ޕޯލިއޯ ފެތުރޭތީ ނިއު ޔޯކްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ނިއު ޔޯކްގައި ޕޯލިއޯއާ ދެކޮޅަށް ވެކްސިން ޖެހުން އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުން.

ނިއު ޔޯކްގައި ޕޯލިއޯއާ ދެކޮޅަށް ވެކްސިން ޖެހުން އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުން.

ނިއު ޔޯކްގައި ޕޯލިއޯ ވައިރަސް ފެތުރޭކަމުގެ ހެކި ލިބިފައި ވާތީ އެ ސްޓޭޓުގެ ގަވަރުނަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

ސިއްހީ އޮފިޝަލުން ބުނީ ނިއު ޔޯކް ސިޓީ އާއި އިތުރު ހަތަރު ކައުންޓީގެ ނަޖިސް ފެނުގެ ސާމްޕަލް ޓެސްޓު ކުރި އިރު، ވާގިނެތުމަށް މަގުފަހިވާ ޕޯލިއޯ ވައިރަހަށް ޕޮޒިޓިވް ކަމަށެވެ.

މިހާތަނަށް ފެނުނީ ބަލި ޖެހިފައި މީހެއްގެ އެންމެ ކޭސްއެއް ނަމަވެސް، މިއީ އެމެރިކާގައި 10 އަހަރުގެ ތެރޭގައި ފެނުނު ޕޯލިއޯގެ ފުރަތަމަ ކޭސް އެވެ.

އެމެރިކާގައި 1955 ވަނަ އަހަރު ވެކްސިން ޕްރޮގްރާމާ އެކު، ޕޯލިއޯ ކޭސްތައް މަދުވި އެވެ. އެމެރިކާއިން ޕޯލިއޯ ނައްތާލެވިފައިވާކަން އިއުލާން ކުރީ 1979 ގަ އެވެ.

އެހެން ނަމަވެސް ނިއު ޔޯކްގެ އޮފިޝަލުން ބުނީ އެ ސްޓޭޓުގެ ބައެއް ހިސާބުތަކުގައި ވެކްސިން ޖަހާފައިވާ ރޭޓް ވަރަށް ދަަށް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ވެކްސިން ޖެހުން އިތުރު ކުރުމަށެވެ.

ޕޯލިއޯއަށް ފަރުވާއެއް ނެތް ނަމަވެސް، ވެކްސިން ޖަހައިގެން އެ ބަލިން ރައްކާތެރިކަން ހޯދެ އެވެ. އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ ޕޯލިއޯ ވައިރަހުން މަސްތައް ބަލިކަށިކޮށްލައި، ވާގިނެތެން މަގުފަހިވެ އެވެ. ސީރިއަސް ކޭސްތަކުގައި ދާއިމަށް ނުކުޅެދުންތެރިކަމާ ކުރިމަތިވެ، މަރު ވެސް ވެ އެވެ.

ނިއު ޔޯކްގެ ވެކްސިން ރޭޓް މިހާރު އުޅެނީ އެވްރެޖުކޮށް 79 ޕަސެންޓުގައި އެވެ. އެ ސްޓޭޓުގެ ހެލްތު ޑިޕާޓްމަންޓުގެ އަމާޒަކީ ވެކްސިން ރޭޓް 90 ޕަސެންޓަށް ވުރެ މަތި ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox