ޗެލްސީގެ ކޯޗަކަށް ބްރައިޓަންގެ ޕޮޓާ ހަމަޖައްސައިފި

Sep 8, 2022, 3:33 PM
ޗެލްސީގެ ކޯޗަކަށް ބްރައިޓަންގެ ޕޮޓާ ހަމަޖައްސައިފި

ލަންޑަން (ސެޕްޓެމްބަރު 8) - ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމަށް ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގައި ހުރި އިނގިރޭސި ކޯޗު ގްރަަހަމް ޕޮޓާ ހަމަޖައްސައިފި އެވެ.

ޗެލްސީގެ ކޯޗުގެ ވަޒީފާ ހުސްވީ މިދިޔަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން 1-0 އިން ޗެލްސީ ބަލިިވިތާ މާގިނައިރެއްނުވެ، އޭރު ޗެލްސީގެ ކޯޗަކަށް ހުރި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ވަކިކުރުމުންނެވެ.

އިނގިރޭސި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ޕޮޓާ، ޗެލްސީގެ ކޯޗުކަމާ ހަވާލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އޭނާ ކުރިން ހަވާލުވެ ހުރި ބްރައިޓަން ޓީމުގެ ކޮންޓްރެކްޓް ގަންނަން ޗެލްސީން ވަނީ 18 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން އެއްބަސްވެފަ އެވެ.

ޕޮޓާ، 47، ބުނީ ޗެލްސީ ކަހަލަ ބޮޑު ކްލަބެއްގެ ކޯޗުކަން ކުރަން ލިބުނު ފުރުސަތުގެ ބޭނުންވީ އެންމެ ރަނގަޅަށް ހިފަން ބޭނުންވާ ކަމަށެވެ.

"އަހަރެން ބޭނުން ޗެލްސީގެ ހުށަހެޅުން ގަބޫލުކޮށް އެ ޓީމާ ހަވާލުވާން ބްރައިޓަން އިން ފުރުސަތު ތަނަވަސްކޮށްދިނީމަ، ޗެލްސީގައި މި ތިބި ހުނަރުވެރި މޮޅު ކުޅުންތެރިންނާ އެކު ރަނގަޅު މަސައްކަތްތަކެއް ކޮށްގެން ކާމިޔާބު ހޯދަން އަހަރެން ބޭނުން،" 2011 ވަނަ އަހަރު ސްވިޑެންގެ އޮސްޓަސަންޑް އިން ކޯޗިން ކެރިއަރު ފެށި ޕޮޓާ ބުންޏެވެ.

ޗެލްސީގެ ކޯޗުކަމުން ޓުޗެލް ވަކިކުރަން، އެ ކްލަބްގެ ސީނިއާ މެނޭޖްމަންޓުން ނިންމީ މި ސީޒަން ފެށިއިރު، ޓްރާންސްފާ މާކެޓްގައި 291 މިލިއަން ޑޮލަރު ހަރަދުުކުރުމަށް ފަހު ވެސް ބޭނުންވާ ނަތީޖާތައް ނުނެރެވޭތީ އެވެ.

ޗެލްސީގެ ވެރިޔާ، އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ، އެ ކްލަބާ ހަވާލުވިތާ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ހަރަދެއް ޓްރާންސްފާ މާކެޓްގައި ކުރުމަށް ފަހު މި ވަނީ އާ ސީޒަނުގެ ފުރަތަމަ ހަތް މެޗަށް ފަހު ކޯޗު ބަދަލުކޮށްފަ އެވެ.

ބޯލީ ބުނީ ޕޮޓާ ގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ ޕްރިމިއާ ލީގުގައި ބްރައިޓަން ގޮވައިގެން އޭނާ ކުރަމުން އަންނަ މަސައްކަތް ރަނގަޅުވުން ކަމަށެވެ. އަދި ޗެލްސީގައި މިހާރު އޮތް މެނޭޖްމަންޓުން ބޭނުންވާ މިސްރާބަށް ކްލަބް ގެންދަން ޕޮޓާ އަށް ބޮޑު ރޯލެއް ކުޅެދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބޯލީ ވަނީ ބުނެފަ އެވެ.

"ޗެލްސީ ކާމިޔާބު ކްލަބެއްގެ ގޮތުގައި ކުރިއަށްގެންދަން ގްރަހަމް (ޕޮޓާ) އަކީ ރަނގަޅު ކޯޗެއް،" ބޯލީ ބުންޏެވެ.

ކުރިން ސްވަންސީ ސިޓީ އާއި ބްރައިޓަން އަށް ކޯޗުކޮށްދިން ޕޮޓާ، ޗެލްސީ ގޮވައިގެން ނުކުންނަ ފުރަތަމަ މެޗަކަށް ވާނީ އަންނަ ހޮނިހިރު ދުވަހު ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox