އެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި, އެ ކައުންސިލަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނަނީ މާވަރުލު އެއާޕޯޓް, އިންޓަނޭޝަނަލް ކުރުމެވެ. އެއީ, އެ އެއާޕޯޓްގެ ސަބަބުން ގއ. އަދި ގދ. އަށް ވެސް ފައިދާވާނެތީ އެވެ. މާވަރުލު އޮތީ, ދެ އަތޮޅުގެ ގާތްގަނޑަކަށް މެދުގަ އެވެ.

އޭގެއިތުރުން, ޒަމާނީ ފެންނަވަރާއެކު އަލަށް ތަރައްގީކޮށްފައިވާ އެއާޕޯޓަކަށްވެފައި, އިންޓަނޭޝަނަލް ކުރުމަށް އެ އެއާޕޯޓް ފަސޭހަވާނެކަން ނާޝިދު ފާހަގަކުރައްވަ އެވެ. މާވަރުލުއަކީ ބިން ބޮޑު, ރީތި ރަށެއްކަން ވެސް ފާހަގަކޮށްލެވެ އެވެ.

ނަމަވެސް, ހުވަދޫގެ ކޮންމެ ކައުންސިލަކަށް ވެސް މުހިންމީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އެއީ ކޮން ރަށަކާ ކަމާ ގުޅޭ ހިޔާލު ތަފާތުވުންތަކުގައި އެކަން ނުވެ އޮތުމަކަށް ނޭދެ އެވެ. އެހެންވެ, "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި އެ ހުށަހެޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅަން ވަނީ ގަސްތުކޮށްފަ އެވެ.

އަދި, އެކަށީގެންވާ ޖަވާބެއް ރައީސްގެ ފަރާތުން ލިބިގެންދާނެ ކަމަށް ތިބީ އުއްމީދުކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox